16 ވަނަ ބައި
................
"ރޫޕާގެ އޮޕަރޭޝަނަށްޓަކައި ތިރްލޯކް ބާބޫ އޮފީހުން ވިހިހާސް ރުފިޔާ ވަގަށް ނެންގެވިކަން އެނގި ނުލައްވަނީތޯއެވެ؟"
"ނޫން..... ތިޔަހެނެއް ނުވާނެއެވެ." ރޫޕާ ތެޅިގަތެވެ.
"އެހެންވީއިރު އޮފީހުގެ ފާރަވެރިޔާ ތިރްލޯކް ބާބޫ އަތުން މަރުވިކަންވެސް އެނގި ނުލައްވާނެތާއެވެ؟"
"މީހަކުވެސް މަރުވީތޯއެވެ." ރޫޕާ ހަޅޭލައި ގަންނަމުން ބުންޏެވެ.
"ލައްބައެވެ. މިކަންތައްތަކުގެ މައްޗަށް ޝަރީޢަތް ހިންގުމަށްފަހު މިހާރު އޭނާވަނީ ދިހަ އަހަރު ދުވަހަށް ޖަލަށް ލެވިފައެވެ."
"ނޫނެކެވެ.... ނޫނެކެވެ.... ތިޔައީ ދޮގެކެވެ.... ތިޔަ ބުނުއްވަނީ ދޮގެކެވެ. އަޅުގަނޑުގެ ފިރިމީހާ މީހަކު މަރައެން ނުލާނެއެވެ."
"އަޅުގަނޑަށް ހީވަނީ ތިޔަހުންނެވެނީ ކަނު އަނދިރީގައި ހެންނެވެ. މިއަދާ ހަމައަށް އެއްކަމެއް ނޭނގި ހުންނެވުނަސް ދިހައަހަރު ވަންދެނެއް ނުހުންނެވޭނެއެވެ. އަޅުގަނޑު ހިތުން ތިޔަ އޮޅުވާލުން އޮޅުވާލި މީހުންނަކީވެސް ހެޔޮކަމެއްކުރި ބައެއްނޫނެވެ. އެމީހުން އެދިނީ އަނިޔާއެކެވެ. ކެއްސެކެވެ."
ރޫޕާއަށް ހީވީ އުޑާ ވާހަކަ ގޮވާވަރުގެ ދެޔޯއަކުއައިސް ފައިންޖަހާ އޭނާ ވައިގެ ތެރެއަށް ވިއްސާލި ހެންނެވެ. އަނެއްކޮޅުން ޕްރަބާގެ މަންމަ މިހުރިހާ ވާހަކައެއް އަޑުއަހައިފިއެވެ. އެހެނީ ދޮރު ހުޅުވާލި އަޑަށް އޭނާހުރީ ފާރަލައިގެން އެދައްކާ ވާހަކައެއް އަޑުއެހުމަށެވެ.
ކުއްލިއަކަށް އޭނާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެއްޖެއެވެ. އަދި ބުރުގާ ރަނގަޅު ކޮށްލަމުން ތަންކޮޅެއް ބާރަށް ބުންޏެވެ.
"ތިޔައީ ޖަނަވާރެއް ހެއްޔެވެ. ނޫނީ އިންސާނެއް ހެއްޔެވެ. .........؟ މީހުން ގާތުގައި ތިޔަކަހަލަ ބިރުވެރި ވާހަކަ ދައްކަންވާނީ ތިޔަގޮތަށް ހެއްޔެވެ؟"
"ކީ.... ކީކޭތޯއެވެ؟" ސާލަކްރާމް ސިހިއްޖެއެވެ.
"ރޫޕާއަކީ އަހަރެންގެ ދަރިއެއްފަދަ ކުއްޖެކެވެ. އަހަރެމެން ގަސްތުގައި އެކަން ސިއްރުކުރީއެވެ. އެއީ އޭނާ އެހާވަރުގެ އޮޕަރޭޝަނެއް ކުރެވުނުތާ އަދި މާގިނަދުވަސްތަކެއް ނުވާތީއެވެ. އޭނާގެ ހަށިގަނޑު އަދި ހަމައަކަށް ނޭޅެއެވެ. މިކަމުން އޭނާއަށް އެހާބޮޑު އަސަރެއް ކޮށްފިއްޔާ ފަހަރުގައި ނުރައްކަލެއް މެދުވެރި ވެދާނެތީއެވެ.
"މާފުކުރައްވާށެވެ. މިކުރެވުނީ ވަރަށްބޮޑު ކުށެކެވެ."
"ކަލެޔަށް ތިޔަކުރެވުނު ކަންތަކުން ލިބުނު ގެއްލުން ކަލެޔަކަށް އިޙްސާސެއް ނުކުރެވޭނެއެވެ. މިތަނުން ނުކުމެގެން އަވަހަށް ދާން އުޅޭށެވެ. ނުކުންނާށެވެ."
ސާލަކްރާމް ހާސްވެފައި ބޭރަށް ނުކުމެއްޖެއެވެ. އަދި ރޫޕާ............ ކުއްލިއަކަށް މޮޔައެއް ފަދައިން ހަޅޭއްލަވައި ގަތެވެ.
"ނާތްއެވެ! އަހަރެންގެ ނާތް......! އެވެ. ކަލާ ކޮބައިތޯއެވެ. އަހަރެންގެ ކައިރިއަށް ދުރުވާށެވެ."
މަންމަ ކަންބޮޑުވުމާއެކު އަވަސް އަވަހަށް ރޫޕާގެ އަތުގައި ހިފާ ތަޅުވައިގަތެވެ.
"ރޫޕާއެވެ.... ރޫޕާ ދަރިފުޅާއެވެ... ހޭޖެހި ބަލާށެވެ."
އެހެން ނަމަވެސް ރޫޕާ އެގޮތަށް ހަޅޭލަވަމުން ދިޔައެވެ. ހީވަނީ މޮޔަވެފައިވާ ހެންނެވެ. އެއްވެސް އެއްޗެއް ލޮލަށްވެސް ނުފެންނަ ކަހަލައެވެ. އަޑެއް ނީވެއެވެ. އެންމެފަހުން އޭނާގެ އަޑު ފަޅައިގެން ހިނގައްޖެއެވެ.
ރޫޕާ އަރިއަޅާލައިފިއެވެ. އަދި މަންމަ ހިފަހައްޓާފައި އޮއްވާ ބިންމައްޗަށްގޮސް ޖެހިއްޖެއެވެ. ދޮރު ކައިރިއަށް ވަރަށް ގިނަމީހުން ޖަމާވެފައިވެއެވެ...... މަންމަ ހަރުއަޑުން ބުނަން ފެށިއެވެ.
"ކަލާނގެއަށްޓަކައި ކޮންމެވެސް މީހަކު ގޮސް ވަރަށް އަވަހަށް ޑަކްޓަރަކު ގެނެސްދޭށެވެ."
ހަމައެވަގުތު ކާރެއް އައިސް މަޑުކޮށްލައިފިއެވެ. އަދި އެކާރުން ޕްރަބާއާއި ކިޝޯރު ކަންބޮޑުވެފައި ތިބެގެން ފައިބައިފިއެވެ. ޕްރަބާ މީހުންގަނޑު ފަޅަމުން އެތެރެއަށް ވަންނަމުން ބުންޏެވެ.
"ކިހިނެއްވީ ހެއްޔެވެ. ކިހިނެއްވީ ހެއްޔެވެ؟"
ޕްރަބާއާއި ކިޝޯރު އެތެރެއަށް ވަނުމާއެކު ވެއްޓިފައި އޮތް ރޫޕާ ފެނިއްޖެއެވެ. މި މަންޒަރު ފެނުމާއެކު ޕްރަބާގެ ހިތް ތެޅިގަތެވެ. އޭނާ އަވަހަށްގޮސް ރޫޕާގެ ކައިރީގައި އިށީނދެފައި ބުންޏެވެ.
"މަންމާއެވެ. ރޫޕާއަށް ކިހިނެއްވީ ހެއްޔެވެ؟"
"އެ ގޮތްކުޑަ މީހާ ހަލާކު ކުރައްވާށިއެވެ."
"ކާކު ހެއްޔެވެ. މަންމާއެވެ."
"އޮފީހުގެ ކޮންމެވެސް މީހަކު އައީއެވެ. އޭނާ އައިސް ހަމަ ކުއްލިއަކަށް އެހުރިހާ ވާހަކައެއް ކިޔައިދީފާ ހިނގައްޖެއެވެ."
"އަވަސް ކުރާށެވެ. އަވަހަށް ހޮސްޕިޓަލަށް ގެންދަމާ ހިނގާށެވެ." ކިޝޯރު ބުންޏެވެ.
ދެން ކިޝޯރު އަތްދަނޑި މައްޗަށް ރޫޕާ ނަގައިފިއެވެ. އެއާއެކު ބޭރަށް ނުކުންނަން ހިނގައިގަތެވެ. ޕްރަބާވެސް ފަހަތުން ނުކުމެއްޖެއެވެ.
+ + + + +
ރޫޕާ ހޭޖެހުނީ ރޭގަނޑު ކިހާއިރަކު ކަމެއް ނޭނގެއެވެ. އެންމެ ފުރަތަމަ އޭނާގެ އެސްފިޔަ ތެޅިލިއެވެ. ދެން ލޯހުޅުވާލާފައި މަތި ބަލަހައްޓައިގެން އޮތެވެ. މަޑުމަޑުން އޭނާގެ ހިއްސުތައް މަސައްކަތް ކުރަން ފަށަނީއެވެ. އޭނާގެ ޝުޢޫރަށް ތިރްލޯކް ހައްޔަރުކުރި ޚަބަރު އަތުވެއްޖެއެވެ. ދެވަނަ ހިނދުކޮޅުގެ ތެރޭގައި އޭނާ ތެދުވެ އިށީނދެއްޖެއެވެ..... ކައިރީގައި ހުރިގޮނޑީގައި ޕްރަބާ ނިދާފައި އޮއްވާ ފެނުނެވެ. ރޫޕާގެ ހިތްބާރަށް ތެޅެމުން ދިޔައެވެ. ނޭވާ އަވަސްވެފައިވެއެވެ. ސިކުނޑީއަށް ވަނީ ހަމައެވާހަކަތައް ވެރިވެފައެވެ. ސަލާކްރާމް ދެއްކި ވާހަކަތަކެވެ.
"އޮޕަރޭޝަނަށްޓަކައި ތިރްލޯކް ބާބޫ ވިހިހާސް ރުފިޔާ ވަގަށްނެގީއެވެ."
"ތިރްލޯކް ބާބޫގެ އަތުން ފާރަވެރިޔާ މަރުވީއެވެ."
"ތިރްލޯކް ބާބޫ ގަދަ މަސައްކަތާއެކު ދިހަ އަހަރަށް ޖަލަށްލުމަށް ޙުކުމް ކުރެވުނީއެވެ."
"މާތްކަލާކޯއެވެ." ރޫޕާގެ ހިތްރޮމުން ގެންދިޔައެވެ. "އަހަރެންގެ ދޭވަތާ އަހަރެންގެ އޮޕަރޭޝަނަށްޓަކައި ވައްކަން ކުރީއެވެ."
"އަހަރެން ސަލާމަތް ކުރުމަށްޓަކައި އޭނާ ދިހަ އަހަރަށް ޖަލަށް ދިޔައީއެވެ."
"އަހަންނަށް އެކަމުން އަސަރެއް ކޮށްފާނެތީ އޭނާ އެޚަބަރު ނުދިނީއެވެ."
"އޭނާ އަހަރެން ދެކެ އެހާވަރަށް ލޯބިވޭ ހެއްޔެވެ."
"އަދި އަހަރެން..... މިސުންޕާ މީހާ އޭނާ ހައްޔަރުވުމުގެ އަސްލަކަށްވީ ހެއްޔެވެ؟"
"ދިހަ އަހަރު ވަންދެން އޭނާ ޖަލުގައި ބުރަ މަސައްކަތް ކުރަން ޖެހޭނެއެވެ."
"އެއީވެސް ހަމަ އަހަންނަށް ޓަކައެވެ."
"އަދި އަހަރެން..... އަހަރެން އަރާމުގައި މިނިވަން ކަމާއެކު އިންނަންވީ ހެއްޔެވެ؟"
"ނޫނެކެވެ. ނޫނެކެވެ. އެއީ އެކަށީގެންވާ ކަމެއްނޫނެވެ."
"ދިގު ދިހަ އަހަރު........"
"އެދިހައަހަރު އޭނާ ކަޑައްތު ކުރާނީ ކޮންފަދަ ގޮތަކަށް ހެއްޔެވެ؟"
"އޭނާއާ ނުލައި އަހަންނަށްޓަކައި އެންމެ ހިނދުކޮޅެއްވެސް ވާނީ އެއްހާސް އަހަރު ކަމުގައެވެ."
"ނޫނެކެވެ. ނޫނެކެވެ. އަހަންނަކަށް ދިރިއެއް ނުހުރެވޭނެއެވެ."
"އޭނާއާނުލައި އެހާ ގިނަދުވަސްތަކެއް ކަޑައްތު ކުރުމަކީ އަހަންނަށް ކުޅަދާނަކަމެއް ނޫނެވެ."
"އަހަރެން މަރުވާންވީއެވެ."
"އޮޕަރޭޝަނުގެ ތެރޭގައި އަހަރެން މަރުވިނަމަ ކޮންފަދަ ހެއްޔެވެ؟"
"އެކަމަކު .... ދެން އަހަރެން ދިރި ދުނިޔެއަކު ނުހުންނާނަމެވެ."
ނިދާފައި އޮތް ރޫޕާއާއި ދިމާއަށް ރޫޕާ ބަލާލިއެވެ. އަދި މަޑުމަޑުން އެނދުން ފައިބައިފިއެވެ. ކުޑަ އިރުކޮޅަކަށްފަހު އޭނާ މަގު މައްޗަށް ނުކުމެ ދުވަމުން ދިޔައެވެ. އޭނާގެ ސިކުނޑީގައިވަނީ ހަމައެންމެ ޚިޔާލެކެވެ.
"އަހަރެން އޭނާއާނުލާ ދިރިހުންނާކަށް ބޭނުމެއްނޫނެވެ."
"އަހަރެން މަރުވާންވީއެވެ. މަރުވާންވީއެވެ."
އޭނާ ދުވަމުން ދިޔައެވެ........ އިރުކޮޅަކަށްފަހު ރޭލް ދަގަނޑާ ހަމައަށް އަތުވެއްޖެއެވެ. ދަގަނޑު ތަޅާ މީހެއްގެ ގިނރުބާއެއް ފަދައިން އޭނާ ނޭވާލަމުން ގެންދިޔައެވެ. ކަރުތެރެ ހިކިގެންގޮސް ބުރިބުރިވަނީއެވެ. ލޮލުގައި ހުރި ކަރުނަތައްވެސް ހިކިއްޖެއެވެ. އޭނާ އަރިއަޅަމުން ކަހަލަ ގޮތަކަށް ގޮސް ރޭލް ދަނގަޑު މަތީގައި އޮށޯވެއްޖެއެވެ.
ދުރުން އައިސްއައިސް އޮތް ރޭލުގެ އިންޖީނުގެ ގަދަ އަޑުފައްގަނޑު ރޫޕާގެ ކަންފަތުގައި ގުގުމާފައި ހުއްޓެވެ. އޭގެ އަލިވެސް ކައިރިވަމުން އައެވެ. ފުރޮޅުތަކުގެ އަޑުފައްގަނޑުވެސް އެހާ ބާރެވެ. ރޫޕާ ލޯމަރާލައިފިއެވެ.
އަޑުފަށްގަނޑު ކައިރިވެގެންގޮސް ރޫޕާގެ ހަށިގަނޑުވެސް ރޫރޫ އަޅައިގަތެވެ.
+ + + + +
ޕްރަބާއާއި ކިޝޯރު ހުރިހާތަނެއް ފާސް ކޮށްފިއެވެ. އެހެން ނަމަވެސް ރޫޕާގެ އެއްވެސް ޚަބަރެއް ނުވިއެވެ. އެދެމީހުން ފަތިހު ތިނެއް ޖެހީއްސުރެ ކާރުގައި ބުރުއަޅަނީއެވެ. ދެމީހުންގެ މޫނު މަތިން ތަރިބުރަން ފަށައިފިއެވެ. ކިޝޯރަށްވުރެ ޕްރަބާގެ ހާލު ބޮޑެވެ. އެންމެފަހުން ރަނގަޅަށް އިރު އެރުމުން ކިޝޯރު އެއްފަރާތަކަށް ކާރު މަޑުކޮށްލާފައި ޕްރަބާއާއި ދިމާއަށް ބަލާލަމުން ބުންޏެވެ.
"ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟"
ޕްރަބާ ތެޅިގެންފައި ބުންޏެވެ.
"އަނެއްކާ އޭނާ އަމިއްލައަށް މަރުނުވާނެ ބާވައެވެ؟"
"އަހަންނަށްވެސް ތިޔަހެން ހީކުރެވެއެވެ."
"އެހެން ވެއްޖިއްޔާ ދެންވާނީ ކިހިނެއް ހެއްޔެވެ؟"
"އަހަންނަށް ތިޔަހެން ހީކުރެވެއެވެ."
"އެހެންވެއްޖިއްޔާ ދެންވާނީ ކިހިނެއް ހެއްޔެވެ؟"
"އަހަރެމެންނަށް މުޅި ޢުމުރަށްވެސް ތިރްލޯކްގެ ކުރި މައްޗަށް އަރާކަށް ނުކުރެވޭނެއެވެ."
"އަޅުގަނޑު އަމިއްލަ ނަފްސަށްވެސް މާފެއް ނުކުރާނަމެވެ. އޭނާގެ ކުޑަދިރުފުޅުގެ ޙާލަކީ ކޮބައި ހެއްޔެވެ. ތިރްލޯކް ބޭބެ ހިތާމައިންގޮސް މަރުވެދާނެއެވެ. މިއީ ހަމަ އަޅުގަނޑުގެ ސަބަބުން ދިމާވި ކަމެކެވެ. އަޅުގަނޑަށް ނުނިދުނުނަމަ ކޮންފަދަތޯއެވެ."
އެއާއެކު ޕްރަބާ މޫނުގައި ދެއަތް އަޅައިގެން ރޯންފަށައިފިއެވެ. ކިޝޯރު އޭނާގެ ބުރަކަށީގައި މަޑުމަޑުން ޖަހާލާފައި ބުންޏެވެ.
"ހިތްވަރު ކުރާށެވެ. އަދި ނުބަލާ ދެތަން އެބަހުއްޓެވެ."
"ދެތަނޭތޯއެވެ."
"އާނއެކެވެ....... އެންމެ ފުރަތަމަ އަހަރުމެން ބަލާނީ ޕޮލިސް ސްޓޭޝަންއެވެ. ފަހަރެއްގައި ޚަބަރެއް ލިބިދާނެ ކަންނޭގެއެވެ."
"ދެން......... އަނެއްތަނަކީ ކޮބައިތޯއެވެ؟"
"ސޯލް ހޮސްޕިޓަލެވެ."
"ނޫނެކެވެ........!" ޕްރަބާ ރޫރޫ އަޅައިގަތެވެ.
"ރޫޕާ އަމިއްލައަށް މަރުވެއްޖިއްޔާ ހޮސްޕިޓަލުން އޭނާގެ މަސަގަނޑު ލިބޭނެކަން ހަމަގައިމެވެ."
ކާރުގެ ސްޓާޓް ވެއްޖެއެވެ. ޕްރަބާގެ ސިކުނޑި އެނބުރެމުން ދިޔައެވެ. ދެން އިރޮކޮޅަކަށްފަހު ކާރު އޮތީ ޕަބްލިކް ފޯން ބޫތެއްގެ ކައިރީގައެވެ. ކިޝޯރު ނަމްބަރުތަކަށް އަބުރަމުން ގެންދަނީއެވެ. ރޫޕާއާއި ބެހޭގޮތުން ތަފާތު ޕޮލިސް ސްޓޭޝަންތަކާ ގުޅަނީއެވެ.
އެއްތަނުން ސުވާލުކުރިއެވެ.
"ރޫޕާއަކީ އަންހެނެއްގެ ނަން ހެއްޔެވެ. ނޫނީ އަންހެން ކުއްޖެއްގެ ނަން ހެއްޔެވެ؟"
"ޢުމުރަކީ ގާތްގަނޑަކަށް ނަވާރަ އަހަރެވެ."
"ކޮން ސިފައެއް ހެއްޔެވެ."
"ރީތި ހަށިގަނޑެކެވެ. ނޭފަތް ތަންކޮޅެއް ދިގުވާނެއެވެ. ލައިގެން ހުންނާނީ މަޑުނޫކުލައިގެ ސާޅިއެކެވެ."
"އަތުގައި ރިހިއުޅާ ހުންނާނެ ހެއްޔެވެ. ކޮންމެ އަތަކު ދޭއްޗެވެ."
"ލައްބައެވެ. މުޅިން ރަނގަޅެވެ." ކިޝޯރުގެ ހިތް ބާރަށް ތެޅިގަތެވެ.
"އޭނާއިނީ އަހަރެމެންގެ ބެލުމުގެ ދަށުގައި ހައްޔަރު ކުރެވިފައެވެ."
"ކީއްވެގެންތޯއެވެ."
"އަމިއްލައަށް މަރުވާން މަސައްކަތް ކުރީއެވެ. އިއްތިފާޤުން އެވަގުތު ޕޮލިސް ވޭނެއްގައި ދަތުރުކުރި ބަޔަކަން ފެނިގެން ގަދަކަމުން މިތަނަށް ގެނައީއެވެ. އެތައް ބައެއްގެ މޫނުގައި އޭނާ ވަކި އަޅައިފިއެވެ."
"އަސްތާއެވެ!"
"އަވަހަށް އަންނާށެވެ. ހަތަރެއް ޖެހީއްސުރެ އަހަރެމެން ލޮޑުކޮށްފިއެވެ. އޭނާގެ ނަމެއްވެސް އެޑްރެހެއްވެސް ނުބުންޏެވެ. އެތައް ފަހަރަކު އަމިއްލައަށް ކަރަށް ފިތަންވެގެންވެސް އުޅެފިއެވެ. އެހެން ކަމާއެކު އަހަރެމެން މިހާރު އޭނާގެ އަތްފައިވެސް ބަނދެފީމެވެ....... އަހަރެމެން މިތިބީ ހެނދުނުގެ ނޫހަށް އޭނާގެ ފޮޓޯ ދޭންވެގެންނެވެ. އޭރުން އޭނާގެ ގާތް ތިމާގެ މީހުންނަށް އެނގިދާނެއެވެ."
"އަޅުގަނޑު ހަމަ މިހާރު މިދަނީއެވެ."
ދެން ކިޝޯރު ފޯނު އަތްގަނޑު ބާއްވާފައި ވައިސޫރިއެއްހެން ނުކުމެއްޖެއެވެ. އޭނާގެ މޫނުމަތީގައި ހުރީ ފުން ޖޯޝަކާއި އުފާވެރިކަމުގެ ވިދުވަރެކެވެ. ޕްރަބާއަށް އޭނާގެ މޫނު ފެނިފައި ސީޓްގައި ހަމަޖެހިލިއެވެ.
"ކިހިނެއްވީތޯއެވެ؟" އޭނާ ސުވާލުކުރިއެވެ.
"ރޫޕާވީތަނެއް އެނގިއްޖެއެވެ." ކިޝޯރު އަވަސް އަވަހަށް ޑްރައިވަރސީޓްގައި އިށީންނަމުން ބުންޏެވެ.
ދެން އިންޖީނު އިސްޓާޓްކުރަމުން ހުރިހާ ވާހަކައެއް ކިޔައިދީފިއެވެ. މަދުސިކުންތު ކޮޅަކަށްފަހު، ހަލުއި ކަމާއެކު މަގުމަތީގެ ކާރުދުވަން ފަށައިފިއެވެ. ޕްރަބާގެ ހިތްވެސް އުފަލުން ނަށަން ފަށައިފިއެވެ. އެކަމަކު ލޮލުގައި ފިކުރު ބޮޑުވުމުގެ ކުލަވަރުވެސް އުފެދިފައިވެއެވެ.
+ + + + +
ކުޑައިރުކޮޅަކަށްފަހު ތިންމީހުން ކާރުގައި ދަތުރުކުރަމުން ދިޔައެވެ. ފަހަތު ސީޓްގައި ރޫޕާ ކުޑަދަރިފުޅަށް ބުއްޖައްސައިގެން އިނެވެ. ދަރިފުޅު އޮތީ ފިސާރި ހިތްހަމަ ޖެހިގެންނެވެ. ޕްރަބާ ބުންޏެވެ.
"އެބަ އެނގޭ ހެއްޔެވެ. ރޭ ހަތުރަދަމު ނުނިދާހުރީ ހަމައެކަނި އަހަންނެއް ނޫނެވެ. ކުޑަކޮއްކޮއާ ހެދި އަވަށްޓެރިންގެ ތެރެއިން ގިނަ ބަޔަކުވެސް ހޭލާ ތިބެންޖެހުނެވެ. އެހެނީ އަހަރެން އުޅެން ޖެހުނީ ކިޝޯރުބާބޫއާއެކު ކަލޭ ހޯދުމުގެ މަސައްކަތުގައެވެ. މިހާރު ކޮއްކޮއަށްވެސް ކަންކަން އެނގެން ފަށައިފިއެވެ. މަންމަގެ ވަސް ރަނގަޅަށް ފާހަގަކުރަން ފަށައިފިއެވެ. ޚުދު ކަލޭ ވިސްނާލަ ބަލާށެވެ. ކަލޭ އަމިއްލައަށްވެސް އެނގޭނެ ފަދައިން އަމިއްލައަށް މަރުވިނަމަ މިވަގުތު ދަރިފުޅަށް ބުއްޖައްސައިގެން އިނދެވުނީސް ހެއްޔެވެ؟"
ރޫޕާ ދަރިފުޅުގައިގާ ބާރަށް ހިފަހައްޓާލިއެވެ. އޭނާގެ ލޮލުން ކަރުނަ ފާއްދާލާފައި ވެއެވެ. ކިޝޯރު ކާރުގެ ލޯގަނޑުން ރޫޕާގެ މޫނަށް ބަލާލާފައި ބުންޏެވެ.
"ރޫޕާއެވެ. ކެލެއަކީ ކިޔަވައިގެން އިން ހެޔޮލަފާ ވިސްނޭ އަންހެނެކެވެ. ފިރިމީހާދެކެ އިންތިހާއަށް ލޯބި ވަމުއެވެ. އަމިއްލަ ފުރާނަ އަށްވުރެވެސް ބޮޑަށް ލޯބިވަމުއެވެ. ވީއިރު އެފަދަކަމެއް ކުރުމަށް ކަލޭ ނިންމީތީ އަހަރެން ހަމަ އަންތަރީސްވަމެވެ. އެގޮތަށް ޚިޔާލުކުރިއިރު ފަހަރެއްގައިވެސް ވިސްނާލިން ހެއްޔެވެ. ކަލޭގެ ފިރިމީހާ ކަލޭގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ވައްކަންކުރިއެވެ. އަދި ނޭނގުމުގެ ތެރޭގައި އޭނާގެ އަތުން މީހަކު މަރުވެސްވީއެވެ. ވީއިރު ކަލޭގެ މަރުގެ ޚަބަރު އޭނާގެ ކަންފަތަށް އެރުމުން އޭނާ ދިރިހުރެދާނެ ކަމުގައި ހީކުރެވުނު ހެއްޔެވެ؟ އޭނާވެސް އެކަމުގެ ހިތާމައިގައި އަމިއްލައަށް މަރުވުމަކީ އެކަށީގެންވާ ކަމެއްކަމުގައި ވިސްނިން ހެއްޔެވެ؟"
ރޫޕާ ދެލޯބޮޑުކޮށްގެން ބަލަހައްޓައިގެން އިނެވެ. ދެން އަނެއްކާވެސް ޕްރަބާ ބުންޏެވެ.
* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 62 އިން 66 އަށެވެ.

ކިޔުންތެރިންގެ ހިޔާލު