މާތް ﷲ ރުއްސުންލެއްވި އަބޫ މޫސަލް އަޝްޢަރީގެ އަރިހުން އިމާމް މުސްލިމް ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމް، ތިމަންމެންނަށް ނަމާދު ކުރާނެގޮތް ދަސްކޮށް ދެއްވިއެވެ. އަދި އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ނަމާދުކުރާނަމަ ސަފުހަދާށެވެ. ދެން ތިޔައިގެތެރެއިން އެކަކު އިސްކުރާށެވެ. އޭނާ ތަކްބީރު ކިޔުމުން ކިޔާށެވެ. މިގޮތުގެ މަތީން ނަމާދުގެ ހުރިހާ ކަމެއް އެކަލޭގެފާނު އުނގަންނަވައި ދެއްވިއެވެ." އަދި އެންމެ ފަހުން ވިދާޅުވިއެވެ. އަދި ތަކްބީރު ކިޔައި ސަޖިދަކުރުމުން ތިޔަބައިމީހުން ތަކްބީރު ކިޔަމުން ސަޖިދަކުރާށެވެ. މިހެނީ އޭނާ ސަޖިދަ ކުރާނީ ތިޔަބައިމީހުންނަށް ވުރެ ކުރީގައެވެ. އަދި ސަޖިދައިންބޯއުފުލާނީވެސް ތިޔަބައިމީހުންނަށް ވުރެ ކުރީންނެވެ. އަދި އޭނާ އިށީނުމުން، އިށީނދެ އެންމެ ފުރަތަމަ އެއްޗަކަށްވެސް އައްތަޙިއްޔާތު ކިޔާށެވެ. (މުސްލިމް، ނަސާއީ، އަބޫދާއޫދު)
މާތް ﷲ އެދެބޭކަލުންނަށް ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޢައްބާސްގެފާނު ވިދާޅުވެފައިވެއެވެ. ތިމަންމެންނަށް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމް ޤުރުއާނުގެ ސޫރަތްތައް ދަސްކޮށްދެއްވާ ފަދައިން އައްތަޙިއްޔާތު ދަސްކޮށްދެެއްވިއެވެ. އަދި އަންނަނިވި ކަލިމަތަށް ކިޔުމަށް އެންގެވިއެވެ.
اَلتَّحِيَّاتُ لِلّٰهِ، وَالصَّلَوَاتُ وَالطَّيِّبَاتُ، اَلسَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ ، اَلسَّلاَمُ عَلَيْنَا وَعَلَىٰ عِبَادِ اللّٰهِ الصَّالِحِيْنَ، أَشْهَدُ أَنْ لَّا إِلٰهَ إِلَّا اللّٰهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ.
ތރީގައިިމިވާ ކުރެހުމުން ވާއަތުން ކަނާއަތަށް ދައްކައިދެނީ ފުރަތަމަ އައްތަހިއްޔާތާއި ދެވަނަ އައްތަހިއްޔާތުގައި ހުންނަން އެންމެ އައުލާކަން ބޮޑުގޮތެވެ.
އިރުޝާދު:
1. އައްތަޙިއްޔާތުގައި ކިޔުމަށް ކީރިތި ރަސޫލާ، މުޙައްމަދު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމް ގެ އަރިހުން ތަފާތު ކަލިމަތަށް ވާރިދުވެފައި ވެއެވެ. އޭގެތެރެއިން ކޮންމެ ކަލިމައެއް ކިޔުނަސް ސުންނަތް އަދާވާނެއެވެ. މަތީގައި ބަޔާންވެގެންވާ އިބްނު ޢައްބާސްގެ ރިވާޔަތަކީ އޭގެތެރެއިން އެއް ކަލިމައެވެ.
2. އައްތަޙިއްޔާތު ކިޔާއިރު ކަނާއަތް ބާއްވާނީ ކާނާއަތުފައިގެ ފަލަމަސްގަނޑު މަތީގައެވެ. އަދި ވާއަތް ވާއަތުފައިގެ ފަލަމަސްގަނޑު މަތީގައެވެ. އަދި މިގޮތަށް އިންނަވާއިރު، ޝަހާދަތް އިނގިލި ފިޔަވައި ކަނާއަތުގެ އެހެން އިނގިލިތައް ހުންނަވާނީ ލައްޕާލައިގެންނެވެ. އެހެނަމަވެސް ވާއަތުގެ ހުރިހާ އިނގިއްޔެއް ހުޅުވާލައިގެންނެވެ. އަތުގެ އިނގިލިތައް ހުޅުވާލައިގެން އިންނައިރު އިންނަންވާނީ ކަކުލުގެކޮޅާ ހަމަވާވަރަށެވެ. އަދި أَشْهَدُ أَنْ لَّا إِلٰهَ إِلَّا اللّٰهُ ކިޔާވަގުތު ޝަހާދަތް އިނގިލިން އިޝާރާތް ކުރުމީ ސުންނަތެކެވެ. އިނގިލިން އިޝާރާތް ކުރުމަށްފަހު އިނގިއްޔާ ދިމާއަށް ބަލަހައްޓައިގެން އިނުން ސުންނަތް ވެގެންވެއެވެ. (ޝާފިޢީ، މުސްލިމް، ނަސާއީ) ގިނަ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ސުންނަތް ގޮތަކީ އިނގިލިން އިތުރު ޙަރަކާތް ނުކުރުމެވެ. އެއީ ޙަރަކާތް ނުކުރުމަށް ކީރިތި ރަސޫލާ، މުޙައްމަދު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމް ޙަދީޘް ކުރައްވާފައިވާތީއެވެ.
3. އިމާމް މުސްލިމު ރިވާ ކުރައްވާފައިވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމް އައްތަޙީއްޔާތަށް އިށީނދެ ވަޑައިގެންފިނަމަ، ކަނާއަތްޕުޅު ކާނާތުފައިންޕުގެ ފަލަމަސްގަނޑުކޮޅުގެ މަތީގައި އަދި ވާއަތްޕުޅު ވާއަތުފައިންޕުޅުގެ ފަލަމަސްގަނޑުކޮޅުގެ މަތީގައި ބާއްވަތެވެ. އަދި ތަޝައްހުދުގެ ވަގުތު (އެބަހީ أَشْهَدُ أَنْ لَّا إِلٰهَ إِلَّا اللّٰهُ ކިޔުއްވާއިރު) ޝަހާދަތް އިނގިލިން އިޝާރާތް ކުރައްވަތެވެ. އަދި ހަމަ އެވަގުތު އެކަލޭގެފާނުގެ ބެއްލެވުން އިނގިލިފުޅާ ދިމާއަށް ބަހައްޓަވަތެވެ. މިތާނގައި އިނގިލި ޙަރަކާތް ކުރުމެއް ނޯވެއެވެ. އިމާމް އަބޫދާއޫދުއާއި ނަސާއީއާއި އިބްނުޙިއްބާން ސައްޙަ ސަނަދުން ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމް ޝަހާދަތް އިނގިލިން އިޝާރާތް ކުރައްވަތެވެ. ޙަރަކާތް ނުކުރައްވަތެވެ." އިމާމު ނަވަވީ އާއި އިބްނު ޙަޖަރު ވިދާޅުވަނީ މިޙަދީޘް ސައްޙަކަމަށެވެ. އަދި މިތާނގައި ކަނޑައެޅިގެން އިނގިލިން ޙަރަކާތް ނުކުރުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
*********
* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު