ނިމިދިޔަ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބައެއްގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފަށައިފި އެވެ.
އޭސީސީން ރޭ ބުނީ އެ މީހުންގެ މައްސަލަތަކެއް ބަލަން ފެށީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ބައެއް ކުންފުނިތައް މެދުވެރިކޮށް ނާޖާއިޒު ގޮތުގައި މަންފާ ހޯދާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.
ނަމަވެސް އެއީ ކޮން ބަޔަކާ ގުޅޭ މައްސަލަތަކެއް ކަމެއް އޭސީސީން ހާމައެއް ނުކުރެ އެވެ. އަދި އެއީ ކޮން ކުންފުނިތަކެއް ކަމެއް ވެސް ހާމައެއް ނުކުރެ އެވެ.
އޭސީސީން އެ މައްސަލަތައް ބަލަމުންދާއިރު ނިމިގެން ދިޔަ ސަރުކާރުގެ ބައެއް ކުންފުނިތަކުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ. ހާއްސަކޮށް ފެނަކަ ކުންފުނި ވަރަށް ބޮޑަށް ފާހަގަކޮށްލެވެ އެވެ.
ނިމިދިޔަ ހަފުތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން އޮތީ ބިލިއަނުން ރައްޔިތުންނަށް ދަރާފައި ކަމަށެވެ.
"އަޅުގަނޑު އެންމެ ފަހުން ބަލާލިއިރުވެސް އަޅުގަނޑުމެންނާ ހަވާލުވިއިރު ނުދައްކާ ނުވަ ވަރަކަށް ބިލިއަން ރުފިޔާގެ ޕެންޑިން ބިލްސް އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވި އިރު އެބައޮތް ކުރީ ސަރުކާރުން ރައްޔިތުންނަށް ނުދީ، ނުވަ ބިލިއަން ރުފިޔާގެ ދަރަނި ސަރުކާރުގެ ކުންފުނިތަކުން އާންމު ރައްޔިތުންނަށް ނުދީ. އެއީ މިފްކޯއާއި ދެން ހުރި އެކި ކުންފުނިތައް، ފެނަކަ، ދެން ވެސް ގޮސް އެބަހުރި ސަރުކާުރުގެ ގާތްގަނޑަކަށް 50 ހަކަށް ކުންފުނި." ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު