އަނގައިން ނުބުނެ ތިން އަހަރުގެ ތެރޭގައި ޓިކްޓޮކްގައި އެންމެ ގިނަ ފޮލޮވަރުން ހޯދި އިޓަލީއަށް އުފަން ސެނެގާލްގެ ކަބާނޭ (ކަބީ) ލަމޭ ފޯބްސް މެގަޒިންގެ އެންމެ މަޝްހޫރު ޓިކްޓޮކް އިންފްލުއެންސާއިންގެ ލިސްޓުން ޖާގަ ހޯދާފިއެވެ.
ކަބާނޭ ވަނީ 3 އަހަރު ތެރޭގައި 160 މިލިއަން ފޮލޮވާސްގެ މަގްބޫލުކަން ހޯދައިގެން މި ލިސްޓުން ޖާގަ ހޯދާފައެވެ. އޭނާއަކީ 'ލައިފް ހެކްސް' ތަކަށް ޖޯކު ޖަހާ ވީޑިއޯތައް އުފައްދާ މީހެކެވެ.
2019 ވަނަ އަހަރުގައި ކަބީ މަސައްކަތްކުރީ ކާރު ހަދާ ފެކްޓްރީގައި އާދައިގެ މަސައްކަތު މީހެއްގެ ވަޒީފާގައެވެ. އެހެން ނަމަވެސް، އޭނާގެ ވީޑިއޯތަކަށް ލިބުނު މަޝްހޫރުކަމާއި ގުޅިގެން މިހާރު އޭނާއަކީ މަޝްހޫރު ގޭމް "ފޯޓްނައިޓް"ގައި ހިމެނޭ ކެރެކްޓާއެކެވެ.
"ވީޑިއޯ ހަދަން ފެށިއިރު މީހުން ބުނި ވީޑިއޯ ނުހަދާ ރަނގަޅު ވަޒީފާއެއް ހޯދަން،" އެކަމަކު ވީޑިއޯ ހެދުމުގައި ކުރިއަށް ދިޔައީ އެއީ އަހަރެން ކުރާ ހިތްވާ ކަމަކަށް ވާތީ، އެއްވެސް މީހަކު ވީޑިއޯ ބަލަން ނެތަސް" އޭނާ ބުންޏެވެ.
އޭނާގެ ވީޑިއޯތަކަށް ސަމާލުކަން ލިބުނީ ކޮވިޑް ޕެންޑަމިކް ތެރޭގައެވެ. އޭނާގެ ވީޑިއޯތަކުގައި އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކައެވެ. އޭނާ ބޭނުން ކުރަނީ ހުނަރުވެރި އެކްޓިންގ އެވެ. މި ތަފާތު ކުޅަދާނަކަމާއި ގުޅިގެން ގިނަ ބަޔަކު އޭނާ ޗާލީ ޗެޕްލިންއާއި އެއްގޮތްކުރެއެވެ.
މިއަހަރު ކަބީ ވަނީ މެޓް ޑެމަން، ރޮބަޓް ޑައުނީ ޖޫނިއާ އަދި ޓޮމް ކްރޫޒް އާއިއެކު ޓިކްޓޮކް ސްކިޓްތައް ހަދާފައެވެ. އަދި ސޮކާ ލެޖެންޑް ޑޭވިޑް ބެކަމް އާއި އެކު ޕެނަލްޓީ ޖެހުމުގެ އިތުރަށް އިންޝުއަރެންސް ޖަޔަންޓް ސްޓޭޓް ފާމްގެ ސުޕަ ބޯލް އެޑް އިޝްތިހާރެއްވެސް ކުޅެފައިވެއެވެ. ހޫގޯ ބޮސް ފަދަ މަޝްހޫރު ބްރޭންޑްތަކާއިއެކު މަސައްކަތްކޮށްގެން މިހާރު އޭނާ ވަނީ 16.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.
އޭނާއާއި އެއްކޮށް ވަރަށް ބައިވަރު ބްރޭންޑްތައް މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރެއެވެ. އެހެން ނަމަވެސް، ކަބީ ބުނީ ވަރަށް ގިނަ ކުޑަކުދިން އޭނާގެ ވީޑިއޯތައް ބަލާހެދުމުގެ ސަބަބުން ބައެއް ހުށަހެޅުންތަކަށް އިންކާރުކުރާ ކަމަށެވެ. އެގޮތުން އޭނާ ވަނީ ރަލާއި ސިނގިރެޓުގެ ވީޑިއޯތައް އުފެއްދުމަށް އިންކާރުކޮށްފައެވެ. އަދި އާއިލާއާއި ރައްޓެހި ވީޑިއޯތައް އުފައްދަން އަބަދުވެސް ސަމާލުކަން ދޭ ކަމަށްވެސް ކަބީ ބުންޏެވެ.
ކަބީ މިހާރު މަސައްކަތްކުރަނީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރަކަށް އަދި ޑިރެކްޓަރަކަށް ވާށެވެ.

ކިޔުންތެރިންގެ ހިޔާލު