އިޒްރޭލުން ޣައްޒާގެ ރައްޔިތުންނަށް އަމާން ސަރަހައްދެއްގެ ގޮތުގައި 6.5 އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށް ޖަމާކުރަން ނިންމައިފިއެވެ.
މިއީ ގާތްގަނޑަކަށް އިނގިރޭސި ވިލާތުގެ ހީތްރޯވ އެއަރޕޯޓްގެ އެއްފަޅިއާއި އެއްވަރުގެ ސަރަހައްދެކެވެ. އިޒްރޭލުން ޣައްޒާގެ އުތުރު ސަަރަހައްދު ހިފައި، ދެކުނު ސަރަހައްދަށް ހަމަލާދިނުމުގެ ސަބަބުން އެ ސިޓީގެ 80 އިންސައްތަ މީހުން ވަނީ ވަންނާނެ ގެދޮރު ނެތިފައެވެ.
ނިރުބަވެރި އިޒްރޭލު ސިފައިން މީގެ ކުރީގައި ވަނީ ޣައްޒާގެ އުތުރު ސަރަހައްދު ހުސްކުރަން އަންގާފައެވެ. މިހާރު އެގައުމުގެ ސިފައިން ވަނީ 1.8 މިލިއަން މީހުން ދެކުނުގެ އަލް މަވާސީ ސަރަހައްދަށް ބަދަލުވާން އަންގާފައެވެ. އަލް މަވާސީއަކީ ފުޅާމިނުގައި 1 ކިލޯމީޓަރ އަދި ދިގުމިނުގައި 14 ކިލޯމީޓަރ ހުންނަ ޝަހަރެކެވެ.
އިޒްރޭލު ސިފައިން މީގެ ކުރިން އުތުރަށް ހަމަލާދެމުންދިޔައީ އެ ހިސާބުގައި ހަމާސް ޖަމާއަތުން ހަރަކާތްތެރިވާ ކަމަށް ބުނެއެވެ. އެކަމަކު މިހާރު އެޤައުމުގެ އަސްކަރިއްޔާއިން ޣައްޒާގެ ދެކުނު ސަރަހައްދުގެ ޚާން ޔޫނިސްއަށް ވަކިން ޚާއްސަކޮށް ބޮން އަޅަމުންދަނީ ހަމާސްގެ ލީޑަރުން އެހިސާބުގަނޑުގައި ތިބި ކަމަށް ބުނެއެވެ.
އިޒްރޭލުން ޣައްޒާ ސުންނާފަތި ކުރަމުންދާއިރު ޣައްޒާގެ އެެއްވެސް ސަރަހައްދެއްގައި ރައްކާތެރިކަމެއް ނެތް ކަމަށް އދ. އާާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު