ހުޅުމާލޭގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއްގެ ތެރެެއިން
ހުޅުމާލޭގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއްގެ ތެރެެއިން
ހުޅުމާލޭގައި ކާރަކާއި ތިން ސައިކަލު ޖެހި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިރޭ އިރާކޮޅުގެ ވަގުތެއްގައި މި އެކްސިޑެންޓު ހިނގާފައި ވަނީ ސެންޓްރަލް ޕާކު ކައިރިންނެވެ. މި އެކްސިޑެންޓްގެ މަންޒަރު ފެންނަ ވީޑިއޯ އެެއް ޝޯޝަލް މީޑިޔާގައި މިހާރު ވަނީ އާންމު ވެފައެވެ.

އެ ވީޑިއޯ އިން ފެންނަގޮތުގައި އެކްސިޑެންޓްވި އެއް ސައިކަލު އޮތީ ކާރުގެ ދަށުގައެވެ. އަދި އަނިޔާވި މީހަކު އެމްބިއުލާންސް އަށް އަރުވައިގެން ގެންދާތަން ވެސް އާންމުވެފައިވާ ވީޑިއޯ އިން ފެނެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ސެންޓުރަލް ޕާކްކައިރީގައި އެކްސިޑެންޓެެއް ހިނގައިގެން ފުލުހުން އެ ސަރަހަައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދު ބަންދުކޮށް ފުލުހުން މިހާރު ގެންދަނީ މި އެކްސިޑެންޓްގެ މައްސަލަ ތަހުގީގް ކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން