މިއުޒިކް ސުޕަރސްޓަރ ބިއޯންސޭ، އާ މިއުޒިކް އަލްބަމެއް އަންނަމަހު ރިލީޒްކުރަން ހަމަޖެހިފައިވާކަން ހާމަކޮށްފިއެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބިއޯންސޭގެ މީސްމީޑިއާ އެކައުންޓުތަކުގެ ޕްރޮފައިލް ފޮޓޯ ނެގުމާއިއެކު، ބިއޯންސޭއަށް ތާޢީދުކުރާ ގިނަބަޔަކު ވަނީ ބިއޯންސޭގެ އާލަވައެއްގެ އުފާވެރި ހަބަރު ލިބެން އުޅެނީކަމަށް ފާހަގަކޮށްފައެވެ. ފޭނުންގެ މިއުއްމީދު ޙަޤީޤަތަކަށްވުމުގެ އުފާވެރި ހަބަރާއެކު ބިއޯންސޭ މިހާރު ވަނީ އޭނާގެ އާ މިއުޒިކް އަލްބަމުގެ ފޮޓޯއެއް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

"ރެނަސާންސް"ގެ ނަން ދީފައިވާ މި މިއުޒިކް އަލްބަމް ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. މިއަލްބަމް ވެގެންދާނީ ހަ އަހަރަށްފަހު ބިއޯންސޭ ރިލީޒް ކުރާނެ ފުރަތަމަ ސޯލޯ އަލްބަމަށެވެ.

"ކްރޭޒީ އިން ލަވް" އަދި "ސިންގަލް ލޭޑީސް" ފަދަ ކާމިޔާބު ލަވަތަކެއް ރިލީޒްކޮށްފައިވާ ބިއޯންސޭގެ މިއުޒިކް އަލްބަމެއް އެންމެ ފަހުން ރިލީޒްކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. "ލެމަނޭޑް" ނަމުން ރިލީޒްކުރި މި އަލްބަމްވަނީ 9 ގްރެމީ އެވަރޑަކަށް ނޮމިނޭޓްވެ، ދެ ގްރެމީ އެވަރޑެއް ހާސިލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން