ރައްޔިތުންނަށް ދަތިވެފައި ހުރި އެތައް ކަމަކަށް މިދިޔަ ފަސްއަހަރު ހައްލު ހޯދައިދީފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ރޭ ވިދާޅުވެއްޖެއެެވެ.

ސޯސަން ޖަގަހައިގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަަކަަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވީ، ރައްޔިތުންނަށް ދަތިވެފައި ހުރި އެތައް ކަމަކަށް މިދިޔަ ފަސްއަހަރުގެ ތެރޭގައި ސަރުކާރުން ހައްލު ހޯދައިދީފައިވާ ކަމަށެވެ. އަދި މިދައުރަކީ ރާއްޖެ ތަރައްގީކުރުމަށް މިއިން ޒަމާނެއްގައި އެއްވެސް ސަރުކާރަކުން ނުކުރާހާ މިންވަރަށް ގިނަ ބުރަ މަސައްކަތް ކުރެވުނު ފަސް އަހަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.

އޭގެ ތަފްސީލް ދެެއްވަމުން ރައީސް ސާލިޙު ވިދާޅުވީ 140 އަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް، ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ޖަނަރޭޓަރާއި އިންޖީނުގެތަކާއި ނެޓްވޯކުތައް 150 އަށްވުރެ ގިނަ ރަށުގައި ގާއިމްކޮށްފައިވާ ކަމަށެވެ. އަދި 125 އަށްވުރެ ގިނަ ރަށުގެ ބަނދަރުތައް ހަދައިދީ، 127 އަށްވުރެ ގިނަ ސިއްހީ މަރުކަޒަށް އެމްބިއުލާންސް ފޮނުވާފައި ވާކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސްކޫލުތަކުގައި 1200 އަށްވުރެ ގިނަ ކްލާސްރޫމް އަޅައިދީ 80 އަށްވުރެ ގިނަ މަލްޓިޕަރޕަސް ހޯލު އަޅައި ނިމިފައިވާކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ލިބުނު ނަތީޖާ އަށް ބަލައި ދެވަނަ ބުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށްފައި ވާކަމަށެވެ. އަދި އެމަނިކުފާނަށް މިހާރު ފެނިވަޑައިގަންނަވަނީ މާޔޫސް ކަމެއް ނޫން ކަމަށާއި، ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުވެ ދެ ވަނަ ބުރު ކާމިޔާބުކުރަން ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިދިކޮޅުން ދޮގު ހަބަރު ފެތުރުން ކަމަށެެވެ. އިދިކޮޅުން ދޮގު ހަބަރު ފަތުރަމުން އަންނަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނެ ކަމަށާއި ރާއްޖޭގެ ބިމުގެ ބަޔެއް ބޭރު ބައެއްގެ ބާރުގެ ދަށުގައި އޮންނަ ކަމަށް ފަތުރާ ހަބަރުތަކުގައި ބައެއް ރައްޔިތުން ޖެހެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަގީގަތް ގަބޫލުކުރަން ބޭނުންވާ ރައްޔިތުން އެވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަން މިހާރު ގަބޫލުކޮށްފި ކަމަށާއި މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ނަތީޖާއިން އެކަން ހާމަވެގެންދާނެ ކަމަށެެވެ. ރައީސް ސާލިހު ވިދާޅުވީ މިމަހުގެ 30 ވަނަ ދުވަހު ހެނދުނު ހެނދުނާ ރައްޔިތުން ނުކުމެ ވޯޓު ފޮށިތައް ފުރާލަންޖެހޭ ކަމަށެވެ. އަދި އުފާވެރި އަމާން ރާއްޖެއަށް ދިއުމަށް ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

އަހުމަދު

04-Oct-2023

އުފެދޭ ސުވާލަކީ, ކުރީގެ ހުރިހާ ސަރުކާރުތަކުން މިހާތަނަށް ނެގި ހުރިހާ ލޯނަކަށްވުރެން ވެސް ގިނައިން ލޯނު ނަގައިގެން އިގްތިސޯދަށް ގެނެވުނީ ކޮން ބަދަލެއްހެއްޔޭ. އިގްތިސޯދުގެ މައި ތަންބަށް ބޭނުންވާ އެއަރޕޯޓު ޓާރމިނަލް 5 އަހަރު ނިމުނުއިރުވެސް ނުހެދުނު. މަސް ފެކްޓްރީ އެއް ނޭޅުނު. ދަނޑުވެރިކަން އޮތީ އޮތްގޮތަށް. އުތުރުނީ ނަގާ ޑިއުޓީއާއި ޓެކްސްތައް.



ޓްރެންޑިން