ޑީއާރުޕީ އުވާލަން ނިންމި މައްސަލަ އެ ޕާޓީން ހައި ކޯޓަށް ހުށަހަޅައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އެންމެ މަދު އަދަދަށް ޕާޓީގައި މެންބަރުން ހަމަކޮށްފައި ނުވާތީ މިދިޔަ ޑިސެންބަރު މަސްތެރޭ އެ ޕާޓީ އުވާލަން ނިންމާ އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިހާރު ގެންދަނީ ކުރިއަށެވެ. އެހެންކަމުން އެ ޕާޓީން އެއްވެސް ސިޔާސީ މަސައްކަތެއް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފައެވެ.

ޕާޓީ އުފެއްދި ބޭފުޅުން އެ ޕާޓީގެ ދަރަންޏަށް ޒިންމާނުވެ ވަނީ ޕާޓީ ދޫކުރައްވާ ވަޑައިގެންފައެވެ. އޭގެ ސަބަބުން ޕާޓީ އުވާލުމުގެ މަރުހަލާގައި ވެސް ގިނަ ދުވަސްތަކެއް ދަނީ ހޭދަވަމުންނެވެ. ޕާޓީގެ ދަރަނިތަކާއެކު އެޕާޓީއާއި މިހާރު ހަވާލުވެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރެވެ.

މިއަދު ޑީއާރްޕީ އިން މި މައްސަލަ ކޯޓަށް ހުށަހަޅާފައިވީނަމަވެސް ހައިކޯޓުން އެ މައްސަލަ ބަލައިގެންކަމެއް އަދި ސާފެއް ނުވެއެވެ. ޑީއާރުޕީން ކުރިން ބުނެފައިވަނީ ކޯޓަށް ގޮސްގެން ޑީއާރްޕީ އުވާލުން ކެންސަލް ނުކުރެވިއްޖެ ނަމަ ޖޭޑީޕީގެ ނަމުގައި ޕާޓީއެއް އުފައްދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން