އައްވަށް ނުކުތުމުން ބައެއް މީހުންގެ ހަންގަނޑު އަނދައި ހަމުކުލައަށް ބަދަލު އާދެއެވެ. މިގޮތުން ހޫނު މޫސުމުގައި ހޫނުގަދަ އަވީގައި ބޭރަށް ނިކުމެ އުޅޭނަމަ މޫނުގެ ހަންގަނޑު އަނދައި ކޯތާފަތް ރަތްވާގޮތްވެއެވެ. އަދި ކޯތާފަތް ރަތްވުމުން އަޅާލުމުގެ ބަދަލުގައި އާދަކޮށް ހޫނުގަދަ އަވީގައި އުޅޭނަމަ އެތަންތަން ފަހުން ކަޅު ލައްގަނޑަށް ބަދަލުވެއެވެ. މިއީ މީހާގެ މޫނުގެ ރީތިކަން ގެއްލޭ ކަމެކެވެ. ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އަވިން ރައްކާތެރިވުމަށް ސަން ލޯޝަންއާއި ސަން ސްކްރީން ބޭނުން ކުރުން މުހިންމުވަނީ މިސަބަބުތަކަށްޓަކައެއެވެ.

ހޫނުގަދަ އަވީގެ ސަބަބުން މޫނުގައި ރަތްވެފައިހުންނަ ތަންތަނުން ރަތްކަން ފިލުވުމަށް ސަން ލޯޝަންއާއި ސަން ސްކްރީން ބޭނުން ކުރުމުގެ ބަދަލުގައި ބޭނުންކުރެވިދާނެ ބައެއް ބާވަތެއް ފާހަގަކޮށްލަމެވެ.

1. ކާށި ތެޔޮ: ކާށި ތެލަކީ ހަންގަނޑަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ބާވަތެކެވެ. ކާށި ތެލުގައި އެންޓި އިންފްލެމޭޓަރީ ފަދަ ހަންގަނޑަށް މުހިނމު ގިނަ މާއްދާތައް އެކުލެވިގެންވެއެވެ. މޫނުގައި ކާށިތެޔޮ އުނގުޅުމުގެ ކުރިން ފޭސް ވޮޝްއެއް ބޭނުންކޮށްގެން މޫނު ރަނގަޅަށް ދޮވެލަންވާނެއެވެ. އެއަށް ފަހު މޫނު ރަނގަޅަށް ހިއްކާލާށެވެ. އަދި ނިދުމުގެ ކުރިން 2 -3 ތިކި ތެޔޮ ފޮދު މޫނުގައި ހާކާލާ ލާށެވެ.

2. އެލޮވީރާ: އެލޮވީރާއަކީވެސް ހަންގަނޑުގައި ހަލާކުވެފައި ހުންނަ ތަންތަން ރަނގަޅުކޮށްދޭ އަދި އަވިން ހަންގަނޑު އެނދުމުން ލިބޭ ގެއްލުންތައް ހައްލު ކޮށްދިނުމަށް އެހީތެރިވެދޭ ބާވަތެކެވެ. އެލޮވީރާ ޖެލް ބޭނުންކުރުމަށް ފަތުގެ ހަރު ތޮށިގަނޑު މަށާލައި އޭގައި ހުންނަ ޖެލް ނަގާށެވެ. އަދި މޫނުގައި ހުންނަ ރަތްވެފައިވާ ތަންތަނުގައި ހާކާށެވެ. އަދި 20 މިނެޓު ވަންދެން ނުދޮވެ ބަހައްޓާށެވެ. އަދި ދުވާލަކު 2 ފަހަރު މިގޮތަށް ކަންތައް ކުރާށެވެ. ނަތީޖާ އަވަހަށް ފެންނާނީ އޭރުންނެވެ.

3. ލުނބޯ ހުތް: ލުނބޯ ހުތަކީ ހަންގަނޑުގެ ކުލަ އަލިކޮށްދޭ އެއްޗެކެވެ. ލުނބޯ ހުތްކޮޅެއް ފެލާލުމަށްފަހު ކަފަކޮޅަކުން މޫނުގައި ރަތްވެފައި ހުރި ތަންތަނުގައި ހާކާށެވެ. އަދި 5 މިނެޓުފަހުން ރީއްޗަށް ފެނުން ދޮވެލައި ހިއްކާލާށެވެ. އެއަށްފަހު ކޮންމެވެސް މޮއިސްޗުރައިޒަރއެއް މޫނު ހިކުނަ ނުދިނުމަށްޓަކައި ހާކާށެވެ. އާއްމުކޮށް މޫނު ހިކިވެ ކުރަކިވެފައި ހުންނަ ނަމަ ލުނބޯ ހުތް ހުހަށް ބޭނުން ނުކުރާށެވެ. ކުރަކި ހަމުގައި ބޭނުން ކުރާނަމަ، ލުނބޯ ހުތާއި ފެން އެއްވަރަށް އެއްކޮށްލާށެވެ. އަދި ދުވާލަކު 2 ފަހަރު މިގޮތަށް ކަންތައް ކުރާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން