އެތައް ދުވަހެއް ވަންދެން ދުރުގައި އުޅުމަށްފަހު ހޮލީވުޑްގެ ބަތަލު ކެވިން ކޮސްޓްނާއާއި ކްރިސްޓީން ބޯމްގާޓްނާގެ ވަރީގެ މަރުހަލާ ނިމުމަކާއި ގާތްވެއްޖެއެވެ.

ޖޫން މަސް ނިމިގެންދިޔައިރު ކެވިން ވަނީ ދަރިން ބެލުމުގެ ހަރަދުގެ ގޮތުގައި ކްރިސްޓީންއަށް މަހެއްގެ މައްޗަށް 75،000 ޑޮލަރު ދޭން އެެއްބަސްވެފައެވެ. އެހެން ނަމަވެސް، ކްރިސްޓީން ވަނީ އެއަށްވުރެ ބޮޑު އަގެއް ދައްކަން ޖެހޭ ކަމަށް ބުނެފައެވެ.

ތިން ކުދިންގެ މަންމައެއް ކަމުގައިވާ ކްރިސްޓީން އެކަމަށް ދެކޮޅު ހަދައި، ޗައިލްޑް ސަޕޯޓަށް މަހަކު 161،000 ޑޮލަރު ކަނޑައެޅުމަށް ބޭނުންވިއެވެ. މިމައްސަލައިގައި މި މަހު ބޭއްވި އަޑުއެހުމަކަށް ފަހު އެ އަދަދު ދެބައިކުޅަ އެއްބައަށް ކުޑަ ކުރެވުނެވެ. ކައިވެނީގެ ކުރިން ދެމީހުން ހެދި އެއްބަސްވުމުގެ ދަށުން އެއް މިލިއަން ޑޮލަރުގެ ގެއަކަށް އެއްފަހަރާ 1.5 މިލިއަން ޑޮލަރާއި އަހަރެއްގެ ރަހުނު ކްރިސްޓީންއަށް ކެވިން ދައްކަން ޖެހެއެވެ.

ކެވިންގެ ވަކީލު ބުނާގޮތުންނަމަ ކްރިސްޓީންއަކީ ވަރަށް ބޭކާރު ހަރަދު ކުރުން ބޮޑު މީހެކެވެ. އޭނާ ވަނީ ކުދި ކަންކަމަށްވެސް ވަރަށް ބޮޑެތި ހަރަދުތައް ކޮށްފައެވެ. އެކަމުގެ ސަބަބުން މިހާރު އޭނާ ބެދިފައިވާ ބޮޑު ދަރަނިން ސަލާމަތްވުމަށް އޭނާ ކެވިން އަތުން އިތުރަށް ފައިސާ ހޯދަން މަސައްކަތްކުރަމުންދާ ކަމަށް ކެވިންގެ ވަކީލު ބުނެފައި ވެއެވެ.

ވަރިއާއި ގުޅޭގޮތުން އަރާރުމެއްގައި އުޅުމަށްފަހު ކެވިންއާއި ކްރިސްޓީން އެންމެ ފަހުން އެއްބަސްވުމަކަށް އާދެވި ބުދަ ދުވަހުގައި ވަރީގެ އެންމެ ފަހުގެ މަރުހަލާ ފުރިހަމަ ކުރުމަށް ކޯޓަށް ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ދެމީޙުންގެ ވަރީގެ ކަންތައް ނުނިމިވަނީ ކްރިސްޓީންއަށް 855،000 ޑޮލަރު ކެވިން ދޭން ޖެހޭ ކަމަށް އޭނާ ބުނާ މައްސަލައިގައި ގޮތެއް ނިނިމިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން