އަނުޝްކާ ޝަރުމާގެ ކުރިއަށް އޮތް ފިލްމަށް ތައްޔާރުވުމަށް ކްރިކެޓް ޓްރެއިނިން ހަދަން ނިންމައިފިއެވެ.

ފިލްމު "ޗަކްޑާ އެކްސްޕްރެސް" އާއެކު ފިލްމީ ދުނިޔެއަށް އެނބުރި އައުމަށް ތައްޔާރުވަމުންދާ އަނުޝްކާ މިފިލްމުން ފެނިގެންދާނީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ޖުލާން ގޯސްވާމީގެ ރޯލުންނެވެ. މިއީ 2018 ވަނަ އަހަރަށް ފަހު ހިންދީ ފިލްމު "ރަބް ނޭ ބަނާ ޑި ޖޯޑީ" ގެ ތަރި ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

އަނުޝްކާ ވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ޓީޒާއަކުން ޗަކްޑާ 'އެކްސްޕްރެސް' ފިލްމު އިއުލާންކޮށްފަ އެވެ.

އަދި ޖުލައި މަހު ޗަކްޑާ އެކްސްޕްރެސްގެ ފުރަތަމަ ޝެޑިއުލް ނިންމާލިކަން އަނުޝްކާ ވަނީ އިއުލާންކޮށްފައެވެ. މިއިއުލާނާއެކު އޭނާގެ އިންސްޓަގްރާމްގައި ފޮޓޯއެއް ހިއްސާކުރިއިރު، އެ ފޮޓޯގައި، އޭނާ ކްރިކެޓް ބޯޅައެއް ހިފައިގެން ހުރިތަންވެސް ފެނިގެންދެއެވެ.

މިފިލްމުގެ އިތުރުތައްޔާރީތަކަށް ބޭނުންވާ ކްރިކެޓް ތަމްރީނުތައް ހެދުމަށް އަނުޝްކާ ވަރަށް އަވަހަށް އިނގިރޭސިވިލާތަށް ފުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.



މިފިލްމު ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައި ނުވިނަމަވެސް، މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ ނެޓްފްލިކްސް ގައިކަމަށް ރިޕޯޓުތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން