އެންމެ ރަނގަޅު ގޮތަކީ މި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރުމަށް ފަހު، އަލަށް އިންތިހާބުވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އަވަހަށް ވެރިކަމުން ބޭލުން ކަމަށް، ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމު މިރޭ ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއިދުކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށްޓަކައި އެމްޑީޕީއާއި އަދި ޕީޕީއެމް-ޕީއެންސީއަށް ޑިމޮކްރެޓްސްއިން ހުށަހެޅި ހުށަހެޅުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެެވެ. މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެކަނި ނުކުމެ "އެހެން ގޮތެއް" ހޯދެން އެބަ އޮތްތޯ ވިސްނަންޖެހޭ ކަމަށެވެ.
އެގޮތުން ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސާލިޙު ބަލިކުރަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެކަން ކުރުމަށްފަހު އަލަށް އިންތިހާބުވާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމުން ވަރަށް އަވަހަށް ބާލަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.
"މި އޮތް ގޮތަކީ، އަޅުގަނޑު ދެކޭ ގޮތުގައި މި އަންނަ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހު ދެރަކުރުން ދެވަނަ ބުރުގައި. ދެރަކުރުން. ދެރަކޮށްފައި ވަރަށް އަވަހަށް މުއިއްޒު އަނެއްކާ ވެރިކަމުން ބޭލުން އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ،" އާޒިމް ވިދާޅުވި އެވެ.

ފޭށުމުގައިވެސް މި ބުނަނީ @MMuizzu ވެރިކަމުން ބާލާވާހަކަ. އަބަދުވެސް ބޭލުމުގަ . ބަދަލުކުރުމުގައި. ނޫންގޮތެއް ހޯދުމުގައި. ގައުމަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ މިކަހަލަ އިފުރީތުން ސިޔާސީ މައިދާނުން ދުރުކޮށްގެން .
— Nahyaaan (@nahyaanMDP) September 18, 2023
އިހުލާސްތެރިކަން ނެތީ އެހެން މީހުންނެއް ނޫން. އިހުލާސްތެރިކަން ނެތީ… pic.twitter.com/YiHphEvJF4
"މި އޮތް ގޮތަކީ، އަޅުގަނޑު ދެކޭ ގޮތުގައި މި އަންނަ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހު ދެރަކުރުން ދެވަނަ ބުރުގައި. ދެރަކުރުން. ދެރަކޮށްފައި ވަރަށް އަވަހަށް މުއިއްޒު އަނެއްކާ ވެރިކަމުން ބޭލުން އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ،" އާޒިމް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު