ޔޫކްރެއިނުން ރަޝިޔާގެ އެކި ސަރަހައްދުތަކަށް ޑްރޯން ހަމަލާތަކެއް ދީފިއެވެ.

ރޭގެ ވަގުތެއްގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ ރަޝިޔާގެ އިތުރު ސަރަހައްދަކަށް ވައިގެ ހަމަލާތައް ދީފިއެވެ. އޭގެ ކުރިން ޔޫކްރެއިނުން ވަނީ ރަޝިޔާގެ ހަ ސަރަހައްދަކަށް ޑްރޯން ހަމަލާތައް ފޮނުވާފައެވެ. ރަޝިިޔާގެ ވެރިރަށް މޮސްކޯ ހިމެނޭހެން ދީފައިވާ މި ހަމަލާތަކުގައި އަސްކަރިއްޔާއިން ބޭނުންކުރާ ހަތަރު މަތިންދާ ބޯޓަކަށް ގެއްލުން ލިބިފައިވެއެވެ.



ޔޫކްރޭންގެ ބޯޑަރުތަކާ ދުރުގައި އޮންނަ އެއާފީލްޑަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯން ހަމަލާތަކުގެ ތެރެއިން އެއް ހަމަލާގައި އަސްކަރީ މަތިންދާބޯޓުތައް ވަނީ ހަލާކުވެފައެވެ.

އަންގާރަ ދުވަހު ވަކިން ހިނގި ހާދިސާއެއްގައި ޔޫކްރޭންގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެގައުމުގެ އިރުމަތީ ބަޚްމުތު ކައިރިން ދެ ހެލިކޮޕްޓަރެއް ވެއްޓުނު ހާދިސާގައި އެގައުމުގެ ސިފައިންގެ ހަ މީހަކު މަރުވެފައިވާ ކަމަށެވެ. ބުދަ ދުވަހުގެ ރޭ ދަންވަރު ރަޝިޔާއިން ބުނީ އެގައުމުގެ އެންޓި އެއާކްރާފްޓް ޔުނިޓްތަކުން އެގައުމުގެ ދެކުނު ބްރައިއަންސްކް ސަރަހައްދުގައި ޔޫކްރޭންގެ ދެ ޑްރޯން ވައްޓާލާފައިވާ ކަމަށެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާއާއި ހަވާލާދީ ބޭރުގެ މީޑިއާއަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގެ 'އަދަބު ނުދީ ނުހުންނާނެ ކަމަށެވެ. އެ ވުޒާރާއިން ވަނީ މި ހަމަލާ ރޭވުމުގައި ޔޫކްރެއިންއަށް ހުޅަނގުގެ އެހެން ޤައުމުތަކުން އެހީތެރިވެފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން