މިއަދު ހަވީރު ހުޅުމާލޭގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލްކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފަރުކޮޅުފުށި ސަރަހައްދުގައި ހުރި ގުދަން ކޮންޓެއިނަރެއްގައި ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ ކޮންޓެއިނަރުން ހަދާފަ ހުރި ސްޓޯރޭޖް ތެރޭގައި ހުރި ހާޑްވެއަރ ސާމާނު ތަކެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ. އަދި މިހާރު ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން