ވިލާ ކޮލެޖަށް ޓޮޕް ޔުނިވާސިޓީސް ކިއުއެސް ސްޓާރސް ރޭޓިންގއިން 4 ތަރި ލިބިއްޖެއެވެ.



ވިލާ ކޮލެޖުން ކިއުއެސް ސްޓާސް ރޭޓިން ހަތަރު ތަރި ލިބުމުން އެ ކޮލެޖް މިހާރު ވަނީ މި ރޭޓިންގ ހާސިލުކުރި ރާއްޖޭގެ ފުރަތަމަ މަތީ ތައުލީމުދޭ އިންސްޓިޓިއުޓަށް ވެފައިއެވެ. އަދި އޯވަރޯލް ކިއުއެސް ރޭޓިން އިން 5 ތަރީގެ ތެރެއިން 4 ތަރި ލިބުމަކީ ވިލާ ކޮލެޖަށް ލިބުނު ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެކެވެ.

ކިއުއެސް ސްޓާ ޔުނިވާސިޓީ ރޭޓިން ސިސްޓަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކިޔަވައިދޭ މަތީ ތައުލީމީ މުއައްސަސާތައް (އެޗްއީއައި) އިވެލުއޭޓް ކުރުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ސިސްޓަމެކެވެ. މި ސިސްޓަމުން އެސެސްމަންޓްތަ ކުރިއަށް ގެންދަނީ އެޗްއީއޯސީން ބޭނުންވާ އެކި ވަރުގަދަ ކަންކަމާއި ކުރިއެރުންތައް ފުރިހަމައަށް ވަޒަންކުރާ ފުރިހަމަ ޑޭޓާ ބެކްޑް ފްރޭމްވޯކަކަށެވެ.

ވިލާ ކޮލެޖުން ވަނީ ތިރީގައިވާ ކެޓަގަރީތަކުން 5 ތަރި ހޯދާފައެވެ.

* އޮންލައިންކޮށް އުނގަންނައިދިނުން

* އެމްޕްލޯޔަބިލިޓީ (ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވުން)

* ތިމާވެއްޓަށް ކުރާ އަސަރު



މީގެ އިތުރަށްވެސް. ކިޔަވައި ދިނުމުގެ ދާއިރާއާއި، އެކެޑެމިކް ކަންކަމާއި ގުޅޭ ދާއިރާއިން ވިލާ ކޮލެޖަށް ވަނީ 4 ތަރި ލިބިފައެވެ.

ކިއުއެސް އިން މުޅި ދުނިޔޭގެ ޔުނިވާސިޓީތަކަށް ދުނިޔޭގެ މަތީ ތައުލީމުގެ ދާއިރާއަށް ވާދަވެރި ޑޭޓާއާއި ތަޖުރިބާއާއި ހައްލުތައް ފޯރުކޮށްދެއެވެ. 1990 ވަނަ އަހަރު ފެށި މި ނިޒާމަކީ ދުނިޔޭގެ ފެންވަރުގައި ޔުނިވާސިޓީތައް އިޚްތިޔާރުކުރުމުގައި އެންމެ ފުރިހަމަ، އަދި އިތުބާރު ކުރެވޭ ރޭޓިން ނިޒާމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ސިސްޓަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން