މަރިޔަމް ލަމްޙާ ރަޝީދު   16 ނޮވެމްބަރު 2023 - 14:40
ރޯގާޖެހުމުންނާއި މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނޭފަތް ބެދުމަކީ އާއްމުކޮށް ގިނަބަޔަކަށް ދިމާވާކަމެކެވެ. މިގޮތަށް ނޭފާ ބެދިއްޖެނަމަ ނޭވާލާން އުނދަގޫވެ ބޮލުގައި ރިއްސައެވެ. މިހެން އާއްމުކޮށް ދިމާވާ މީހުން އަބަދު އެންޓިއައޮޓިކްސް ބޭނުންކުރުމުގެ ބަދަލުގައި ފގޭގައި ހުރެގެން ކުރެވިދާނެ ފަރުވާތަކެއް އެބަހުއްޓެވެ.

އެގޮތުން މިދަންނަވާ ފަރުވާތަކަކީ ފަސޭހަކަމާއެކު ގޭގައި ކޮށްލެވިދާނެ ކަންތައްތަކެވެ.

1. ނޭފަތް ތާފަނާ ފެނުން ދޮވުން:

ނޭފަތް ތާފަނާފެނުން ދޮވެލުމުން ނޭފަތުގެ އެތެރެބަޔަށް ހޫނުވެ އެތެރޭގައި ހަރުލާފައިހުންނަ ރޯގާ ފަސޭހައިން ސާފުކުރުމަށް އެހީތެރިވެދެއެވެ. ތާފަނާ ފެނުން ނޭފަތް ދޮވުމަށް، ފެނަށް އެއް ސައިސަމްސާ ލޮނު އެޅުމަށްފަހު އެއިން ރަނގަޅަށް ނޭފަތް ސާފުކޮށްލާށެވެ.

2. އިނގުރާއި މާމުއި:

އިނގުރާއި މާމުއިއަކީ އެންޓިބެކްޓީރިއަލް މާއްދާތައް ގިނަ އަދި ހަށިގަނޑު ހޫނުކޮށްދޭ ބާވަތްތަކެކެވެ. ތައްޔާރުކުރުމަށް، އިނގުރު ތުނިކޮށް ފޮތިކޮށްލާށެވެ. އަދި މާމުޔާއިއެކު ހަފައިގެން ކާށެވެ. ކުޅިކަމެއް އެކުލެވިގެންވީނަމަވެސް މިއީ ރޯގާއަށް ވަރަށް ރަނގަޅު ފަރުވާއެކެވެ.

3. ގަނދަކޯޅިފަތް:

ގަނދަކޯޅިފަތަކީ ދިވެހިންގެ ތެރޭގައި އާއްމުކޮށް ބޭސްފަރުވާއަށް ބޭނުންކުރެވޭ ބާވަތެކެވެ. ރޯގާޖެހި ނޭފަތް ބެދުމުން ގަނދަކޯޅިފަތް ފެނު ކައްކައިގެން ނުވަތަ ހޫނު ފެނަށް އަޅައިގެން ބޯށެވެ. މިއީ އެންޓި ބެކްޓީރިއާއާއި އެންޓި ވައިރަލް މާއްދާތައް އެކުލެވޭ ބާވަތަކަށްވުމުން މިއިން ރޯގާ އަވަހަށް ފަސޭހަކޮށްދޭނެއެވެ.

4. ހޫނު ސައި:

ހޫނު ކަޅު ސަޔަށް އިނގުރާއި ފޮނިތޮށި އަދި އަސޭމިރުސް އަޅައިގެން ބުއިމުންވެސް މޭގައިއާއި ކަރުތެރޭގައި ހިފައިފައިވާ ރޯގާތައް ފަސޭހައިން ފިލައިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން