އެމްޑީޕީއަށް ވެރިކަން ގެއްލި ޕީޕިއެމަށް ވެރިކަން ލިބިއްޖެނަމަ ގައުމު ބަނގުރޫޓުވާތަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތާއިދު ހޯއްދެވުމަށް މާފަންނުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި މިރޭ ވާހަަކަފުޅު ދައްކަވަމުންނެެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ފައިސާ ފޮތީގެ އެއް ފުށް ފެންނަ ބަޔަކަށް ރާއްޖޭގެ އިގުތިސާދު ނުދެމެހެއްޓޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ބޭރުގެ ފަރާތްތަކުގެ އެހީ ހޯދަމުންދާތީ އިދިކޮޅުން ތަފާތު އެކި ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެ ބޭފުޅުންގެ ސަރުކާރަށް އެކަން ނުކުރެވުނީ ދޭދޭ ގައުމުތަކާ ދެމެދު އޮންނަންޖެހޭ ހާރިޖީ ސިޔާސަތު ނެތުމުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގައި އަވަށްޓެރި ގައުމުތަކާއެކު ވެސް ގުޅުމެއް ނެތް ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެދުމުން ފައިސާ ދޭނެ ކިތަންމެ ފަރާތެއް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މާލީ އިދާރާތަކުން ރާއްޖެއަށް ލޯނު ދެނީ އެ ލޯނު ދެއްކޭނެ ކަމުގެ ޔަގީންކަން އެފަރާތްތަކަށް އޮތުމުން ކަމަށެވެެ.

"މާލީ އިދާރާތަކުން ލޯނު އެ ދެނީ އެހެންވެގެން. އެ ފައިސާ ދެއްކޭނެކަން އެބޭފުޅުންނަށް އެނގޭތީ. މިއަދު އަޅުގަނޑުމެންނަށް މި އިންތިހާބު އަދި ކުރެވޭ ކަމަކުން ގެއްލިއްޖެ ނަމަ މި ގައުމު ބަނގުރޫޓުވެގެން ދާތަން އަޅުގަނޑަށް ފެނޭ،" ރައީސް ސާލިޙު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން