17 ވަނަ ބައި
................
ރޫޕާ ދެލޯބޮޑުކޮށްގެން ބަލަހައްޓައިގެން އިނެވެ. ދެން އަނެއްކާވެސް ޕްރަބާ ބުންޏެވެ.
"ކަލޭގެ ފިރިމީހާއަށްޓަކައި އެވަރުގެ ބޮޑު ފާފައެއް ކުރަން ނިންމާއިރު ނިކަން އަހަންނަށް ވިސްނާލަ ބަލާށެވެ. އަހަރެން ފިރިމީހާ ދެކެ ލޯބިނުވަނީ ހެއްޔެއެވެ. އެކަމަކު ފިރިމީހާގެ ރޫހަށްޓަކައި އަދާހަމައަށްވެސް އަހަރެން މިއިންނަނީ ދިރި ދުނިޔޭގައެވެ..... އަހަރެންގެ ފިރިމީހާ ދުނިޔެއަކު ނެތެވެ. އެހެން ނަމަވެސް ކަލޭގެ ފިރިމީހާ ދުނިޔޭގައި އެބަހުއްޓެވެ."
"އާނއެކެވެ. ރޫޕާއެވެ. ހަމައެކަނި އޭނާ ޖަލުގައި ހުރިކަމެވެ. އޭނާއަށް މަރުގެ ޙުކުމް ނީއްވާހުރީތީ ކަލޭ އުފާކުރަން ޖެހޭނެއެވެ. ފިރިމީހާގެ ލޯތްބާމެދު ފަޚުރުވެރިވާން ޖެހޭނެއެވެ. އޭނާ ކަލެޔަށްޓަކައި އެވީ ކޮންފަދަ ޤުރުބާނީ އެއް ހެއްޔެވެ."
"އަނެއްކޮޅުން ބަލާއިރު ކުޑަދިރުފުޅަކީ އޭނާގެ އަމާނާތެވެ. ކަލޭ ތިޔަގަސްތުކުރީ މަންމަގެ ހިޔަނި ދަރިފުޅުގެ ކިބައިން ފޭރިގަތުމަށެވެ."
"ދިހަ އަހަރަކީ މާދިގު މުއްދަތެއްނޫނެވެ." ކިޝޯރު ބުންޏެވެ. "އެސްފިޔަ ޖަހާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަޑައްތުވެގެން ހިނގައިދާނެއެވެ."
"ތިރްލޯކް ބޭބެއާއެކު ދިރިއުޅުން އާރާސްތު ނުކުރެވުނަސް އޭނާއާ ކޮންމެ ހަފްތާއަކު އެއްފަހަރު ބައްދަލު ކުރެވިދާނެ ނޫން ހެއްޔެވެ."
"ރޫޕާއެވެ. ބުނެބަލާށެއެވެ. އަދިވެސް ކަލޭ އެކަހަލަ މޮޔަ އަދި ވިޔާނުދާ ކަމެއް ކުރަން ފައި ނަގާފާނަން ހެއްޔެވެ."
ޖަވާބު ދިނުމުގެ ބަދަލުގައި ރޫޕާ ދަރިފުޅު ގައިގާ އޮޅުލައި ގަތުމާއެކު ރޮއިގަތެވެ.
+ + + + +
ތިރްލޯކް ޖަލުގައި ހިންދެމިނުލާ މަސައްކަތް ކުރަނީއެވެ. ހިލަ މުގުރަނީއެވެ. އޭނާއާ ތަންކޮޅެއް ދުރުގައި ޖަގަންނާތުވެސް ހިލަ މުގުރަން ހުއްޓެވެ. ޖަގަންނާތު ކޮންމެވެސް މީހަކާ ވާހަކަ ދައްކާލާފައި ބާރު ބާރަށް ހެނީއެވެ. އޭނާގެ މިހުނުން ތިރްލޯކަށް އިޙްސާސް ކުރެވެނީ ކަންފަތަށް އެޅެމުންދާ ޒަހަރެއް ކަމުގައެވެ. ޖަގަންނާތު ހިނިގަނޑެއް ޖަހާލާ ކޮންމެ ވަގުތަކު އޭނާއަށް މިކަހަލަ ގޮތަކަށް އިޙްސާސް ކުރެވެއެވެ. ހީކުރެވެނީ އޭނާއަށް މަލާމާތްކޮށް ހެނީ ކަމުގައެވެ.
ޖަގަންނާތުގެ ހުނުމުގެ އަޑު އިވުމުން މިފަހަރުވެސް އޭނާއަށް ހީކުރެވުނީ މިގޮތަށެވެ. އެއާއެކު އޭނާގެ ޙަރަކާތްތައް އަވަސް ވެއްޖެއެވެ. އަދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބޮޑުސިންގާ ހިލައެއް ކުދިކުދި ކޮށްލައިފިއެވެ. ޖަގަންނާތު ޙައިރާންވެފައި ބަލާލިއެވެ. އަދި އޭނާއާ ދިމާއަށް އަންނަމުން ބުންޏެވެ.
"ތިރްލޯކްއެވެ. މިހާރު ކަލޭގެ ހަށުގަނޑަށް އާދިރުމެއް އަތުވެއްޖެއެވެ."
ތިރްލޯކް ލޮލުން ކަނިބުރުވަމުން އޭނާއާ ދިމާއަށް ބަލާލަމުން ބުންޏެވެ.
"ގޮތްކުޑަ މީހާއެވެ. އަހަންނާ ވާހަކަ ނުދައްކާށޭ ކިތައް ފަހަރު ބުނެފިން ހެއްޔެވެ."
ޖަގަންނާތު ހީނލާފައި ބުންޏެވެ.
"ތިޔަހެން ނުބުނާށެވެ. ކަލޭ ތިޔަތަޅާ ފިސްކުރަނީ ހިލައެއްނޫނެވެ. ކަލޭގެ ރުޅިއެވެ. އެހެނީ ޖަގަންނާތުގެ އެއްވެސް ބަހެއް ދޮގަކަށް ނުވާނެކަން ކަލެޔަށް އެނގެއެވެ."
"ޖަގަންގެ ދަރިޔާއެވެ."
ތިރްލޯކް ބޯމައްޗަށް ކޯރާޑި އުފުލާލިގޮތުން ހީވީ ފުރިހަމަ ބާރުގައި ޖަގަންނާތުގެ ބޮލުގައި ޖަހާފާނެ ހެންނެވެ. ޖަގަންނާތު ހެމުން ހެމުން ދުރަށް ހިނގައްޖެއެވެ....... އެވަގުތު މީހަކު އައިސް ތިރްލޯކް ގާތުގައި ބުންޏެވެ.
"ކަލެޔާ ބައްދަލުކުރަން ބަޔަކު މީހުން އައިސް އެބަތިއްބެވެ."
ތިރްލޯކް އެއް ފަރާތަކަށް ކޯރާޑި އެއްލާލާފައި ހިނގައްޖެއެވެ....... ޖަގަންނާތު ހެމުން ހިލަތަޅަމުން ރަޙުމުން ފުރިގެންވާ ބެލުމަކުން ތިރްލޯކަށް ބަލާލިއެވެ. އެއާއެކު އެހެން ގައިދީއަކު ސުވާލު ކުރިއެވެ.
"ޖަގަން ދާދާއެވެ. ކަލޭ ތިރްލޯކް ދެކެ ބިރުގަންނަނީ ހެއްޔެވެ؟"
"ކުރީގައި ޖަގަންނާތު ބިރުގަންނަނީ ހަމައެކަނި ކަލާނގެ ދެކެވެ. އެހެން ނަމަވެސް މިހާރު ކަލާނގެ ދެކެވެސް ބިރެން ނުގަނެއެވެ. ވީއިރު ތިރްލޯކް ފަކީރު ދެކެ ބިރުގަންނަންވީ ކީއްވެގެން ހެއްޔެވެ..........؟ އަހަރެންގެ ހިތުގައި އޭނާއާމެދު ރަޙުމު އުފެދިއްޖެއެވެ. އޭނާ ރުޅިއަރުވަނީ މިހާރުއްސުރެ އޭނާގެ ހިތްގަދަފަދަ ކުރުމަށްޓަކައެވެ. ކުރިޔަށް އޮތް ތަނުގައިވެސް ތެދުވެރިކަމާ ކުރިމަތިލާހިނދު ވިއްސިވިހާލި ވެގެންދިޔަ ނުދިނުމަށްޓަކައެވެ."
ޖަގަންނާތު ޖުމްލަ ފުރިހަމަ ކުރުމަށްފަހު ހިލަތަކުގެ މައްޗަށް ކޯރާޑީގެ އެތިފަހަރުތައް ވިއްސަން ފަށައިފިއެވެ. މިހާރު އޭނާގެ މޫނު މަތީގައިވަނީ ފުން ސީރިއަސްކަމެވެ.
+ + + + +
ތިރްލޯކް ބައްދަލުކުރާ ކޮޓަރިއަށް ދިއުމާއެކު ކިޝޯރު ފެނިފައި އޭނާއަށް ހީވީ ކޮންމެވެސް މީހަކު ހިތުގައި ހިފެހެއްޓި ހެންނެވެ. ޖަގަންނާތު ދެއްކި ވާހަކަތައް ވަކިވަކިން ހިތަށް ވަންނަން ފަށައިފިއެވެ. އެހެން ނަމަވެސް އޭނާ ފަރުވާތެރި ކަމާއެކު ކިޝޯރުގެ މޫނަށް ބަލާލުމުން ހިތުގެ ހިފެހެއްޓުން ދޫވެގެން ހިނގައްޖެއެވެ. އޭނާގެ ހިތުގެ ތެރޭގައި ކިޝޯރު ގެ އެކިއެކި އެހީތައް އެނބުރިގަތެވެ.
ކިޝޯރަކީ ބުނުމަކާނުލައި ރޫޕާގެ އޮޕަރޭޝަނަށްޓަކައި ވިހިހާސް ރުފިޔާ ދޭން ގަސްތުކުރި މީހާއެވެ. އޭރަކު އޭނާއަށް ރޫޕާގެ ހިޔަނިވެސް ނުފެންނާނެއެވެ. އަދި ރޫޕާ މިދުނިޔެއަށް އެނބުރި އަތުވެދާނެކަމުގެ އުއްމީދެއްވެސް އޭނާއަށް ކުރެވިފައެއް ނެތެވެ. އެންމެ ފަހުން ތިރްލޯކް ހައްޔަރު ކުރެވުނު ވަގުތު އޭނާއަށް ރޫޕާއާ ބައްދަލު ކުރެވުނީވެސް ހަމަ ކިޝޯރުގެ އެދުމުގެ މަތިންނެވެ.
އަދި އޭނާގެ ދިފާޢީ ވަކީލެއްގެ އިންތިޒާމް ކުރީވެސް ހަމަ އެކިޝޯރެވެ. އޭނާގެ އަދަބު ކުޑަވެގެން ދިޔައީ އެވަކީލުގެ މަސައްކަތުންނެވެ. ތިރްލޯކްގެ މުސާރައިގެ ނަމުގައި ކޮންމެ މަހަކު އަމިއްލަ ޖީބުން ރޫޕާއަށް ފައިސާ ގެންގޮސްދެނީވެސް ހަމަ އެ ކިޝޯރެވެ.
ނޫނެކެވެ. ނޫނެކެވެ. މިއީ އެކަށީގެންވާ ކަމެއްނޫނެވެ. ކިޝޯރަކީ އެކަހަލަ މީހަކަށް ވެގެން ނުވާނެއެވެ. ކިޝޯރު އޭނާގެ އަނބިމީހާ މަރުވުމުގެ ހިތާމަ ހިތުން ފޮހެލުމަށް މަސައްކަތް ކުރަނީއެވެ. އޭނާގެ އަނބިމީހާ ދެކެ އެހާވަރަށް ލޯބިނުވާނަމަ މިހާރު އެހެން މީހަކާ ކައިވެނީގެ ގޮތުން ގުޅިގެން އެހެން ދިރިއުޅުމެއް ފަށައިފީހެވެ.
ކުއްލިއަކަށް ކިޝޯރާމެދު ތިރްލޯކުގެ ހިތް ސާފު ބިއްލޫރި ކޮޅެއް ފަދައިން ވެއްޖެއެވެ. އަދި ހިނިތުން ވެލާފައި ބުންޏެވެ.
"ކިޝޯރު ބާބޫއެވެ. މިފަހަރު ބައްދަލު ކުރަން ދުރުވުމުގެ ދޭތެރެ ކައިރި ކޮށްލައްވައި ފީމުއެވެ."
"އާއެކެވެ. ތިރްލޯކްއެވެ. ޙާލު ކިހިނެއް ހެއްޔެވެ."
"ޙާލު ރަނގަޅެވެ. ދުވަހެއް ދުވަހަކަށް މިއޮއްގެން ހަށިގަނޑު ރަނގަޅު ވަމުން ދަނީއެވެ."
ވަރަށް ރަނގަޅެވެ. ރޫޕާގެ ކުރިމައްޗަށް އަރަންވާނީވެސް ހަމަތިޔަގޮތަށް އުފާވެފައި ހުރެގެންނެވެ. އޭރުން ކަލޭ މިތާނގައި އުޅެނީ ފިސާރި ހިތްހަމަ ޖެހިގެންކަން އޭނާއަށް ޤަބޫލު ކުރެވިދާނެއެވެ."
"ރޫޕާއޭތޯއެވެ........؟!" ތިރްލޯކް ތެޅިގަތެވެ. "އަޅުގަނޑުގެ ރޫޕާ ކޮބައިތޯއެވެ."
"ކަލެޔާ ބައްދަލުކުރަން އައިސް އެބައިނެވެ."
"އޭ...... އޭނާއަށް މިކަން އެނގުނީތޯއެވެ؟" ތިރްލޯކްގެ އަޑު ތުރުތުރު އަޅައިގަތެވެ.
"އާނއެކެވެ. ސާލަކްރާމް މޮޔަކަމުން ހުރިހާކަމެއް ފަޅާއެރީއެވެ. މި މައްސަލައިގައި ރޫޕާ އަމިއްލައަށް މަރުނުވީވެސް ހަމަ ކިރިޔާއެވެ."
ނޫން...... ނޫނެކެވެ......!" ތިރްލޯކް ބޮލުންފެށިގެން ފައިގެ ނިވާބޮނޑިއާ ހަމައަށް ތުރުތުރު އަޅައިގަތެވެ.
ކިޝޯރު އަވަސް އަވަހަށް ހުރިހާ ވާހަކައެއް ތަފްޞީލްކޮށް ކިޔާދީފިއެވެ.
"އަހަންނާ ޕްރަބާގެ މަސައްކަތުން މިހާރު އޭނާ ހަމައަކަށް އަޅުވައިފީމެވެ. ތުއްތު ތުއްތު ދަރިއަކު އޮތްކަން ހަނދާން ކޮށްދީގެން އޭނާ އެކުރަން އުޅުނު ކަންތަކުން ސަލާމަތްކޮށްފީމެވެ. އަދި މިހާރު މިތަނުގައި ކަލޭ ހިތާމަވެރި ޙާލެއްގައި ވަނިކޮށް އޭނާއަށް ފެނިއްޖިއްޔާ އޭނާއަކަށް އެހިތާމަ ތަކަކަށް ބާރެއް ނުފޯރުވޭނެއެވެ."
"ނޫނެކެވެ. ކިޝޯރު ބާބޫއެވެ. އަޅުގަނޑު އެއްގޮތަކަށްވެސް ހިތާމަވެރި މޫނެއް ނުދައްކާނަމެވެ. ވަރަށް ބޮޑަށް އުފާވެފައި ހުރިގޮތް ދައްކާނަމެވެ. ބަގްވާނަށްޓަކައި އަވަހަށް އޭނާ މިތަނަށް ގެނެސް ދެއްވާށެވެ."
"ހަމަ މިހާރު މިގެންނަނީއެވެ."
ކިޝޯރު ހިނގައްޖެއެވެ. ތިރްލޯކް އުފާވެފައި ހުއްޓެވެ. ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް ޖަގަންނާތުގެ ޚިޔާލު އަތުވެއްޖެއެވެ. އޭނާ ހިތާހިތުން ޖަގަންނާތަށް އެތިވަރުގޮވިއެވެ...... އޭނާ އަހަރެން އަނބުރުވާލަން މަސައްކަތްކުރީ ކޮންފަދައަކުން ހެއްޔެވެ. އަހަރެންގެ ސިކުނޑި ގޯސް ކޮށްލައިފިއެވެ. އޭނާގެ އަންހެނުން ވާނީ ފެށުނީއްސުރެވެސް އެކަހަލަ މުޑުދާރު އަންހެނަކަށެވެ. އަހަރެންގެ އަންހެނުންނާމެދު އަހަރެންގެ ހިތުގައި ޝައްކު އުފައްދައިފިއެވެ. ހަމައެކަނި ފިރިމީހާ ޖަލުގައި އޮތް ޚަބަރުލިބުމުން އަމިއްލައަށް މަރުވާން އުޅުނު އަންބަކު ފިރިމީހާއަށް ބޭވަފާތެރި ވެދާނެ ހެއްޔެވެ. އަނެއްކޮޅުން ކިޝޯރު ބާބޫއަކީ ދޭވަތާއެއްފަދަ މާތް އިންސާނެކެވެ....! އެކަހަލަ މީހުނާމެދު ޝައްކުކުރަން ވެދާނެ ހެއްޔެވެ. ކިޝޯރު ބާބޫއަކީ ޖަގަންނާތުގެ ރަޙްމަތްތެރިޔާ ޕްރޭމްފަދަ މީހަކަށް ވެދާނެ ހެއްޔެވެ.
އެވަގުތު ތިރްލޯކްގެ މުޅި ހަށިގަނޑުގައި ފިނިރާޅެއް ދުވަން ފެށި ކަހަލައެވެ. ހިތުގެ ހިނގުން ގަޑިއަކު އެއްހާސް ވިންދަށް ބަދަލުވެއްޖެއެވެ. އެހެނީ އޭނާއަށް ކުރިމަތިން ރޫޕާ ފެނިއްޖެއެވެ. އޭނާގެ ތުންފަތް ތުރުތުރު އަޅައެވެ. އަދި ކުރަކި އަޑެއް އަނގައިން ނުކުތެވެ.
"ރޫޕާއެވެ......!"
ރޫޕާވެސް ހަމައެފަދައިން ބުންޏެވެ.
"ނާތްއެވެ.......!"
އޭނާ ޖާލިގަނޑު ކައިރިއަށް ހިނގައްޖެއެވެ. އަދި ޖާލިގަނޑުގައި ހިފަހަށްޓާފައިވާ ތިރްލޯކްގެ އަތުގައި ބޮސްދޭން ފަށައިފިއެވެ. އޭނާ ބުނަމުން ގެންދިޔައެވެ.
"ތިޔަ ހެއްދެވީ ކިހިނެއްތޯއެވެ. މިވަނީ ކިހިނެއްތޯއެވެ؟ އެއްގޮތަކަށްވެސް ނުރޯށެވެ."
"ނާތްއެވެ...... ކަލާ އަޅުގަނޑަށްޓަކައި.......... އަޅުގަނޑަށްޓަކައި........"
"ނޫނެކެވެ. ރޫޕާއެވެ. އަހަރެން ކުރިކަމެއް ކުރީ އަހަރެންގެ އަމިއްލަ ބޭނުމަށްޓަކައެވެ."
"އަމިއްލަ ބޭނުމަކަށޭ ތޯއެވެ؟"
"އާނއެކެވެ. ރޫޕާއެވެ. ލޯތްބަކީ ވަރަށް ބޮޑު ބޭނުންތެރި އެއްޗެކެވެ. ލޯބީގެފުރިހަމަ ކުލައާއި ވަސް ދެކެފި އިންސާނަކު އެއަށް ގަދަރުނުކޮށް ނުހުންނާނެއެވެ. ކަލެޔަށް ގޮތެއްވިނަމަ އަހަރެން ދިރިހުރީސް ހެއްޔެވެ. އަހަރެން މިހުރިހާކަމެއް ކުރީވެސް އަހަރެންގެ ލޯބި ސަލާމަތް ކުރުމަށްޓަކައެވެ. ރޫޕާއެވެ. އަހަރެން ކަލާދެކެ ވަރަށްބޮޑަށް ލޯބިވަމެވެ. ވަރަށް ލޯބިވަމެވެ. ރޫޕާއެވެ. އަމިއްލަ ފުރާނަ ދުއްވާލައިގެން ނަމަވެސް ކަލޭގެ ފުރާނަ އަތުލެވޭތޯ ބަލާނަމެވެ."
"ނާތްއެވެ............" ރޫޕާ ރޮއިގަތެވެ.
ތިރްލޯކް ޖާލިގަނޑުގެ ގޮޅިއަކުން ދެއަތްނެރެ ރޫޕާގެ މޫނުގައި ހިފަހައްޓާލަމުން ބުންޏެވެ.
"ރޫޕާއެވެ. ހަނދާން ކުރާށެވެ. ކަލޭގެ ފުރާނައަކީ އަހަރެންގެ މިލްކެކެވެ. އޭގެ މައްޗަށް ކަލޭގެ އެއްވެސް ޙައްޤެއްނެތެވެ...... ކަލޭ އަހަރެންގެ ފުރާނަ ބޭނުންކަމުގައި ވަންޏާ އިއްޔެކުޅެން އުޅުނު ކުޅިގަނޑު ކަހަލަ ކުޅިގަނޑެއް މީގެ ފަހުން ކުޅެންމަސައްކަތް ނުކުރާށެވެ. ރޫޕާއެވެ. ނިކަން ވިސްނާލަ ބަލާށެވެ. ކަލެޔަށް އިއްޔެ ގޮތެއްވިނަމަ މިއަދުގެ މިވަގުތު މިޖަލު ތެރޭގައި އަނދަމުންދާނީ ޗިތާއެކެވެ."
"ނާތްއެވެ..........!!"
"އާނއެކެވެ. ރޫޕާއެވެ. މިއީ ލޯބިވެރިއެއްގެ ހުވައެކެވެ. ކަލޭ އެކަހަލަގޮތަކަށް އުޅެފިކަން އަހަންނަށް ދެން އޭނގޭ ދުވަހަކީ އަހަރެންގެ ފަހު ދުވަހެވެ. ކަލޭ ހަމައެކަނި އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމުގައިވިޔަސް އަހަރެން އެއަކަށް ނުބަލާނަމެވެ. އަހަރެން މިދުނޔެ ދޫކޮށްފައި ދާނީއެވެ.
"ނޫނެކެވެ.. ނާތްއެވެ."
"އާނއެކެވެ. ރޫޕާއެވެ. ކިރުބޮއިބޮއި އޮތް ތުއްތު ކުއްޖާފުޅާމެދު ވިސްނާލަ ބަލާށެވެ. މިދުނިޔޭގައި ކަލޭ ފިޔަވާ އޭނާގެ އެއްވެސް އެހީތެރިއަކު އެބަހުރި ހެއްޔެވެ. ނެތެވެ. ކަލޭވެސް އޭނާ ދޫކޮށް އަބަދުގެ އަބަދަށް ހިނގައްޖިއްޔާ އޭނާއަށް ވާނީ ކިހިނެއް ހެއްޔެވެ. އެހީވާނީ ކާކު ހެއްޔެވެ؟ މައިންބަފައިން ދަރިއަކަށްދޭ ލޯބި ހިލޭ މީހަކު ދީފާނެ ހެއްޔެވެ. ޝައްކެއް ނެތެވެ. ނުދޭނެއެވެ."
"ނާތްއެވެ. ތިޔަ ދައްކަވަނީ ރަނގަޅު ވާހައެކެވެ."
"އެހެންވީއިރު ވަޢުދުވާށެވެ. ކަލޭ އަހަންނަށްޓަކައި ދަރިފުޅަށްޓަކައި ދުނިޔޭގައި ހުންނާނަން ހެއްޔެވެ؟"
"އަޅު........... އަޅުގަނޑު ހުވާކޮށްފައި ބުނަމެވެ. ކުޑަދަރިފުޅާ އަދި ކަލާގެ ލޯތްބަށްޓަކައި ދިރި ހުންނާނަމެވެ. ދެން ދުވަހަކުވެސް އެކަހަލަ އެއްޗެއް ހިތަށްވެސް ނުގެންނާނަމެވެ."
ސާބަހެވެ. އަންހެނުން ތިބޭނީ ތިޔަހެންނެވެ."
"އެކަމަކު މި ދިހައަހަރު............"
"ދިހަ އަހަރު......" ތިރްލޯކް ކަރުނަ އޮހޮރުނަ ނުދީ ހިނިތުން ވެލިއެވެ. އަދި ފުށްޓަތްކެއް ޖަހާލަމުން ބުންޏެވެ. "މިހާ އަވަހަށް ދިހަ އަހަރު ދުވަސް ހިނގައިދާނެއެވެ. ކަލޭ ކޮންމެ ހޮނިހިރު ދުވަހަކު ބައްދަލުކުރަން އައިސް އައިސް ހުންނާށެވެ. ހޮނިހިރު ދުވަހުގެ އިންތިޒާރުގައި ހުރެ އަހަރެންގެ ދުވަސްވެސް ފަސޭހަކަމާއެކު ކަޑައްތު ކުރެވިދާނެއެވެ. އަދި ކަލެއަށްވެސް ފަސޭހަކަމާއެކު ދުވަސްތައް ގުނިދާނެއެވެ."
"އަޅުގަނޑު އަންނާނަމެވެ."
* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 67 އިން 70 އަށެވެ.

ކިޔުންތެރިންގެ ހިޔާލު