ދަރިފުޅު މާގިނައިން ސްކްރީން ކުރިމަތީގައި ވަގުތު ހޭދަކުރުމަކީ ތަރައްޤީވެފައިވައިވާ މިޒަމާނުގައި ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކުގައިވެސް ދަރީން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންނަށް ހުރި ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިއީ އަދުގެ ދުނިޔޭގައި ގިނަ މައިންބަފައިންނާއި ބެލެނިވެރިން އެންމެ ކަންބޮޑުވާ އެއް މައްސަލައެވެ. ސްކްރީންގެ ސަބަބުން އެކުދިންގެ ކެއުމަށާއި ފޮތް ކިޔުމާއި ފިލާވަޅު ހެދުމަށް ބޭނުންވާ ވަގުތު ނުލިބި ސްކޫލްގައި އެކުދިންގެ ފަރާތުން ނެރެވެންޖެހޭ ނަތީޖާ ދަށްވަމުންދާކަމަށް ގިނަ ބެލެނިވެރިން ބުނެއެވެ.
ސްމާޓް ފޯނާއި ގެޖެޓުތަކަކީ މިޒަމާނުގައި ކުދިން އަހުލުވެރި ކުރުވުމަށް މުހިންމު ތަކެކި ކަމުގައިވީނަމަވެސް، މާގިނައިން ބޭނުން ކުރުމުގެ ސަބަބުން ކުދިން ސްކްރީނަށް ދެވި ހިފައިފިނަމަ އެއާއި އެކުދިން ދުރުކުރުމަކީ ބެލެނިވެރިންނަށް ނުހަނު އުނދަގޫ ކަމެކެވެ.
ސްމާޓް ޑިވައިސްތަކުގެ ސަބަބުން ލޮލުގެ މައްސަލަތަކާއި ޕޮސްޗަރގެ މައްސަލަތައް ދިމާވުމުގެ އިތުރުން އެކުދިންގެ ސޯޝަލް ސްކިލްސް ނުވަތަ މުޖުތަމައުގައި މީހުންނާއި މުއާމަލާތު ކުރުމާއި، ގުޅިގެން އުޅުމުގެ ކަންކަން ކުރަންޖެހޭ ރިވެތި ގޮތްތަކާއި ވާހަކަ ދެއްކުމުގެ ހުނަރުތައް ދަށްވުމަށް މެދުވެރިވެއެވެ. އެހެންކަމުން ދަރިފުޅު ސްކްރީނާއި ދުރުކުރުމަށް ކުރެވިދާނެ ކަންކަން ހޯދައި ދަސްކުރުމަކީ އަދުގެ ދުނިޔޭގައި ބެލެނިވެރިން ކުރަންޖެހިފައިވާ ކަމެކެވެ.
ސްކްރީނާއި ކުދިން ދުރުކުރުމަށް ކުރެވިދާނެ ކަންތައްތައް:
1. 'ބްރޭކް ޓައިމް'
ސްމާޓް ޑިވައިސްތައް ބޭނުން ކުރުމުގައި ކުދިން ވަގުތު ހޭދަކުރާއިރު އޮތްތަނުގައި އޮވެގެން ނުވަތަ އިށީންދެގެން އިންނަ ގޮނޑީގައި ބޯތިރިކޮށްގެން ފޯނަށް ބަލަން އިނުމުން މުޅި ހަށިގަނޑު ގިނަ އިރު ވަންދެން ހަރަކާތްތެރި ނުވެ އެއްގޮތަކަށް ބެހެއްޓެއެވެ. އެހެންކަމުން ކޮންމެ 30 މިނެޓަކުން ތެދުވެލާ ކޮންމެވެސް އެހެން ކަމެއް ކޮށްލުމަށް ބުނެވިދާނެއެވެ. މި ވަގުތުގައި ކުޑަކޮށް ހިނގާލައި ހަށިގަނޑު ސީދާކޮށްލައި ދަމާލުން ފަދަ ކަމެއް ކުރެވިދާނެއެވެ.
2. ކުރަން ހުންނަ މުހިންމު ކަންކަމަށް އަހައްމިޔަތުކަން ދިނުން:
ކޮންމެ ދުވަހަކުވެސް އެކުދިން ޑިވައިސްތައް ނެގުމުގެ ކުރިން އެކުދިން ކުރަންޖެހޭ ހުރިހާ ކަމެއް ކުރިތޯ ބަލާށެވެ. ހުރިހާ ފިލާވަޅުތަކާއި އެސައިންމަންޓްތަކާއި ދަސްކުރަން ހުރި ފިލާވަޅުތައް ނިމުމުން ނޫނީ އެކުދިންނަށް ޑިވައިސްތައް ކުޅުމުގެ ފުރުސަތު ނުދޭށެވެ.
3. ޕްލޭނެއް ހެދުން:
މީސްމީޑިއާ އާއި ޑިވައިސްތަކުގައި ކުދިން ހޭދަކުރާ ވަގުތު މަދުކުރުމަށް ކުރެވިދާނެ އެންމެ މުހިންމު ކަމަކީ ޕްލޭނެއް ނުވަތަ ތާވަލެއް ތައްޔާރުކުރުމެވެ. މިތާވަލުގައި އެކުދިން ސްކޫލް ނިމިގެން ގެއަށް އަންނަ ވަގުތުން ފެށިގެން ނިދުމާއި ހަމައަށް ކުރަންޖެހޭ ކަންކަން، ސްކްރީން ޓައިމް ހިމެނޭނެ ގޮތަށް އެކުލަވާލާށެވެ. އޭރުން އެކުދިން ކުރަންޖެހޭ ކަންކަން އަމިއްލަޔަށް ކުރުމުގެ ފުރުޞަތުވެސް ބޮޑުވާނެއެވެ.
4. ސްމާޓް ފޯނު ދިނުމަކީ ކުރަން ބުނި ކަމެއް ކުރުމުން ދޭ އިނާމެއް ނުވަތަ 'ރިވާޑް' އަކަށް ނުހެދުން:
ސްމާޓް ޑިވައިސްތަކުން ކުދިންގެ ކިޔެވުމަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް އިންޓަރނެޓުގެ ޒަރީޔާއިން ހޯދައި ލިބިގަނެވެއެވެ. އެހެންކަމުން މިއީ ހަމައެކަނި ވަކި ކަމެއް ކޮށްލުމުން ނުވަތަ އެކުދިންނާއި ހަވާލުވެފައި ހުންނަ ޒިންމާތައް އަދާކުރުމުން އެކުދިންނަށް ދެވޭ ފުރުޞަތަކަށް ނުހަދާށެވެ. އެހެންނޫނީ، ކިޔެވުމަށް މުހިންމު މައުލޫމާތުތައް ހޯދުމަށް އެކުދިން ބޭނުންކުރުމަށް އަބަދުވެސް ފުރުޞަތު އޮންނާނެ އެއްޗެއް ކަމުގައި ދެކި މައިންބަފައިން ކުރެން އެކަންކަމުގައިވެސް ޑިވައިސްތައް ހޯދުމަށް އެކުދިން ފަސްޖެހޭނެއެވެ.
5. 'އެކްޓިވިޓީ ބޭސްޑް ލާނިންގ' ގެ ބޭނުން ހިފުން:
ސްމާޓް ފޯނާއި ޓެބްލެޓްއަކީ ކުދިން އުފާކޮށްލުމާއި މުނިފޫހި ފިލުވުމަށް ބޭނުން ކުރާ ޑިވައިސްއެކެވެ. އަދި ކުދިންނަކީ ގޭމްތަކުގައި ހުންނަ އެކިއެކި 'ޗެލެންޖު'ތަކާއި ކުރިމަތިލައި މޮޅުވުމަށް ފޯރި ހުންނަ ބައެކެވެ. އެހެންކަމުން ފިލާވަޅު ދަސްކޮށް ދިނުމުގައި ކޮންމެވެސް އެކްޓިވިޓީއެއްގެ ތެރެއިން ކުދިންނަށް އުގަންނައި ދިނުމަކީ ޓެބްލެޓް ފަދަ ތަކެތިން އެކުދިން ވީޑިއޯތައް ބަލައިގެން ދަސްކުރުމަށްވުރެ މާބޮޑަށް ގަޔާވާނެ ގޮތެކެވެ.

ކިޔުންތެރިންގެ ހިޔާލު