ލޮލުގެ ބަލިތަކަށް ހާއްސަ ޑރ. ޕްރަނޭ ރާއްޖެ ވަޑައިގެން މެޑިކާ ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވަން ހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އިންޑިއާގެ ޑރ. ޕްރަނޭ ސިންގ އަކީ މިދާއިރާގައި 15 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެކެވެ. އެގޮތުން މިހާރު ޑރ. ޕްރަނޭ އަކީ ލޮލުގެ އެކި ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ސެންޓްރަލް އިންޑިއާގައި މަޝްހޫރު ޑޮކްޓަރެކެވެ.

ޑރ. ޕްރަނޭ އަކީ އެޑްވާންސް ކަޓަރެކްޓް ސާޖަރީގެ އިތުރުން، ލެސިކް ސާރޖަރީ، އައިސީއެލް، އަދި އޮކިއުލޮޕްލާސްޓީ ސާޖަރީ ތަކުގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެކެވެ. އެގޮތުން މިހާތަނަށް ޑރ. ޕްރަނޭ ވަނީ ތިރީސް ހާހަށް ވުރެއް ގިނަ ލޮލުގެ ކަޓަރެކްޓް ސާޖަރީ އާއި، ދެހާހަށްވުރެ ލެޒިކް ސާޖަރީ އާއި، ހަހާހަށްވުރެއް ގިނަ ލޮލުގެ ކޮސްމެޓިކް ސާޖަރީ ކާމިޔާބުކަމާއެކު ހައްދަވާފައެވެ.

މީގެ އިތުރުން، ޑރ. ޕްރަނޭ ވަނީ އިންޑިއާގެ އެކި ސަރަހައްދުތަކުގެ އިތުރުން، ކެންޔާ، ޔުގަންޑާ، އަދި ނޭޕާލްގައިވެސް ބަލިމީހުން ބައްލަވައި ލޮލުގެ އެކި ބަލިތަކަށް ފަރުވާކޮށްދެއްވާފައެވެ.



ޑރ. ޕްރަނޭ ރާއްޖޭގައި ބަލިމީހުން ބައްލަވަން ހަމަޖެހިފައިވަނީ މިހިނގާ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން 29 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމުއްދަތުގައި ޑޮކްޓަރަށް ދައްކަވަން އެޕޮއިންޓްމަންޓް ހެއްދެވުމަށް މެޑިކާ ހޮސްޕިޓަލުގެ ފޯނު ނަންބަރު 3002255، ވަޓްސްއެޕް ނަންބަރު 9748013، ނުވަތަ ވައިބާ ނަންބަރު 7280622 އަދި 7280626 މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދެވޭނެ ކަމަށް މެޑިކާ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން