ޔޫސުފް ޔަނާލް މައުސޫމް
ޔޫސުފް ޔަނާލް މައުސޫމް
މީގެ ކުރިން ފަޔަރ ފައިޓަރަކަށްވާން ބޭނުންވި ނަމަވެސް، އުގެއިލް ފައުންޑޭޝަނުގެ އެހީތެރިކަމާއެކު ކޯޑިންގެ ދުނިޔެއަށް ތައާރަފްވި ޔޫސުފް ޔަނާލް މައުސޫމް މިހާރު އެންމެބޭނުންވަނީ ގޭމް ޑިވެލޮޕަރަކަށް ވާށެވެ.

އުގައިލު ފައުންޑޭޝަނުން ކުޑަކުދިންނަށް އަމާޒުކޮށް ކުރިޔަށްގެންދާ އެޑްވާންސް ކޯޑިން ޕްރޮގްރާމުގެ އެހީތެރިކަމާއެކު ޔަނާލް ފަދައިން ޅައުމުރުގައި ކޯޑިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ވަނީ އިތުރު އުންމީދެއް ލިބިފައެވެ. އެގޮތުން މިޕްރޮގްރާމުގައި ޖާވާ ސްކްރިޕްޓާއި ޕައިތޯން ފަދަ ޕްރޮގްރާމިންގ ލެންގުއޭޖް ދަސްކޮށްދިނުމުގެ އިތުރުން، ވެބްއެޕް ޑިވެލޮޕް ކުރުމާއި، އާޓިފިޝަލް އިންޓެލިޖަންސާއި ބެހޭ ކްލާސްތައް ވެސް ކުރިއަށްގެންދަން ނިންމާފައިވާތީއެވެ.

ޔަނާލް އަކީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުންދާ ދަރިވަރެކެވެ. މީގެއިތުރުން ވާހަކަ ކިޔުމަށާއި ފުޓުބޯޅަ ކުޅުމަށް ފޯރި ހުންނަ ޔަނާލްވަނީ ފުޓުބޯޅަ މުބާރާތުގެ އިތުރުން، އިނގިރޭސި އަދި ދިވެހި އަދަބީ މުބާރާތްތަކުގައި ބައިވެރިވެ އެކިވަނަތައްވެސް ހާސިލުކޮށްފައެވެ.

ސްކޫލްގެ ކިޔެވުމާއި އެކި ހަރަކާތްތަކުގެ ބޭރުން އުގައިލު ފައުންޑޭޝަނުން ކުޑަކުދިންނަށް އަމާޒުކޮށްފައިވާ އެޑްވާންސް ކޯޑިން ފަދަ ޕްރޮގްރާމެއްގައި ބައިވެރިވީ ޒަމާނާއެއްގޮތަށް ޓެކްނޮލޮޖީ ތަރައްގީވަމުންދާއިރު، އެކަމަށް އަހުލުވެރިވެ އެކިކަހަލަ ގޭމް ޑިވެލޮޕްކުރުމުގެ ޝައުގުވެރިކަން ހުރުމާއެކުކަމަށް ޔަނާލް ފާހަގަ ކުރިއެވެ. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް ޕައިތޯން ފަދަ ޕްރޮގްރާމިންގ ލެންގުއޭޖް ދަސްކުރުމާއި، ކޮމްޕިއުޓަރ ޕްރޮގްރާމިންގ ކޮންސެޕްޓް ދަސްކުރުމާއި، ޑާޓާ އެނަލައިޒް ކުރުމަށް ދަސްކުރުމަށްވެސް ޔަނާލް އުއްމީދުކުރެއެވެ.

ޔަނާލް ބުނީ މިފަދަ ޕްރޮގްރާމެއްގެ ސަބަބުން ޅައުމުރުގައި ކޯޑް ކުރަން ދަސްކުރަން ފުރުސަތު ލިބިގެންދާކަމަށާއި، އަދި އުމުރާ އެކަށޭނަގޮތަށް ކުރިއަށްދާ ކްލާސްތަކުގެ ސަބަބުން ކިޔަވަން އިތުރަށް ޝައުގުވެރިވާކަމަށްވެސް ޔަނާލް ފާހަގަ ކުރިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން