މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރު މަސް ވިއްކަން އުޅުނީ ކޮންބޭފުޅެއްތޯއޭ ވިދާޅުވެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މީސްމީޑިއާއަށް ސުވާލެއް ދޫކޮށްލައްވައިފިއެވެ.
މިމަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު މެންބަރު ޝަރީފްގެ މިސުވާލު އަމާޒު ކުރަށްވާފައިވަނީ ޕްރައިމަރީގައި ވާދަކުރަށްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ގެސްޓްހައުސް ހިންގާ ރަށްރަށުގައި ރަލާއި އޫރުމަށް ވިއްކަން ހުއްދަ ދެއްވުމަށް މަސައްކަތް ކުރެއްވިކަމަށް އޭރު ޑީއާރުޕީގައި ހުންނަވައިގެން ޝަރީފުވެސް ތުހުމަތު ކުރަށްވާފައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ކުރަށްވާ މެންބަރު ޝަރީފް ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކަން މަސައްކަތް ކުރި ބޭފުޅެއްގެ މަތިން، އެއްވެސް މީހަކު ހަނދާން ހުރިތޯ އައްސަވާފައެވެ.
ޝަރީފް ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ހަމައެކަނި ގޮތަކީ ރިޔާސީ ޓިކެޓް ރައީސް ޞާލިޙަށް ލިބުން ކަމަށެވެ. އަދި މި އިންތިޚާބުގައި ރައީސް ނަޝީދަށް ކާމިޔާބު ލިބުމަކީ ޕީޕީއެމުން ބޭނުންވާ ގޮތް ކަމަށާއި އެގޮތަށް އެކަން ވެއްޖެނަމަ އެމްޑީޕީ ބަލިވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުުގައި ތަކެތީގެ އަގު އުފުލިގެން ދިޔައީ ދުނިޔޭގެ އިޤްތިޞާދަށް އައި ލޮޅުމެއްގެ ސަބަބުން ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެއީ ޑޮލަރު އަގު މައްޗަށް ޖެއްސުމުގެ ނަތީޖާ ކަމަށާއި މިއަދުގެ މިޙާލަތުގައި ރައީސް ނަޝީދު ވެރިކަމުގައި ހުންނެވިނަމަ އެދުވަހެކޭ އެއްގޮތަށް ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ބަހައްޓަން ޖެހޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ޢުމުރުން ދުވަސްވީ މީހުންނަށް އިނާޔަތް ދެއްވަން ފެއްޓެވީ ރައީސް މައުމޫންގެ ވެރިކަމުގައި ޕެންޝަން ޤާނޫނު ފާސްކޮށްގެން ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި އެފައިސާ ފަސްހާސް ރުފިޔާއަށް ބޮޑު ކުރެއްވީ ރައީސް ޞާލިޙު ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިހެން ވިދާޅުވި ނަމަވެސް 65 އަހަރުން މަތީގެ މީހުންނަށް 2000 ރުފިޔާގެ ޢިނާޔަތް ދެއްވަން ފެއްޓެވީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އަދި އެ ފައިސާގެ ޢަދަދު 5000 ރުފިޔާއަށް ބަދަލު ކުރަށްވާފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި 12.75 ގައި ހިފަހައްޓާފައި ހުރި ޑޮލަރު 15.42 އާ ހަމައަށް ބޭންޑެއްގެ ތެރެއަށް ދޫކޮށްލެއްވިއެވެ. އޭގެ ފަހުން ޑޮލަރުގެ ކަޅުބާޒާރު އުފެދި މިއަދު އާންމުކޮށް ޑޮލަރުގެ އަގު ހުރީ 17ރުފިޔާއަށް ވުރެ މަތީގައެވެ.

Ralaai ooru mas meehun dhiri ulhey rah rashuga vikkavan masakkaiy kurevvi beyfulhegge mathin handhuma fulhu huri evves rayyitheh eba huri baa mihaaru?
— Ibrahim Shareef (@AdduShareef) January 24, 2023
ޝަރީފް ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ހަމައެކަނި ގޮތަކީ ރިޔާސީ ޓިކެޓް ރައީސް ޞާލިޙަށް ލިބުން ކަމަށެވެ. އަދި މި އިންތިޚާބުގައި ރައީސް ނަޝީދަށް ކާމިޔާބު ލިބުމަކީ ޕީޕީއެމުން ބޭނުންވާ ގޮތް ކަމަށާއި އެގޮތަށް އެކަން ވެއްޖެނަމަ އެމްޑީޕީ ބަލިވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުުގައި ތަކެތީގެ އަގު އުފުލިގެން ދިޔައީ ދުނިޔޭގެ އިޤްތިޞާދަށް އައި ލޮޅުމެއްގެ ސަބަބުން ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެއީ ޑޮލަރު އަގު މައްޗަށް ޖެއްސުމުގެ ނަތީޖާ ކަމަށާއި މިއަދުގެ މިޙާލަތުގައި ރައީސް ނަޝީދު ވެރިކަމުގައި ހުންނެވިނަމަ އެދުވަހެކޭ އެއްގޮތަށް ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ބަހައްޓަން ޖެހޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ޢުމުރުން ދުވަސްވީ މީހުންނަށް އިނާޔަތް ދެއްވަން ފެއްޓެވީ ރައީސް މައުމޫންގެ ވެރިކަމުގައި ޕެންޝަން ޤާނޫނު ފާސްކޮށްގެން ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި އެފައިސާ ފަސްހާސް ރުފިޔާއަށް ބޮޑު ކުރެއްވީ ރައީސް ޞާލިޙު ކަމަށް ޝަރީފް ވިދާޅުވިއެވެ.
Muskulhinnah pension dheynfettee Majlis in faas kuri Pension Qanoon ge dhashun.E qanoon Malisah husha elhunee @maumoonagayoom ge verikamuga.Mihageegai olhuvaalan varahmasakkaiy bayakukoffa othee adhives kuramun dhanee.Eyru dhinee 2haas. @ibusolih ge verikamuga 5K ah hedhee
— Ibrahim Shareef (@AdduShareef) January 24, 2023
ޝަރީފް މިހެން ވިދާޅުވި ނަމަވެސް 65 އަހަރުން މަތީގެ މީހުންނަށް 2000 ރުފިޔާގެ ޢިނާޔަތް ދެއްވަން ފެއްޓެވީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އަދި އެ ފައިސާގެ ޢަދަދު 5000 ރުފިޔާއަށް ބަދަލު ކުރަށްވާފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި 12.75 ގައި ހިފަހައްޓާފައި ހުރި ޑޮލަރު 15.42 އާ ހަމައަށް ބޭންޑެއްގެ ތެރެއަށް ދޫކޮށްލެއްވިއެވެ. އޭގެ ފަހުން ޑޮލަރުގެ ކަޅުބާޒާރު އުފެދި މިއަދު އާންމުކޮށް ޑޮލަރުގެ އަގު ހުރީ 17ރުފިޔާއަށް ވުރެ މަތީގައެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު