ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުތައް ނިމޭތާ 15 ދުވަސްތެރޭގައި އެ ދަތުރުތަކުގެ ތަފްސީލްތައް ހާމަކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުން މިކަން ހާމަކޮށްފައި މިވަނީ ރައީސް މުއިއްޒުގެ ދަތުރުތަކުގެ ތަފްސީލް ހޯދަން ބައެއް ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކްސްގައި ހިއްސާކުރި މައުލޫމާތެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިއީ ރަސްމީ ދަތުރުފުޅުތަކުގެ މަޢުލޫމާތު ހޯދަން އަބަދުވެސް ނޫސްވެރިން ވަރަށް މަސައްކަތްކުރަން ޖެހޭކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީ ނިންމެވި ނިންމެވުމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ހަވާލުވެވަޑައިގެން މިހާތަނަށް ވަނީ ދެ ޤައުމަކަށް ވަޑައިގެންފައެެވެ. އެއީ ތުރުކީވިލާތަށާއި ޔޫއޭއީއަށެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން