މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރޭންޑޭއާއި އޭނާގެ ފިރިމީހާ ޑެލްޓަން ގޮމޭޒްގެ 2 އަހަރު ދުވަހުގެ ކައިވެނި ނިމުމަކަށް ގެނެސް ވަރީގެ މަރުހަލާ ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އާރިއާނާއާއި ރެއަލް އެސްޓޭޓް އެޖެންޓް، ޑެލްޓަން ކައިވެނިކޮށްފައިވަނީ 2021 ވަނަ އަހަރުގައެވެ. ޑެލްޓަންއަކީ އާރިއާނާއަށްވުރެ 2 އަހަރު ހަގު ފިރިހެނެކެވެ.

ޖުލައިގައި މިދެމަފިރިން ވަރިވާން އުޅޭ ކަން ހާމަވިއެވެ. އޭގެ މާ ގިނަ ދުވަހެއް ނުވަނީސް، އާރިއާނާއާއި އީތަން ސްލޭޓަރ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަންވެސް ހާމަވެގެންދިޔައެވެ. ޖުލައިގައި އީތަން ވަނީ އޭނާގެ އެއް އަހަރުގެ ދަރިފުޅުގެ މަންމަވެސް ވަރިކޮށްފައެވެ.

އެދެމީހުންގެ ގާތް މީހަކު ބުނީ އާރިއާނާއާއި ފިރިމީހާއާއި ދެމެދު ޖެނުވަރީ ހިސާބުގައި މައްސަލަ ޖެހުނު ކަަމަށެވެ. އެހެން ނަމަވެސް، އެދެމީހުންގެ މެދުގައި އެއްވެސް ކަހަލަ އަރާރުމެއް ނުހިނގާ ކަމަށާއި ގާތް ރަހުމަތްތެރިންގެ ގޮތުގައި އަދިވެސް ދެމިތިބެން ބޭނުންވާ ކަމަށް ބުންޏެވެ. އީތަންއާއި އެއްކޮށް އާރިއާނާ އިނގިރޭސިވިލާތުގައި މަސައްކަތްކުރި ދުވަސްކޮޅު ޑެލްޓަން ވަނީ ކައިވެނި ސަލާމަތްކުރުމަށްޓަކައި އެތަނަށްވެސް ގޮސްފައެވެ.

އާރިއާނާއާއި އީތަން ދިމާވީ އެ ދެމީހުން މިދިޔަ އަހަރުގައި ކުޅުނު ފިލްމް، "ވިކެޑް" ގެ ޝޫޓިންގްގެ ތެރެއިންނެވެ. އެދެމީހުން އެ ގުޅުން ސިއްރުކުރަން މަސައްކަތްކުރި ނަމަވެސް، މީޑިއާއަށް ވަނީ ހެކިތައްވެސް ހޯދިފައެވެ.

އާރިއާނާ ބުނީ އޭނާ އީތަންއާއި ރައްޓެހިވީ ޑެލްޓަން ކައިިރިން ވަރިވާން ހުށަހެޅުމަށްފަހު ކަމަށެވެ. އެހެން ނަމަވެސް، މީޑިއާތަކުން ދަނީ އެވާހަކަތައް ދޮގުކުރަމުންނެވެ. ވަރިކުރުމުގެ ކުރިންވެސް އެ ދެމީހުން އެއްކޮށް ދިިރިއުޅެން ފަށާފައިވާ ކަމަށްވެސް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

އުމުރުން 31 އަހަރުގެ އީތަންއާއި އޭނާގެ އަންހެނުން، ލިލީއަކީ ސްކޫލު ދައުރުއްސުރެ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެމީހުންނެވެ. އެ ދެމީހުން ކައިވެނިކުރީ 2018 ވަނަ އަހަރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން