ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއްގެ ތެރެއިން
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއްގެ ތެރެއިން
ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފްގެ މައްޗަށް ދަޢުވާ އުފުލީ މަތިއޮމާން ކުރުމަށް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދަޢުލަތުން މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ، އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އަބްދުލްޣަފޫރު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހްލޫފަށް ދިން 33000 (ތެއްތިރީސްހާސް އެމެރިކާ ޑޮލަރު) މަހްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެެ.

އެކަމާ ގުޅިގެން ނައިފަރު ދާއިރާގެ މެންބަރުކަންވެސް ކުރަށްވާ ޝިޔާމް ވިދާޅުވީ، ދައުލަތުން މަހުލޫފްގެ މައްޗަށް ދައުވާ އުފުލީ ހިތުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި މާއިންސާފުވެރި ބައެއްކަމަށް ދެއްކުމަށް ކަމަށެވެ. އަދި ރައީސް ޔާމީނަށް އިންސާފު ލިބުމަށް އެދެނީ މުޅި ޤައުމުކަން ސަރުކާރުން ދަންނަންޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޑީގައި އޮތީ ރައީސް ޔާމީނަށް އަނިޔާ ދިނުމުގެ ނުބައި ވިސްނުން އެކަނި." ޝިޔާމް ވިދާޅުވެފައިވެއެވެ.



އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފިކަން އޭސީސީގެ ތަހުގީގަށް ސާބިތުވެ މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވި މައްސަލައިގައި މަހުލޫފުވެސް ވަނީ ޕީޖީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މަހްލޫފްގެ ޕަރސަނަލް އެސިސްޓެންޓާއި ޕީޖީ ޝަމީމާ ދެމެދު ހިނގާފައިވާ ޒާތީ މުއާމަލާތްތަކެއް ކަމަށް ބުނާ ޗެޓް ލޮގް ތަކެއް ވެސް ލީކް ކޮށްލާފައެވެ. އެ ޗެޓް ލޮގުގައި ޝަމީމު ވިދާޅުވާ ގޮތުން މަހުލޫފްގެ މައްޗަށް ދައުވާ ކުރަނީ ނުވަތަ މިހާތަނަށް ދައުވާ ނުކޮށް "ވާނުވާގައި" ބެހެއްޓީ "މާފުއްޕާތީ" ކަމަށެވެ.

މަޙްލޫފްގެ މައްޗަށް ދަޢުވާ އުފުލީ މަތިއޮމާން ކުރުމަށް ކަމަށް އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ތުހުމަތު ކުރަށްވާއިރު ރައީސް ޔާމީންގެ މައްޗަށްވެސް މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ އައު ދަޢުވާއެއްކޮށް ދަޢުލަތުން އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން