އަލް އަޤްޞާ މިސްކިތުގައި އަޅުކަން ކުރަން ތިބި ފަލަސްތީނުގެ ބަޔަކަށް އިޒްރޭލް ސިފައިން އަނިޔާކޮށްފިއެވެ.

ޔަހޫދީން ފާހަގަކުރަމުންދާ އައު އަހަރުގެ މުނާސަބާއާއި ގުޅިގެން ފަލަސްތީނުގައި ވަޒަންވެރިވެފައިވާ ޔަހޫދީންނަށް އެ ސަރަހައްދުގައި އުފާފާޅުކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން އިޒްރޭލުން ވަނީ އުމުރުން 50 އަހަރުން ދަށުގެ ފަލަސްތީން ރައްޔިތުންނަށް އަލް އަޤްޞާއަށް ވަނުން މަނާ ކޮށްފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށްފައިވަނީ މޮރޮކޯ ގޭޓް ހުރަސްކޮށް ފަލަސްތީނަށް ވަދެފައިވާ އިޒްރޭލްގެ ރައްޔިތުންތަކެކެވެ. އެމީޙުން ފަަލަސްތީނަށް އެތެރެވެ، އަލް އަޤްޞާ މިސްކިތުގައި ތިބި ފަލަސްތީން ބަޔަކަށް އަނިޔާކޮށްފައިވަނީ އިޒްރޭލް ސިފައިންގެ ހިމާޔަތުގައި ތިބެގެންނެވެ. މި ހަމަނުޖެހުމުގައި އިޒްރޭލްގެ ސިފައިން ވަނީ ފަލަސްތީނުގެ އުމުރުން ދުވަސްވީ އަންހެނަކާއި ފިރިހެނަކަށް އަނިޔާކުރުމުގެ އިތުރަށް ދެ ފިރިހެނުން ހައްޔަރުކޮށްފައެވެ.

އަލް ޖަޒީރާއިން ރިޕޯޓްކުރާގޮތުގައި މި ހަމަނުޖެހުން ހިނގަން މެދުވެރިވީ އިޒްރޭލްގެ ވަޒަންވެރިޔަކު މިސްކިތް ކުރިމަތީގައި ދުންމާރި ފުމުމުން އެކަމާއި ފަލަސްތީން ތިން މީހަކު ނުރުހުން ފާޅުކުރުމާއި ގުޅިގެންނެވެ.

ޔަހޫދީ ދީނުގެ ރޯޝް ހަޝާނާގެ މުނާސަބާގައި އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށުން މޮރޮކޯ ގޭޓުން އަލްއަޤްޞާ ގޯތިތެރެއަށް އެތައް ސަތޭކަ އަލްޓްރާނޭޝަނަލިސްޓް އިސްރާއީލު މީހުން ވަދެފައިވާ ކަމަށް އަލް މަޔާދީނުން ރިޕޯޓްކޮށްފަވެއެވެ.

މިކަމާއި ބެހޭގޮތުން ޖެރޫސަލަމް އިސްލާމިކް އެންޑޯމަންޓްސް ޑިޕާޓްމަންޓުން ބުނީ ވަޒަންވެރީން އައުމުގެ ކުރިން އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލް އަޤްޞާ މިސްކިތް ކޮމްޕައުންޑް ހުސްކުރުމުގެ މަސައްކަތް އަސްކަރިއްޔާއިން ކުރަމުން އައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން