އަރބަންކޯގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީން ރައްޔިތުންނަށް އެހީވުމަށް އިއްޔެ ބޭއްވި "ވީ ސްޓޭންޑް ވިތް ޕަލަސްތައިން" ފަންޑް ރައިޒިންގް ހަރަކާތް މިއަދުވެސް ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިގޮތުން،، ހަވީރު 4-6އަށް އަދި ރޭގަނޑު 8-10އަށް ހުޅުމާލެ ރުށްގަނޑު 2ގައި މިއަދުވެސް އިވެންޓް ކުރިއަށް ދާނެއެވެ.
މި ހަރަކާތުގައި ޖަމްބަލް ސޭލް އާއި ކާބޯތަކެތީގެ ސްޓޯލްތަކާއި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ތަފާތު ސްޓޯލްތައް ހިމެނިފައި ވެއެވެ. އަދި ފޮޓޯ ނެގުމާއި ކުޑަކުދިންނަށް ޚާއްސަ ވާހަކަ ކިޔާދިނުންވެސް އިއްޔެގެ އިވެންޓުން ފެނިގެންދިޔައެވެ. ކުޑަކުދިންނަށް ޚާއްސަކޮށް ބޭއްވި އިތުރު ހަރަކާތްތަކުގެ ތެރޭގައި ފޭސް ޕެއިންޓިންގ، ބައުންސީ ކެސްލް ހިމެނެއެވެ.

ޢާންމުގޮތެއްގައި ގިނަ އިޖުތިމާއީ ހަރަކާތްތައް ހިންގާ އަރބަންކޯއިން ބުނީ އިއްޔެ ބޭއްވި އިވެންޓަށް ޢާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށްޓަކައި ވީހާވެސް ގިނަ ބޭފުޅުން މި އިވެންޓްގައި ބައިވެރިވެ ވަޑައިގަތުމަށް އަރބަންކޯއިން އެދިފައި ވެއެވެ.

Happening now at #MyHulhumalé pic.twitter.com/3HhKRPlpIK
— My Hulhumalé (@MyHulhumalemv) December 1, 2023
މި ހަރަކާތުގައި ޖަމްބަލް ސޭލް އާއި ކާބޯތަކެތީގެ ސްޓޯލްތަކާއި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ތަފާތު ސްޓޯލްތައް ހިމެނިފައި ވެއެވެ. އަދި ފޮޓޯ ނެގުމާއި ކުޑަކުދިންނަށް ޚާއްސަ ވާހަކަ ކިޔާދިނުންވެސް އިއްޔެގެ އިވެންޓުން ފެނިގެންދިޔައެވެ. ކުޑަކުދިންނަށް ޚާއްސަކޮށް ބޭއްވި އިތުރު ހަރަކާތްތަކުގެ ތެރޭގައި ފޭސް ޕެއިންޓިންގ، ބައުންސީ ކެސްލް ހިމެނެއެވެ.

ޢާންމުގޮތެއްގައި ގިނަ އިޖުތިމާއީ ހަރަކާތްތައް ހިންގާ އަރބަންކޯއިން ބުނީ އިއްޔެ ބޭއްވި އިވެންޓަށް ޢާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށްޓަކައި ވީހާވެސް ގިނަ ބޭފުޅުން މި އިވެންޓްގައި ބައިވެރިވެ ވަޑައިގަތުމަށް އަރބަންކޯއިން އެދިފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު