ހަނގުރާމަވެރި ޖަރީމާއެއް ހިންގި ކަމުގެ ދައުވާ އިންޓަނޭޝަނަލް ސެންޓާ އޮފް ޖަސްޓިސް ފޯ ޕަލަސްތީނިއަންސް (އައިސީޖޭޕީ) އިން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ މައްޗަށް އުފުލައިފިއެވެ.

އައިސީޖޭޕީއިން ވަނީ ބޮޑުވަޒީރު ޓްރޫޑޯގެ އިތުރަށް ކެނެޑާގެ މިނިސްޓަރ އޮފް ނޭޝަނަލް ރެވެނިއު، މަރީ ކްލައުޑް ބިބޯއާއި ބަންޑާރަ ނައިބު އާރިފް ވިރާނީއަށްވެސް ޤާނޫނީ ނޯޓިސްއެއް ފޮނުވާފައެވެ.

އައިސީޖޭޕީން ފޮނުވި ލީގަލް ނޯޓިސްގައި ވަނީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޖަރީމާގައި ކެނެޑާގެ ރޯލްއެއް އޮތްތޯ ތަހުޤީޤުކޮށް ޕްރޮސެކިއުޓް ކުރާނެ ކަމަށް އަންގާފައެވެ.

ކެނެޑާ ސަރުކާރުން ވަނީ އެމެރިކާއެކޭ އެއްގޮތަށް ފާޅުގައި އިޒްރޭލާ އެއްކޮޅަށް ތާއިދުކޮށްފައެވެ. ކެނެޑާ ސަރުކާރުން ވަނީ އިސްރާއީލަށް ސާބިތުކަމާއެކު އެއްބާރުލުން ދޭނެ ކަމަށް ވައުދުވެފައެވެ.

މީގެއިތުރުން ހަތިޔާރު އެކްސްޕޯޓްކުރުން ހުއްޓުވުމަށް ދެކޮޅު ހަދައި، އިސްރާއީލުގެ އަސްކަރިއްޔާއަށް ގަވާއިދާ ހިލާފަށް އެހީތެރިވި ކެނެޑާގެ ވޮލަންޓިއަރުން ހޯދުން ހުއްޓުވުމަށް ވެސް ކެނެޑާއިން ވަނީ ފިޔަވަޅު އެޅާފައެވެ.

ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓް ކުރުމުގެ ހުރިހާ ހުއްދައެއް ބާތިލްކޮށް، އިސްރާއީލުގެ ހަތިޔާރު އެޅި ސިފައިންނަށް ކެނެޑާގެ ވޮލަންޓިއަރުންގެ އެހީ ފޯރުކުރުވި މީހުންގެ މައްޗަށް ދައުވާކޮށް، ކެނެޑާގެ ޗެރިޓީތަކުން އިސްރާއީލުގެ ހަތިޔާރު އެޅި މީހުންނަށް ފައިސާގެ ޑޮނޭޝަން ދިނުން ހުއްޓުވުމަށް އައިސީޖޭޕީ އިން ގޮވާލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން