ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.
ޑިމޮކްރެޓުން ބުނެފައިވަނީ އިންތިޚާބު ކުރިއަށްދާނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މިއަދު ހަވީރު 16:00 އަށް ކަމަށެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު އެ ޕާޓީގެ 5883 މީހުންނަށް ލިބިފައިވެއެވެ.
ޖުމްލަ 23 މަގާމަކަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި އެޕާޓީގެ ޗެއާމަންކަމުގެ މަގާމަށް ވާދަކުރަށްވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރާއި އެ ޕާޓީގެ ފައުންޑަރ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ކުރިއަށް ދާއިރު ވޯޓް ފޮށިތައް ހުޅުވައި ގުނަން ފަށާނީ މިއަދު ހަވީރު 16:00 ގެ ފަހުންނެވެ.
ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާޢީދުކުރާ ފަރާތްތަކުން އުފެއްދި ޕާޓީއެކެވެ. އެޕާޓީގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައެވެ. 15000 އަށް ވުރެ ގިނަ ވޯޓް ހޯއްދައިގެން އިލްޔާސް ވަނީ އިންތިހާބުގައި 03 ވަނަ ހޯއްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު