ބޭންކިންގ ނިޒާމްގެ ތެރެއިން އެންމެފަހުން ފެންމަތިވި މައްސަލަތަކުންވެސް މާލީ ނިޒާމް ހަރުދަނާކުރަންޖެހިފައިވާ މިންވަރު ހާމަވާކަމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް، އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ޓެކްނޮލޮޖީއާއި އައު އީޖާދުތަކަށް އަހުލުވެރި މުޖްތަމައެއް ބިނާކުރަން ވަކާލާތު ކުރެއްވުމުގައި ފާހަގަވެފައިވާ ފާރިސް މިއަދު ވިދާޅުވީ ބޭންކިންގ ނިޒާމުގެ ތެރެއިން އެންމެފަހުން ދިމާވި މައްސަލަތަކުންވެސް މާލީ ނިޒާމުގައި ނުރައްކާ އޮތް މިންވަރާއި ރަނގަޅުކުރަން ހުރި ކަންކަން ވަރަށް ބޮޑަށް ހާމަވެފައިވާ ކަމަށެވެ. އަދި މިކަންކަމުން ހާމަވަނީ މާލީ ނިޒާމް ހަރުދަނާކުރުމަށް ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައިވާކަން ކަމަށް ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ މިއަދު އަޅުގަނޑުމެންނަށް ލިބިފައިވާ ޓެކްނޮލޮޖީގެ އެހީގައި މާލީ ނިޒާމަށް އިންގިލާބީ ކުރިއެރުންތަކެއް ގެނެވޭނެކަމަށެވެ. އަދި ޓެކްނޮލޮޖީއާއެކު ލިބިފައިވާ ކުރިއެރުންތަކުގެ ސަބަބުން މިހާރު އޮތް ނިޒާމުގެ ބަދަލުގައި ހާމަކަން ބޮޑު، އަދުލުވެރި އަދި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ މާލީ ނިޒާމެއް ގާއިމްކުރެވޭނެކަމަށް ފާރިސް ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ރީފޯމް މޫވްމަންޓްގެ ރައީސް އަހުމަދު ފާރިސް މައުމޫން ފާހަގަވެފައިވަނީ ޓެކްނޮލޮޖީ އާއި އައު އިޖާދުތަކަށް އާއްމުން އަހުލުވެރިކުރުވުމަށް ވަރަށް ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. މިއީ އާއްމުކޮށް މިހާރު އުޅުއްވާ ސިޔާސީ ބޭފުޅުން ވަކާލާތުކުރައްވާ ކަންކަމެއް ނޫނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފާރިސް ވާދަކުރަށްވަން އޭނާއަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދަނީ ބާރު އަޅަމުންނެވެ. ނަމަވެސް މިހާތަނަށް ފާރިސް އެކަމާއި ގުޅޭގޮތުން ވާހަަކަ ދައްކަވާފައެއް ނުވެއެވެ. ދާދިފަހުން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ފާރިސް ވިދާޅުވެފައިވަނީ އޭނާ މިވަގުތު އެންމެ އިސްކަމެއް ދެއްވަނީ އެމްއާރުއެމްގެ ހަރަކާތްތައް ހަރުދަނާކޮށް އިންތިޒާމްކޮށް، ވަރުގަދަކުރުމަށްކަމަށެވެ.

The recent banking failures have exposed the vulnerabilities and inefficiencies in our current financial systems. It is becoming increasingly evident that change is necessary; fortunately, we now have access to innovative technologies that can revolutionize the way we approach… https://t.co/QQcnvnJfMQ
— faris 🇲🇻 🇵🇸 (@afarismaumoon) March 17, 2023
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ރީފޯމް މޫވްމަންޓްގެ ރައީސް އަހުމަދު ފާރިސް މައުމޫން ފާހަގަވެފައިވަނީ ޓެކްނޮލޮޖީ އާއި އައު އިޖާދުތަކަށް އާއްމުން އަހުލުވެރިކުރުވުމަށް ވަރަށް ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. މިއީ އާއްމުކޮށް މިހާރު އުޅުއްވާ ސިޔާސީ ބޭފުޅުން ވަކާލާތުކުރައްވާ ކަންކަމެއް ނޫނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފާރިސް ވާދަކުރަށްވަން އޭނާއަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދަނީ ބާރު އަޅަމުންނެވެ. ނަމަވެސް މިހާތަނަށް ފާރިސް އެކަމާއި ގުޅޭގޮތުން ވާހަަކަ ދައްކަވާފައެއް ނުވެއެވެ. ދާދިފަހުން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ފާރިސް ވިދާޅުވެފައިވަނީ އޭނާ މިވަގުތު އެންމެ އިސްކަމެއް ދެއްވަނީ އެމްއާރުއެމްގެ ހަރަކާތްތައް ހަރުދަނާކޮށް އިންތިޒާމްކޮށް، ވަރުގަދަކުރުމަށްކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު