މަޝްހޫރު ކޮމޭޑިއަން "އަންކަލް ރޯޖާ" ޗައިނާގެ ސޯޝަލް މީޑިއާއިން ބޭންކޮށްފިއެވެ.

ޗައިނާގެ ސޯޝަލް މީޑިއާތަކުން ކޮމޭޑިއަން "އަންކަލް ރޯޖާ"، އަސްލު ނަމުންނަމަ ނައިޖެލް ބޭންކޮށްފައިވަނީ، އޭނާގެ ކުރިއަށް އޮތް ޝޯގެ ޕްރޮމޯ ކްލިޕެއް އާންމު ކުރި ފަހުންނެވެ. އާންމުކޮށްފައިވާ ޕްރޮމޯ ވީޑިއޯގައި ޗައިނާއަށް ފާޑުކިޔާ ޖޯކު ޖަހާތަން ފެނެއެވެ.

މީގެއިތުރުން ނައިޖެލް އޭނާގެ ސްޓޭޖް ރޯލު، އަންކަލް ރޮޖާ ޗައިނާއަށް ޖޯކު ޖަހައިފިއްޔާ ކެންސަލްވެދާނެ ކަމަށް ބުނެ ސަމާސާކުރާތަން ޕްރޮމޯ ވީޑިއޯއިން ފެނިގެން ދެއެވެ.

މިއާއެކު ޗައިނާގެ ޓްވިޓާ އަދި ޔޫޓިއުބް ވާޝަންކަމަށްވާ ވެއިބޯ އަދި ބިލިބިލީގައި ހުރި ނައިޖެލްގެ އެކައުންޓްތައް ވަނީ ފްރީޒްކޮށްފައެވެ. 400،000 އަށް ވުރެ ގިނަ ފޮލޯވަރުން ހިމެނޭ ނައިޖެލްގެ ވެއިބޯ އެކައުންޓު ފްރީޒްކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވެފައިވާތީ ޕޯސްޓް ކުރުން މަނާކޮށްފައިވާކަމަށް ބުނެއެވެ.

ޗައިނާގެ މީސްމީޑިއާއިން ނައިޖެލް ބޭން ކުރިނަމަވެސް، ނައިޖެލް ވަނީ ޗައިނާއަށް ފާޑުކީ ވީޑިއޯ އަލުން ޓްވިޓާ ގައި ހިއްސާކޮށް ގިނަ ބަޔަކު އެވީޑިއޯ ބެލިކަން ފާހަގަކޮށްފައެވެ.



އުމުރުން 32 އަހަރުގެ މެލޭޝިއާއަށް އުފަން ނައިޖެލް މަޝްހޫރުވެގެން ދިޔައީ މީގެ ތިން އަހަރު ކުރިންނެވެ. އޭނާ މަޝްހޫރުވެގެންދިޔައީ ބީބީސީގެ ހޯސްޓް ހެރްޝާ ޕަޓޭލްގެ އެގް ފްރައިޑް ރައިސް ރެސިޕީއަށް ފާޑުކިޔައި ޔޫޓިއުބް ވީޑިއޯއެއް ޕޯސްޓް ކުރުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން