ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދާ އެއްގޮތަށް މޯލްޑިވިއަންގެ ފްލައިޓްތަކުން ރާޅާއެޅުމަށް ބޭނުންކުރާ ކަނދު އުފުލުމަށް ނަގާ ފީ ކުޑަކޮށްފިއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން ކުރި އިއުލާނެއްގައި ބުނީ، ރާޅާއަޅާ ކަނދުގެ ތެރެއިން ބޮޑެތި ކަނދުން 33 އިންސައްތަ އަދި ކުދި ކަނދުން 66 އިންސައްތަ ކުޑަ ކޮށްފައިވާ ކަމަށެވެ.

މޯލްޑިވިއަނުން ކަނދު އުފުލާ ފީ ކުޑަ ކޮށްފައި މިވަނީ އެ ފީ ބޮޑުކަމުން އާންމު ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް އެ ޝަކުވާ ހުށަހެޅުމާ ގުޅިގެންނެވެ.



އެގޮތުން، ގދ. ގައްދޫ، ފެހިވިނަ، އަޙްމަދު ރަޝީދު ރައީސް ޑރ. މުއިއްޒަށް ހުށަހެޅި ޝަކުވާގައި ބުނީ، ދިވެހިރާއްޖޭގައި މިހާރު ސަރފިންގ ޓޫރިޒަމްއަކީ ރާއްޖޭގެ އިގްތިސޯދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށާއި ޚާއްސަކޮށް އަތޮޅުތަކުގައި ރާޅާ އަޅަން އަންނަ ފަތުރުވެރިންނަށް އޮތީ ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައި ކަމަށެވެ.

ރަޝާދު ބުނީ މޯލްޑިވިއަންއިން ނަގާ ސަރފްބޯޑްގެ ސަރޗާރޖު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ކަމަށެވެ.

"މިގޮތުން ބަލާއިރު މާލެއިން ފެށިގެން ގައްދޫއަށް ފަތުރުވެރިޔަކު އަންނަ ކަމުގައިވަންޏާ، އަޅުގަނޑުމެންނަކީ ލޯކަލް ޓޫރިޒަމް ތަރައްޤީކުރާ ބައެއް ވީމާ މުސްތަޤުބަލަށް މިވާހަކަ މިދެކެވެނީވެސް، އެހެންވީމާ ގާތްގަނޑަކަށް ބުނާނަމަ އަޕް އެންޑް ޑައުން ޓިކެޓް އަދި ސަރ ޗާރޖް އާއި އެކީގައި 800 ޑޮލަރު، މިހާރުގެ ރޭޓަކީ. އެހެންވީމާ އަޅުގަނޑުގެ ސުވާލަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިކަމަށް އެއްވެސް ޙައްލެއް ހޯދައިދޭނަންތޯ؟"

ޖަވާބުގައި ރައީސް ވިދާޅުވީ، އެ މައްސަލައަކީ ސަރފިންގގައި އުޅޭ މީހުންނަށް ވަރަށް ބޮޑުވެފައި އޮތް ކަމެއްކަމަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށެވެ.

"މިސަރަޙައްދަކީ، އަދި ގައްދޫއަކީ ހަމަ ސަރފިންގގައި ވަރަށް ކުރީގައި އުޅޭ ސަރަޙައްދަކަށްވެސް ވެފައި މިއޮތީ. އެހެންވީމާ އެގޮތުންނާއިވެސް އެކީގައި، އިރާދަކުރެއްވިއްޔާ ތިޔަ ވިދާޅުވި ކަންތަކުގައި އަޅުގަނޑު މަސައްކަތް ކޮށްދޭނަން އިނގޭތޯ." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން