އޮސްޓްރޭލިއާގެ އަވަށެއްގެ ކޯރެއްގައި މަރުވެފައިވާ މަސްތަކެއް ލައްގައިފިއެވެ.

އޮސްޓްރޭލިއާގެ މެނިންޑީ ޓައުންގެ ކޯރަކުން މަރުވެފައިވާ އެތައް ބައިވަރު މަސް ލައްގާފައިވާކަން ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މިހާދިސާ އާއި ގުޅިގެން އެތައްބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރި، ކަމާބެހޭ އިދާރާތަކުން ވަނީ މިކަން މެދުވެރިވެފައިވަނީ ފިނި ހޫނު މިނަށް އަންނަމުންދާ ބަދަލާއި ގުޅިގެން ކަމަށް ބުނެފައެވެ. އެގޮތުން އެސަރަހައްދުގެ ކޯރު ތަކާއި ބެހޭ އޮތޯރިޓީ އިން ބުނާ ގޮތުން ގިނަ މަސްތައް މަރުވެފައިވަނީ ޑާލިންގ ބާކާ ކޯރުގެ ހޫނުމިން މައްޗަށް ދިއުމުންނެވެ.

މެނިންޑީ ޓައުންގެ މީހުން ބުނާ ގޮތުން މީގެ ކުރިންވެސް މިފަދަ ހާދިސާތައް ދިމާވެއެވެ. ނަމަވެސް މިއީ މިފަދައިން އެންމެ ގިނައިން މަސް މަރުވެ ލެއްގި ފުރަތަމަ ހާދިސާއެވެ. އެސަރަހައްދުގެ ކޯރެއްގައި މީގެ ކުރިން ގިނަ މަސްތަކެއް މަރުވެ ލައްގާފައި ވަނިކޮށް ފެނުނީ މީގެ ތިން އަހަރު ކުރިންނެވެ.

މެނިންޑީ ޓައުންގެ ސަރަހައްދަށް ވާގޮތަށް އޮންނަ މި ކޯރަކީ ޑާލިންގ ރިވަރ ގެ ނަމުން ނަންދެވިފައިވާ ކޯރެކެވެ. 1472 ކިލޯމީޓަރަށް ދެމިގެންދާ މިކޯރަކީ އޮސްޓްރޭލިއާގެ ތިންވަނަ އަށް އެންމެ ބޮޑު އެއް ކޯރެވެ. ބައެއް ރިޕޯޓުތަކުން ބުނާގޮތުން މިކޯރު މިހާރުވަނީ އެކި ޕެސްޓިސައިޑް ފަދަ ކެމިކަލް ތަކާ ހުރެ ތަޣައްޔަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން