ފާތިމަތު ނަޒީފާ އަޙްމަދު   24 ފެބްރުއަރީ 2024 - 21:24
ލ. ގަމު ގޮނޑުދޮށުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، ގަމު މަތިމަރަދޫ ފޮއްތޭ ހަޓު އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހަބަރު ހުސްވެފައި އޮތް މީހެއްގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު މެންދުރު 12 ޖަހާކަންހާއިރު ކަމަށެވެ.

އެއީ 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި އެމީހާ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައި ވާކަމަށް ފުލުހުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި ރިޕޯޓާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން