އައްޑޫ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި ފުލުހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، އައްޑޫ ސިޓީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓްގައި ޑިއުޓީ އަދާކުރާ ޢުމުރުން 22 އަހަރުގެ ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ޑިއުޓީގައި އުޅެނިކޮށް ނޫން ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ބުނީ އޭނާ ރޭ އިޝާ ނަމާދަށް ދިޔަގޮތަށް ގެއަށް ނައިސްގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ މެންދަމު 12:40 ހާއިރުކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފެނިފައިވަނީ ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދު މޫދުން ރޭ ދަންވަރު 1:40 ހާއިރުއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައި ވާކަމަށެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު