އުގެއިލް ފައުންޑޭޝަނުގެ ދަ ސަރކަލް އިން ހިންގާ އެޑްވާންސް ކޯޑިންގްގެ އޮންލައިން ކްލާސް ސެޝަންއެއްގެ ތެރެއިން.
އުގެއިލް ފައުންޑޭޝަނުގެ ދަ ސަރކަލް އިން ހިންގާ އެޑްވާންސް ކޯޑިންގްގެ އޮންލައިން ކްލާސް ސެޝަންއެއްގެ ތެރެއިން.
ސްކޫލް ބަންދާ ދިމާކޮށް އުގެއިލް ފައުންޑޭޝަނުން ހިންގާ ދަ ސަރކަލް އިން ހާއްސަ ޕްރޮގްރާމްތަކެއް ތައާރަފްކޮށްފިއެވެ.

ދަ ސަރކަލް އިން ސްކޫލް ބަންދާ ދިމާކޮށް ފަށާ ހާއްސަ ޕްރޮގްރާމުތަކުގެ ތެރޭގައި އިނގިރޭސި ބަހަށާއި ކޯޑިންގ އަށް ހާއްސަ ދެ ޕްރޮގްރާމެއް ހިމެނެއެވެ. ފަސް ހަފްތާގެ މުއްދަތައް ކުރިއަށްދާ މިދެޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.

އިނގިރޭސިވިލާތުގެ މުދައްރިސުން މެދުވެރިކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިނގިރޭސިބަހުގެ ޕްރޮގްރާމް އަދި ކޯޑިންގ އެންޑް ތިންކިންގ ޕްރޮގްރާމަކީ އުމުރުން 7 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ކުރެވިފައިވާ ޕްރޮގްރާމްތަކެއްކަން ދަ ސަރކަލް އިން ވަނީ ހާމަކޮށްފައެވެ. އަދި މިދެޕްރޮގްރާމަކީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކަކަށްވުމުން، ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ފަސޭހަކަމާއިއެކު ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ދަ ސަރކަލް އިން ވަނީ ހާމަކޮށްފައެވެ.

ދަ ސަރކަލް އިން ހާމަކޮށްފައިވާގޮތުގައި، އިނގިރޭސިބަހަށް ހާއްސަ ޕްރޮގްރާމްގައި އިނގިރޭސި ބަހުގެ ގަވާއިދުތަކާއި ވާހަކަ ލިޔުމާއި ޅެން ހެދުމާއި ކްރިއޭޓިވް ވްރައިޓިންގ އަދި އިނގިރޭސި ބަހުން މުއާމަލާތު ކުރުމުގެ ހުނަރު ދަސްކޮށްދެވޭނެއެވެ. އަދި ކޯޑިންގ އެންޑް ތިންކިންގ ޕްރޮގްރާމުގައި ބޭސިކް ކޮމްޕިއުޓާ ކޯޑިން އާއި ކުއްޖާ އަމިއްލަ އަށް ތަފާތު ގޮތްގޮތަށް ވިސްނަން ދަސްކޮށްދިނުމާއި ބޭސިކް ޕްރޮގްރާމިންގ ލޭންގުއެޖް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މިހާރު އޮންލައިންކޮށް އިނގިރޭސި ބަހުގެ ޕްރޮގްރާމްގައި ދަރިވަރުން ރަޖިސްޓްރީ ކުރުމަށް ވަނީ ހުޅުވާލާފައެވެ. އަދި ކޯޑިންގ އެންޑް ތިންކިންގ ޕްރޮގްރާމުގައިވެސް އޮންލައިންކޮށް މިހާރު ރަޖިސްޓްރީ ވެވޭނެކަމަށް ދަ ސަރކަލް އިން ވަނީ ހާމަކޮށްފައެވެ.

އުގެއިލް ފައުންޑޭޝަނުގެ ދަ ސަރކަލް އިން ހިންގާ މިފަދަ ހާއްސަ ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ދަ ސާކަލްގެ ނަމްބަރު 7310600 އަށް ގުޅާލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން