ފަލަބަލިކަމަށް ބަލާ މިންގަނޑަކީ ބީއެމްއައި 30 އަށްވުރެ އިތުރުވުމެވެ.
ފަލަބަލިކަމަށް ބަލާ މިންގަނޑަކީ ބީއެމްއައި 30 އަށްވުރެ އިތުރުވުމެވެ.
މިދާގޮތަށް ދާނަމަ 2032 ވަނަ އަހަރު އަންނައިރު ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައިމީހުންނަށް ފަލަ ބަލިޖެހޭނެކަމަށް ބުނެ ވާލްޑް އޮބީސިޓީ ފެޑަރޭޝަނުން އިންޒާރެއް ނެރެފިއެވެ.

މިބަދަލު އެންމެ ބޮޑަށް ފެނިގެންދާނެކަމަށް ލަފާކޮށްފައިވަނީ އެފްރިކާއާއި އޭޝިއާގެ މެދުފަންތީގެ އަދި މަދު އާމްދަނީ ލިބޭ ޤައުމުތަކުގެ މެދުގައެވެ.

މިދިރާސާއިން ދައްކާގޮތުންނަމަ ފަލަބަލީގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކަށް ފަރުވާކުރުމަށް 2035 ވަނަ އަހަރާއި ހަމައަށް އަހަރަކު 4 ޓްރިލިއަން ޑޮލަރުގެ ފައިސާ ޚަރަދުވާނެއެވެ. އެހެންކަމުން މިރިޕޯޓަށް ރިއާއަތްކޮށް މިޖަމުއިއްޔާގެ ރައީސް ޕްރޮފެސަރ ލުއީ ބައުއަރ ވިދާޅުވަނީ ޤައުމުތަކުން މިހާރު މިކަމަށް ހައްލު ނުހޯދައިފިނަމަ، ފަހުން ކުރަންޖެހޭ ހޭދަ ބޮޑުވާނެކަމަށެވެ.

މިރިޕޯޓުގައި އަލިއަޅުވާލައިވާ ނުކުތާތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ދެޖިންސުގެވެސް ފުރާވަރުގެ ކުދިންގެމެދުގައި ފަލަބަލި އިތުރުވާ މިންވަރު ގިނަކަމަށެވެ. އަދި ޚާއްސަކޮށް، 2020 ވަނަ އަހަރުންފެށިގެން މިއަދަދުތައް ދެގުނައަށް ގިނަވަމުންދާނެކަމަށްވެސް ފާހަގަކުރެވިފައިވެއެވެ.

ފަލަބަލި އާއްމުވަމުންދާއިރު ސަރުކާރުތަކާއި ޕޮލިސީތައް އެކުލަވާލާ މާހިރުން މިކަމުގައި ފަރުވާކުޑަކުރުމަކީ ކަންބޮޑުވާކަމެއްކަމަށް ޕްރޮފެސަރ ބައުއަރ ފާހަގަކުރެއެވެ. އަދި މިކަން މެދުވެރިވާން ދިމާވާ މައިގަނޑު ސަބަބުތައް ދިރާސާކޮށް، ފަހުގެ ޖީލުތަކުން މިކަންކަމާއި ކުރިމަތިލުމަށް މިހާރު މިކަންކަން ދޫކޮށްލައިގެން ނުވާނެކަމަށްވެސް ބައުއަރ ވިދާޅުވެފައި ވެއެވެ. ސަބަބަކީ މިކަންކަމަކީ ކުޑަ ޚަރަދަކުން ހައްލު ކުރެވޭނެކަންކަމަށް ނުވާތީއެވެ.

ފަލަބަލި އިތުރުވުމުން ފަޤީރު ގައުމުތަކަށް ލިބިދާނެ ގެއްލުމަށްވެސް މިރިޕޯޓުގައި އަލިއަޅުވާލާފައިވެއެވެ. އަދި މިބަލި އެންމެ ބޮޑަށް އިތުރުވާނެކަމަށް އަންދާޒާކޮށްފައިވާ 10 ޤައުމުގެ ތެރެއިން 9 ޤައުމަކީ އެފްރިކާއާއި އޭޝިއާ ބައްރުގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކެވެ.



ފަލަބަލި އާއްމުވުމާއި އޭގެ ސަބަބުން ލިބޭ ޞިއްޙީ، އިޖުތިމާއީ އަދި އިގްތިޞާދީ ކަންކަމުން އަރައިގަތުމަށް އެންމެ ބޮޑަށް އުނދަގޫވާނީ ފަގީރު ގައުމުތަކަށެވެ.

މިބަލި ފެތުރެމުންދިއުމުން ދުނިޔޭގެ އިގްތިޞާދުގެ %3 ޖުމްލަ އާމްދަނީއަށް ގެއްލުންވާނެކަމަށްވެސް އަންދާޒާކޮށްފައިވެއެވެ.

ފަލަބަލިކަމަށް ބަލާ މިންގަނޑަކީ ބީއެމްއައި 30 އަށްވުރެ އިތުރުވުމެވެ. ނަމަވެސް އެއްވެސް ހާލަތެއްގައި އެއްވެސްމީހަކު ފަލަވީމަ އެކަމާއިމެދު މަލާމަތް ކުރުމަކީ ހައްލެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން