ކުރިއަށް އޮތްތާގައި ކައުންސިލްތަކާއި ބައްދަލުކޮށް ކުރައްވާ މަސައްކަތް ފޮޓޯ ނަގާ އާންމުކުރައްވާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިރޭ ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައި މެމްބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ މިނިސްޓްރީގެ އާއްމު މަސައްކަތްތަކުގައި ދުވާލުގެ ގިނަ ވަގުތާ ރޭގަނޑު ވަރަށް ދަންވަންދެން ވަގުތު ހޭދަކުރައްވާ ކަމަށެވެ. އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މެމްބަރުން އެކި ކަންކަމުގައި ނަހުލާއާ ބައްދަލުކުރައްވަން އެދިވަޑައިގެންނެވި ނަމަވެސް ނަހުލާ ބައްދަލުނުކުރައްވާ ކަަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ ވަގުތު އޮންނަ ވަރަކުން ކައުންސިލްތަކާއި ވެސް ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ.
ބައްދަލު ނުކުރައްވާ ކަމަށް ފެންނަނީ ފޮޓޯ ނަގައި އާއްމު ނުކުރައްވާތީ ކަމަށާއި އެކަން މީގެ ފަހުން އެގޮތަށް ކުރައްވާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.
"ވަގުތު ދީގެން އަޅުގަނޑަށް ވީ ވަރަކުން ހުރިހާ ބޭފުޅުންނާ ވެސްް ބައްދަލުކޮށްފައި ވާނީ. ދެން އަނެއްކާ ވެސްް ދަންނަވައިލަން ޖެހޭނީ އަޅުގަނޑަށް ހުރިހާ މީޓިންތަކުގެ ފޮޓޯ ނުނެގުނީމާ ވީގޮތް ކަންނޭނގޭމީ. ކުރިއަށް އޮތް ތާނގައި އަޅުގަނޑު އެ ފޮޓޯތައް ނަގާފައި މީޓީންތަކުގެ އަޕްޑޭޓްސް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ހަމަ އަޕްޑޭޓް ވެސް ކުރަމުންދާނަން،" ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޯލިޝަން ސަރުކާރުގެ ވަޒީރުކަމުގައި ހުނެނެވި ނަހުލާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ ކޮންމެ އަހަރަކު ހާސިލުކުރާނެ ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން މަސައްކަތްތައް ނިންމަމުން ގޮސްފައިވާނެ ކަމަށެވެ. ރައީސްގެ ވައުދުތަކުގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ވައުދުތައް ވަނީ ފުއްދިފައި ކަމަށާއި ކޯވިޑް-19 ގެ ސަބަބުން މަސައްކަތްތައް މަޑުޖެހޭ ގޮތް މެދުވެރި އިރު އެހެން މަސައްކަތްތައް ވެސް ބާރަށް ކުރިއަށް ދިޔަ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ކޮމިޓީގައި މިގޮތަށް ވިދާޅުވި ނަމަވެސް މިހާތަނަށް ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި އެއްވެސް ވަރަކަށް އެކަމަނާ ހަރަކާތްތެރިވާތަން ނުފެންނާތީ ނަހުލާއާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މިކަން މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. މީގެއިތުރުން ކޯވިޑް-19 ގެ ދުވަސްވަރުގެ ބޮޑު ބައިގައި މިހާތަނަށްވެސް އެކަމަނާ ހޭދަކުރައްވާފައިވަނީ ރިސޯޓްގައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު