ހުއްދަނެތި ގައުމުން ބޭރަށްދާ ޑޮކްޓަރުންނަށް އަދަބު ދޭން ނިންމާފައިވާކަމަަށް ލަންކާ ސަރުކާރުން އިއުލާންކޮށްފިއެވެ.

އެގޮތުން ހެލްތު މިނިސްޓަރ ކެހެލިޔާ ރަމްބުކްވެއްލާ ވިދާޅުވެފައިވަނީ، ހޯދަން ޖެހޭ ހުއްދަތައް ނެތި ގައުމުން ބޭރަށްދާ ޑޮކްޓަރުން ބްލެކްލިސްޓު ކުރެވޭނެކަމަށެވެ. އަދި ވަގުތީ ނޯޓިސް އެއް ނެެރެވޭނެކަމަށާއި، އެނޯޓިސްގައި ވާގޮތުން އެމީހުންގެ މަގާމުތަކުން ވަކިވެފައިވާކަން ހާމަވެގެންދާނެކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، މިފަދައިން ގަވާއިދާ ހިލާފުވާ ޑޮކްޓަރުންގެ ތެރެއިން، މެޑިކަލް ކައުސިލް އޮފް ޑޮކްޓަރުންގެ ބޯޑުގައި ރެޖިސްޓަރ ކޮށްފައިވާ ފަރާތްތަކުގެ ރެޖިސްޓްރޭޝަން ބާތިލުކޮށް ލައިސެންވެސް އުވާލެވޭނެކަމަށެވެ.

ސްރިލަންކާ ސަރުކާރުން މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވަނީ، މާލީ ހާލަތު ދައްވެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ސްރީލަންކާގެ ޑޮކްޓަރުން، ވަޒީފާ އާއި ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކުރަމުންދާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން