އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ އުޅެންޖެހިފައިވާލެއް ބުރަކަމުން ގޭގައި ހަމަޖެހިލައިގަން ކަންކަންވެސް ވަގުތު ނުވާ މީހުންނެވެ. ވަޒީފާގައި ބުރަކޮށް އުޅެމުން ގެއަށް އައިސް، ގޭގައި ކުރަންވެފައި ހުންނަ ދަރިންގެ ކަންތައްތައް ކުރަމުން އެލިބޭ މަދުވަގުތު ތެރޭގައި ކައްކަން ވަދެފައި އަވަދިނެތި އުޅޭއުޅުމުގައި ބައެއްފަހަރު ކައްކާ އެއްޗަށް އަޅަންޖެހޭ މިންވަރަށްވުރެ ގިނައިން ލޮނު ނޫނީ ހަކުރު ނޫން މިނޫންވެސް ހަވާދުގެ ބާވަތެއް އެޅި، އެއެއްޗެެއްގެ ރަހަ ނުބައިވެއެވެ.

ކެވޭ ވަރަށް ވުރެ ފޮނިގަދަވުމުން ނުވަތަ ލޮނުގަދަވުން ގިނަފަހަރު އެ އުކާލަނީއެވެ. މިއީ ބައެއްމީހުން ކުރެވޭ އިސްރާފެކެވެ. އެ ކެއްކި އެއްޗެއްގައި ހުންނަންވާވަރަށްވުރެ ރަހަ ގަދަވުމުން އެކަން ހައްލުކުރަން އެނގޭނަމަ އިސްރާފަކަށް ނުވާނެއެވެ. ރަހަގަދަވުމުން ދެން ހަދާނެ ގޮތެއް ނޭނގި މީހާ ކަންބޮޑު ވާންޖެހޭ ހިސާބަށްވެސް ދެއެވެ. މިހެން ދިމާވާނަމަ ހާސްނުވާށެވެ. މިގެނެސްދެނީ ތިހެން ދިމާވެއްޖެނަމަ ހައްލު ކުރާނެ ގޮތެވެ.

ފޮނިރަހަ ގަދަވެއްޖެނަމަ:

ވެނިގާރ / ލުބޯހުތް



ބައެއް ކުޅި ހެދިކާ އަދި ރިހަތައް މީރުކޮށްލުމަށް ހަކުރުގެ މިންވަރެއް ޖައްސާލުމުން މާބޮޑަށް ފޮނިރަހަލާނަމަ ވިނެގާކޮޅެއް ނުވަތަ ލުނބޯ ހުތްކޮޅެއް ޖައްސާލާށެވެ. އޭރުން ހުތްރަހަލައްވާ މިބާވަތްތަކުން ތިޔަ ތައްޔާރުކުރާ ކާނާގެ ފޮނިރަހަ ބެލެންސް ކޮށްލާ ހުރިހާ ރަހަތަކެއް އެއްވަރު ކޮށްލާނެއެވެ.

ލޮނުރަހަ ގަވެއްޖެނަމަ: އަލުވި



މިއީ އާއްމުކޮށް ކެއްކުމުގައި ދިމާވާ މައްސަލައެކެވެ. އަދި އެންމެ މީރު ކެއުންތައް އެންމެ އަވަހަށް ނުބައިވާނީވެސް ލޮނު ރަހަގަދަވީމައެވެ. ކެއްކުމުގައި ލޮނު ރަހަ ގަދަވެއްޖެނަމަ އަލުވި އަޅާށެވެ. ކެއްކުންގަނޑު ނިމެންވާއިރު އިތުރަށް އެޅުނު ލޮނުގެ ރަހަތައް އަލުވިކޮޅަށް ދަމައިގަންނާނެއެވެ. އަދި ތިޔަ ކެއްކި ބާވަތެއްގެ ރަހަ ރަނގަޅުވެގެންދާނެއެވެ.

ކުޅިރަހަ ގަދަވެއްޖެނަމަ: ކްރީމް / ޔޯގަޓް



އާއްމުކޮށް ކުދިންނަށް ނުކެވޭނެތީ ކުޅިރަހަ ކޮންޓްރޯލްކުރުމަށް ކުޅި މިރުހާއި އަސޭމިރުސް ކިތަންމެ ބަލައިގެން ކެއްކިނަމަވެސް ބައެއްފަހަރު ކައްކާ ނިމޭއިރު، ބޭނުންވާ ވަރަށްވުރެ ކުޅިގަދަވެއެވެ. އެހެންކަމުން މިހާލަތުގައި ކުޅިރަހަ މަޑުކޮށްލަން ކުރެވޭނެ ކަމަކީ ކްރީމް ނުވަތަ ޔޯގަޓް އެޅުމެވެ. އޭރުން ކުޅި ރަހަ ދަށްކޮށްލަދީ އެއެއްޗެއްގެ ރަހަ މީރުވެގެންދާނެއެވެ.

ހުތްރަހަ ގަދަވެއްޖެނަމަ: ހަކުރު / މާމުއި



ބައެއްފަހަރު ހުތްރަހަ ލެއްވުމަށްޓަކައި ލުނބޯ އެޅޭލެއް ގިނަވެ މުޅި އެތިން ހުތްރަހަ ގަދަވާވަރަށް ހުތް އަޅާލެވެއެވެ. ދެން މިކަން ހައްލު ނުކުރެވިގެން ޕޯޝަން ސައިޒު ގިނަކޮށްލެވެއެވެ. އެހެންނަމަވެސް މިކަމަށް އޮތް އެންމެ ފަސޭހަ ހައްލަކީ ކުޑަ ހަކުރުކޮޅެއް ޖައްސާލުމެވެ ނުވަތަ މާމުއިކޮޅެއް ޖައްސާލުމެވެ. އޭރުން ރަހަތައް ބެލެންސްވެގެންދާނެއެވެ.

މާގަދައަށް ޕާސްތާގަނޑު ކައްކާލެވިއްޖެނަމަ: އޮލިވް އޮއިލްއާއެކު ތަވައެއްގައި ވަކިން ފްރައިކޮށްލުން



ޕާސްތާ މާގަދައަށް ކައްކާލެވުމުން ހުންނާނީ ޗަސްވެފައެވެ. މިހެން ހުރުމުން ބައެއް ފަހަރު ސޯސްގަނޑު ކިތަންމެ މީރު ނަމަވެސް އެ ޕާސްތާއަކާ ބްލެންޑްނުވާނެއެވެ. މިހެންވުމުން އަހަރެމެން ބޭނުންވާ ރަހަ އެއިންނުދޭނެއެވެ. ހައްލަކީ މާގަދައަށް ޕާސްތާ ކެއްކިއްޖެނަމަ، އެ ނަގައި އޮލިވް އޮއިލް އާއެކު ތަވާގައި ފްރައިކޮށްލުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން