އިނގިރޭސިވިލާތުގައި ޒުވާނުން ވޭޕް ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ޑިސްޕޯސެބަލް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ވޭޕް ބޭނުންކުރުން މަނާކުރަން ނިންމައިފިއެވެ.
ޒުވާނުން ވޭޕާއި ދުރުކުރަން އިނގިރޭސިވިލާތުގެ ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ޑިސްޕޯސެބަލް ވޭޕް ބޭނުން ކުރުން ހުއްޓުވުމުގެ އިތުރުން، ވޭޕް ބޭނުންކުރާ ހިތް ކެނޑުވުމަށް، ފޮނި އަދި މޭވާގެ ރަހަތައް ހިމެނޭ ވޭޕް ފްލޭވަރތައް ވިއްކުން މަނާކުރުމާއި، ވޭޕް އިސްތިހާރު ކުރުން މަދުކޮށް، ފިހާރަ ފިހާރައިގެ ޑިސްޕްލޭގައި ވޭޕް ބެހެއްޓުން މަދު ކުރުމަށްވެސް ވަނީ ނިންމާފައެވެ. މި ގަވާއިދުތަކަށް އަމަލުކުރަން ފަށާނެ ވަކި ތާރީހެއް އަދި އާންމުކޮށްފައި ނުވިނަމަވެސް، މިގަވާއިދުތަކަށް މިއަހަރުގެ ފަހުކޮޅު ނުވަތަ 2025 ވަނަ އަހަރުގެ ކުރީކޮޅު އަމަލު ކުރަން ފަށާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިގަވާއިދުތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވީ، މިމަސައްކަތުގެ ބޭނުމަކީ ކުޑަކުދިންނާއި ޒުވާނުން ވޭޕް ކުރުމާއި ދުރުކުރުން ކަމަށާއި، އަދި މިކަން ވަބާއަކަށް ވުމުގެ ކުރިން ފިޔަވަޅު އެޅުން މުހިންމުކަމަށެވެ. އަދި މިހާރު ޓްރެންޑެއްގެ ގޮތުގައި ވައިގައި ހިފާފައިވާ ވޭޕް ބޭނުން ކުރުން މިއީ ބެލެނިވެރިންނާއި ޓީޗަރުންވެސް ކަންބޮޑުވާކަމެއްކަމަށް ރިޝީ ސުނަކް ފާހަގަކުރެއްވިއެވެ.
"ބޮޑުވަޒީރުގެ ހައިސިއްޔަތުން އަޅުގަނޑުގެ މައްޗަށް ލާޒިމުވޭ ގައުމަށް ބޭނުންވާ ރަނގަޅު ކަންކަމާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ދެނެގަނެ، ދިގު މުއްދަތެއްގައި ދެމެހެއްޓޭނެ ގޮތަށް ކަންކަން ރަނގަޅުކުރަން. ޒުވާނުން ވޭޕިންގ އާއި ދުރުކުރަން ޑިސްޕޯސަބަލް ވޭޕްސް މަނާކޮށް، އަދި ވޭޕް ފްލޭވަރސް ރީސްޓްރިކްޓްކޮށް، ޕްލެއިން ޕެކޭޖިންގ ތައާރަފްކުރުމާއި، ފިހާރަތަކުގައި ވޭޕްތައް އިސްތިހާރު ކުރުން މަދުކުރަން ގަވާއިދުތައް އެކުލަވާލީ،" ރިޝީ ސުނަކް ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގައި މީގެ ކުރިން ވަނީ ކުޑަކުދިންނަށް ދުންފަތުގެ އެކި ބާވަތްތައް ވިއްކުންވެސް މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު