މަޝްހޫރު ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާއާއި މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ވަރިވާން އުޅޭ ކަމަށްބުނެ ދާދި ފަހުން މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރަމުން ދިޔަ ވާހަކަތަކަކީ ދޮގެއްކަމަށް ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ ބުނެފިއެވެ.
ޕްރިޔަންކާއާއި ނިކް ވަރިވާން އުޅޭކަމުގެ ވާހަކަތައް މީސްމީޑިއާގެ ޕްލެޓްފޯމުތަކުގައި ގަދަވާން ފެށީ ޕްރިޔަންކާގެ އިންސްޓަގްރާމްގައި ހިމެނޭ ޒާތީ މައުލޫމާތު ތަކުން ނިކްގެ ނަން ފޮހެލުމާ ގުޅިގެންނެވެ. އެގޮތުން ކުރިން ޕްރިޔަންކާގެ ޒާތީ މައުލޫމާތުގެ ތެރޭގައި އޭނާގެ ނަމަކަށް ޖަހާފައިވަނީ "ޕްރިޔަންކާ ޗޯޕްރާ ޖޯނަސް" އެވެ. ނަމަވެސް ފަހުން ޕްރިޔަންކާ ވަނީ އޭނާގެ ނަމުގެ ފަހަތުގައި އިން "ޖޯނަސް" ފޮހެލާފައެވެ.
ޕްރިޔަންކާގެ އިންސްޓަރގްރާމްގެ ޒާތީ މައުލޫމާތު ތަކުގެ ތެރެއިން ނިކްގެ ނަން ފޮހެލާފައިވުމަކީ ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހި ގުޅުން ނިމުމަކަށް އަންނަން އުޅޭ ކަމުގެ އިޝާރާތެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާއިރު އަނެއްބަޔަކު ބުނަމުން ދަނީ މިއީ ޕްރިޔަންކާގެ އައު ފިލްމު "ދަ މެޓްރިކްސް ރިސަރެކްޝަންސް" ނެރުމުގެ ކުރިން ޖެއްސި ޕަބްލިކް ސްޓަންޓެއް ކަމަށެވެ.
މި އަޑުތަކާއެކު ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ ބުނީ ޕްރިޔަންކާއާއި ނިކާ ދޭތެރޭގައި އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި، ދޮގު މައުލޫމާތު ފެތުރުން މުޅިން ހުއްޓާލަން ޖެހޭ ކަމަށެވެ. ޕްރިޔަންކާގެ ޒާތީ މައުލޫމާތު ތަކަށް އިންސްޓްގްރާމުގައި އުނިއިރުރު ގެނަސްފައި ހުރި ނަމަވެސް އޭނާއާއި ނިކް އެކީގައި ނަގާފައި ހުރި އިންސްޜޓްގްރާމް ފޮޓޯތައް އެގޮތުގައި އެއްވެސް އުނިއިތުރެއް ނެތި ފެންނާން އެބަހުއްޓެވެ.
ޕްރިޔަންކާއާއި ނިކް ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރ 01 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު