ރައްޔިތުންގެ މަަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީގެ ބައްދަލުވުމެއް ހިނގަމުންދަނީ (ފޮޓޯ- މަޖިލިސް ގެލެރީ)
ރައްޔިތުންގެ މަަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީގެ ބައްދަލުވުމެއް ހިނގަމުންދަނީ (ފޮޓޯ- މަޖިލިސް ގެލެރީ)
މައްސަލައެއްގައި ހިމެނޭ ވިކްޓިމް ހާޒިރުކޮށް ސުވާލުކޮށް ހަދަން، ރައްޔިތުންގެ މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން ކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު، ކުރީގެ ޑިޕުއިޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާގެ ބަހެއް ހޯދުމަށާއި މައްސަލަ ބަލަމުންދާ ފުލުސް އޮފިސަރުން ހާޒިރުކޮށް މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ނިންމުން ޝާއިއުކޮށްފައިވާ ހަބަރެއްގެ ލިންކް ހިއްސާ ކުރައްވާ އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ދައުރަކީ ސަރުކާރާއި މުއައްސަސާތަކުން ކަންކަން ކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ފާރަވެރިވެ، އެ މުއައްސަސާއެއް ޖަވާބުދާރީ ކުރުވުން ކަމަށެވެ.

"މަޖިލީހަކީ ތަހްގީގީ އިދާރާއެއް ނޫން. މިނިވަން މުއައްސަސާތައް އުފެއްދުމުގެ ބޭނުމަކީ މިކަހަލަ މައްސަލަތައް ބެލުން." އުޝާމް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކުރުމަށް ފަހު، ފަހުން ވަނީ ކުއްލި ގޮތަކަށް ދޫކޮށްލައިފަ އެވެ. އެ މީހުން ދޫކޮށްލީ "ނުފޫޒުގަދަ" ބައެއްގެ އެންގުމަށް ފުލުހުންގެ އިސްވެރިންގެ އެންގުމުން ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ.

ފުލުހުންގެ އިދާރާ އިން ބުނީ މައްސަލަ ބެލުމުގައި ނުފޫޒެއް ނެތް ކަމަށެވެ.  މައްސަލައާ މެދު ކަންބޮޑުވުން ބޮޑުވުމާއެކު މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން މައްސަލަ ދިރާސާކުރަން މިއަދު ކޮމިޓީ ބައްދަލުވުމެއް ބާއްވާފައިވާއިރު އެ ކޮމިޓީ ބައްދަލުވުމުގައި މައްސަލަ ދިރާސާކުރުމުގެ ގޮތުން ފަސް ކަމެއް ކުރަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެ ގޮތުން މައްސަލަ ހިންގި ތަނަށް އެޓެންޑްވި ފުލުސް އޮފިސަރުންނާއި މައްސަލަ ތަހުގީގު ކުރުމުގައި އިސްކޮށް އުޅޭ ފުލުސް އޮފިސަރުން ހާޒިރުކުރަން ވަނީ ނިއްމާފައެވެ. އަދި ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން "ވިކްޓިމް" ކޮމިޓީއަށް އަންނަން ބޭނުންވާނަމަ ކޮމިޓީއަށް ގެނެސް އޭނާގެ ބަހެއް ހޯދަން ވެސް ކޮމެޓީން ވަނީ ނިންމާފައެވެ.

މީގެއިރުރުން ޖެންޑާ މިނިސްޓްރީން ވިކްޓިމްގެ ރައްކާތެރިކަން ކަށަވަރުކުރަން އަޅާ ފިޔަވަޅުތަކުގެ މައުލުމާތު ހޯދުމަށާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ފުލުހުންގެ ތަހުގީގު ގާތުން ބެލުމަށް ކޮމިޓީން އެދެން ވެސް ނިއްމާފައިވެއެވެ. އަދި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާތައް ފަތުރަނީ ތެދު ހަބަރުކަން ޔަގީންކޮށްދޭން އެދުމަށް ވެސް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން