މާވަށުދާއިރާގެ މެންބަރު މުހަންމަދު ސައީދު
މާވަށުދާއިރާގެ މެންބަރު މުހަންމަދު ސައީދު
ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ވަޒީރުން ރިޔާސީ އިންތިޚާބާމެދު ވިސްނަމުން ގެންދާކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ދެއްކެވި ވާހަކަތައް ރައްދުވަނީ ޚާރިޖީ ވަޒީރު އަބްދުﷲޝާހިދަށް ކަމަށް ދޭހަވާ ގޮތަށް މާވަށުދާއިރާގެ މެންބަރު މުހަންމަދު ސައީދު ސުވާލު އުފައްދަވައިފިއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެފައިވަނީ، މިސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ބައެއް ވަޒީރުންނަށް ރައްޔިތުން އެދޭވަރަށް ޚިދުމަތް ނުދެވެނީ އަންނަ ރިޔާސީ އިންތިޚާބަށް އެބޭފުޅުންގެ ވިސްނުން ހުންނާތީ ކަމަށެވެ. އާޒިމް ވަނީ ސަރުކާރުގެ ބައެއް ވަޒީރުން ސަރުކާރަށް ކަމެއް ނުވާކަން ދައްކައި، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ހިމެނޭ ކަމާއި ސަރުކާރު ގޯސްކަން ދައްކަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

"ރަސް އޮންލައިން" ގައި ރިޕޯޓްކުރި އާޒިމްގެ ޚަބަރާއެކު ކުރެއްވި ޓްވީޓެއްގައި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ވަނީ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ނިސްބަތްވަނީ އެމްޑީޕީއަށް ނޫންތޯ ވިދާޅުވެ އަލީ އާޒިމް ދެއްކެވި ވާހަކަ ނިސްބަތް ކުރެއްވީ މި ސަރުކާރުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށްކަން ދޭހަވާ ގޮތަށް ސުވާލު އުފައްދަވާފައެވެ.

މީގެކުރިން މާވަށު ދާއިރާގެ މެންބަރު ސަޢީދުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޚާރިޖީ ވަޒީރަށް ނިސްބަތްވާ ގޮތަށް ހަމަ އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.



ޢެމްޑީޕީ ހިމެނޭ ކޯލިޝަން ސަރުކާރުން އެޕާޓީއަށް ލިބުނު ބައިގައި ހިމެނޭ ފޮރިން މިނިސްޓަރުގެ މަގާމަށް ހަމަޖެއްސެވީ ޑީއާރްޕީގެ ތެރެއިން އެޕާޓީއަށް ބަދަލުވެ އެޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދެވި އަބުދު ﷲ ޝާހިދެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މާވަށު ދާއިރާގެ މެންބަރު، މުހަންމަދު ސައީދު މީގެ ކުރިން ވިދާޅުވީ ސަރުކާރުގެ ބައެއް ވަޒީރުންނަށް މިހާރުވެސް 2023 ފެނިވަޑައިގަންނަވާ ކަމަށާއި، އެކަމުގެ ދަހިވެތިކަމުގައި ރައީސް ޞާލިޙަށް ނުރަނގަޅު ލަފާތައް އަރުވަމުން ގެންދަވާ ކަމަށެވެ.

ދިވެހި ދަޢުލަތް މިއަދު މިއޮތީ މަޑުގިނީގައި ކަމަށާއި، ރާއްޖެ މިއަދު ހިންގަމުން ގެންދަނީ ބޭރުގެ ހިލޭ އެހީއާއި، ދިވެހި ވިޔަފާރިވެރިންގެ ކްރެޑިޓުން ކަމަށް ސަޢީދު ތުހުމަތު ކުރެއްވިއެވެ.

"ހިލޭ އެހީން ހިންގާ ދަޢުލަތެއްގެ ސިފައޮތް ބަޔަކު ކުޑަކަކޫ މައްޗަށް ތިރިވެގެން ޤައުމެއް ހިންގާއިރު، މިއަދު ރައީސް ޔާމީން މިނިވަން ކުރަންވެސް ދާން މި ޖެހެނީ ފޮރިން އެމްބަސީ އަކަށްތޯ؟ މިވަރުވީމަ މިއީ ދަޢުލަތެއްގެ ސިފައޮތް ޤައުމަކަށް ކިޔާނެތޯ؟" ސަޢީދު ވިދާޅުވިއެވެ.

ސަޢީދުގެ ވާހަކައިގައި ސަރުކާރުގެ ވަކި ވުޒާރާއެއްގެ ވަޒީރެއްގެ ނަން ހާމަކުރައްވާފައި ނުވި ނަމަވެސް، ހިލޭ އެހީއާއި، ފޮރިން އެމްބަސީގެ ވާހަކަ ގެންނަވާފައިވާތީ ސަޢީދުގެ މިބަސްތައް އަމާޒު ކުރައްވާފައިވަނީ މި ސަރުކާރުގެ ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދަށް ކަމަށް ބެލެވެއެވެ.

ސަރުކާރުގެ ވަރަށް އިސް ބައެއް ބޭފުޅުން މިނޫހާ ހިއްސާ ކުރައްވާފައިވާ މައުލޫމާތު ތަކަށް ބަލާއިރު ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ މަސައްކަތްތައް ބައްޓަން ކުރައްވަމުން ގެންދަވަނީ އެދިމާއަށްކަމަށް އެބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ގަބޫލު ކުރެއްވެއެވެ. އެގޮތުން ރާއްޖޭގެ ބައެއް ނޫސްވެރިންނަށް އެމްބަސީ ތަކުންނާއި އެދާއިރާއިން ވަޒީފާތައް ދެއްވުމާއި ސޯޝަލް މީޑިއާގައި އަމިއްލަ ޒާތުފުޅު މާ ބޮޑަށް ޕްރޮމޯޓް ކުރައްވައި އެމަގަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާކަން އެފަދަ ބޭފުޅުން ފާހަގަ ކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ޜަސް

06-Jun-2020

ގިނަ ނޫސްތަކުގަ ހުންނަ ލިއުންތައް ވަރަށް ކުށް ގިނަ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާހަމަތަކަށް ބެލުންވެސް ވަރަށް ކުޑަ.


-4

ާަލަތީފް

05-Jun-2020

ލިޔުމުގައި ތަންކޮޅެއް ކުށް ގިނަ.. ދައުލަތު.. ދަޢުލަތެއް ނޫން... ޚިޔާލު.. ޙިޔާލެއް ވެސް ނޫން..



ޓްރެންޑިން