ފްލެޓް ލިބިފައިވާ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ގއ. ވިލިނގިލީގެ މީހެއްގެ ބޭންކް އެކައުންޓުން ދެ ލައްކަ ރުފިޔާ މަކަރާ ހީލަތުން ހޯދީ ހަތް އެކައުންޓަކަށް ޖަމާކޮށްގެންކަން އެނގިއްޖެއެވެ.

އެކަން ދިމާވި މީހާގެ ފިރިމީހާ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ބޭންކް ސްޓޭޓްމަންޓުން އެނގޭގޮތުގައި ދެ ލައްކަ ރުފިޔާ ހަމަކޮށްފައި ވަނީ ހަތް އެކައުންޓަކަށް އެކި މިންވަރަށް ފައިސާ ޖަމާކޮށްގެންނެވެ.

މިކަން ކުރުމަށް މަގުފަހިވީ އީ މެއިލަށް ބޭންކުން ފޮނުވި ޕާސްވޯޑް ދިނުމުންނެވެ.

އެފައިސާ ޖަމާކުރި އެކައުންޓުތަކާއި ބައެއް މީހުން އެނގޭއިރު އެކަމުގައި ރަށުގެ ބަޔަކު ހިމެނޭ ކަމަށާއި އެ ފައިސާ އޭޓީއެމުން ނަގާފައި ވަނީ އެމީހުން ކަމަށް އޭނާ ބުންޏެވެެ.

އޭގެ ތެރޭގައި ހަތަރު އަންހެނަކާއި ތިން ފިރިހެނެއްގެ އެކައުންޓު ހިމެނެ އެވެ. އެގޮތުން ފާތިމަތު އީނާޝް ނަމަކަށް ކިޔާ މީހެއްގެ އެކައުންޓަށް 50،000ރ. ޖަމާކޮށްފައިވާއިރު އައިޝަތު ހިކުމާ އިބްރާހިމްގެ އެކައުންޓަށް ވެސް 50،000ރ. ޖަމާކޮށްފައިވާ ކަމަށް ބޭންކު ސްޓޭޓްމަންޓުން އެނގެއެވެ. އަދި މަރިޔަމް ސިބާނާ ކިޔާ މީހާގެ އެކައުންޓަށް 20،000 ރުފިޔާ ޖަމާކޮށްފައިވާއިރު މުނީރާ މުހައްމަދު ކިޔާ މީހެއްގެ އެކައުންޓަށް 25،000 ރުފިޔާ ވަނީ ޖަމާކޮށްފައެވެ.

އަދި އިމްރާން މުހައްމަދު ނަމަކަށާ ކިޔާ މީހެއްގެ އެކައުންޓަށް 25،000ރ. ޖަމާކޮށްފައިވާއިރު ޝިހާމް އިބްރާހިމްގެ އެކައުންޓަށް 25،000ރ. ޖަމާކޮށްފައި ވާކަން ވަނީ ހާމަވެފައެވެ.

އެ ބޮޑު ސްކޭމްގައި ހަސަން ފިރުޝާން ނަމަކަށް ކިޔާ މީހެއް އެކައުންޓަށް 5،000 ރުފިޔާ ވެސް ޖަމާކޮށްފައި ވެއެވެ.

ފުލުހުން ބުނީ، އެޗްޑީސީން ފްލެޓް ލިބޭނެކަމަށް ބުނެ އޮޅުވާލައިގެން ގއ. ވިލިގިލި މީހެއްގެ ބޭންކް އެކައުންޓުން ދެ ލައްކަ ރުފިޔާ މަކަރާ ހީލަތުން ނަގާފައިވާކަމުގެ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

މިމައްސަލައިގައި ފުލުހުން އަދި މީހަކު ހައްޔަރެއް ނުކުރެއެވެ. ނަމަވެސް މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިފަދަ ސްކޭމް ތަކުން ގެއްލި ނުވަތަ ފޭރިފައިވާ ފައިސާގެ އަދަދު އެތައް މިލިއަނަކަށް އަރާއިރު ފުލުހުންނާއި ބޭންކަށް މާބޮޑު އެއްޗެއް ހޯދައިދެވިފައި ނުވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ބަލަންތިބޭ

19-Feb-2024

ގަމާރުކަން ހިސާބަށްވުރެ ބޮޑުވީމާ , މިފަދަ ހުރިހާކަމެއްވެސް ވާނެ ބަލަން ތިބޭ....



ޓްރެންޑިން