އަރބަންކޯގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަގޮތަކަށް އެއްތަނަކުން ފޯރުކޮށް ދިނުމުގެ ބޭނުމުގައި ހުޅުމާލޭ ސެންޓްރޯ މޯލްގައި އަރބަން ސެންޓަރެއް ގާއިމުކޮށްފިއެވެ.

އަރބަން ސެންޓަރެއް ގާއިމު ކުރެވިގެން ދިއުމަކީ އަރބަންކޯ އިތުރަށް ކުރިއަރާ ފުޅާވަމުން ދާވަރަކަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިގެންދާ ވަރަށް ބޮޑު މަސައްކަތެއްކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

މިގޮތުން، އޮންލައިންކޮށް ސާރވިސަސް ބޭނުންކުރުމަށް ދަތިފުޅުވާ ބޭފުޅުން، އާރބަން ސެންޓަރަށް ވަޑައިގަތުމުން އަރބަންކޯގެ މުވައްޒަފުން އެފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި އަރބަން ސެންޓަރާއިއެކު އާރބަންކޯގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ރަނގަޅު ޖާގަ ތަނަވަސް މާޙައުލެއްވެސް ފޯރުކޮށްދެވިފައިވާކަމަށް އެކުންފުނިން ފާހަގަކޮށްފައިވެއެވެ.އަރބަން ސެންޓަރަކީ އަރބަންކޯގެ ހުރިހާ ކަސްޓަމަރުންނަށް އަރބަންކޯގެ ހިދުމަތްތައް އެއްތަނަކުން ފަސޭހަގޮތަކަށް ލިބޭނެ ގޮތް ހެދުމަށް ފަރުމާކުރެވިފައިވާ ސެންޓަރެކެވެ. އަރބަންކޯގެ އަމާޒަކީ ކަސްޓަމަރުންނަށް ބޭނުންވާ ކަންކަން ގާތުންބަލާ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުންކަމަށް އެކުންފުނިން ފާޙަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު