500،000 ރުފިޔާގެ ސްކޭމެއްގެ މައްސަލައިގައި ޒުވާނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ 23 އަހަރުގެ ޒުވާނާ ހައްޔަރު ކޮށްފައި ވަނީ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ގެންގޮސްފައެވެ. އަދި ކޯޓުން އަމުރު ކޮށްފައި ވަނީ 15 ދުވަހަށް އޭނާ ބަންދު ކުރުމަށެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން." ފުލުހުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން