ކޮއްޓަފަރު ބޯޑިން ހޯމްގެ ބާނީ އިބްރާހިމް އަބޫބަކުރު (ކޮއްޓަފަރު ދޮންތު) އަވަހާރަވެއްޖެ އެެވެ.

ރަށްރަށުން ކިޔަވަން މާލެ އަންނަ ކިޔަވާ ކުދިންނަށް ޚާއްސަކޮށް މާލޭގައި ބޯޑިން ސްކޫލެއް ހިންގެވި ދޮންތު އަވަހާރަވެފައިވަނީ މިއަދުއެވެ. ކޮއްޓަފަރު ދޮންތުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

މަރުޙޫމް އިބްރާހީމް އަބޫބަކުރާއި އޭނާގެ އަނބިކަނބަލުން އަމީނާ އިބްރާހީމް، މއ. ކޮއްޓަފަރު ގޭގައި 1994 އަހަރު ފެށި ބޯޑިން ސްކޫލުން 1300 އަށް ވުރެ ގިނަ ކުދިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ.

އެހިދުމަތުގެ އަގުވަޒަންކުރުުމުގެ ގޮތުން އިބްރާހިމް އަބޫބަކުރާއި އޭނާގެ އަނބިކަނބަލުން އަމީނާ އިބްރާހިމަށް ވަނީ ޖަމާއަތަށް ފައިދާ ހުރި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާ އިން 2007 ވަނަ އަހަރު އާންމު ހިދުމަތުގެ އިނާމު ވެސް ލިިބިވަޑައިގެންފައެވެ.

ކޮއްޓަފަރު ދޮންތު އަވަހާރަވުމާގުޅިގެން ގިނަ ބަޔަކު ގެންދަނީ މީސްމީޑިއާގައި އެކަމުގެ ހިތާމަފާޅުކޮށް އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން