އެންވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން ދެކުނުގެ 56 ދޯންޏަކުން 56 ފަޅުވެރިއަކު ރެސްކިއު ޑައިވް ކޯސް ފުރިހަމަކޮށްފިއެވެ.
މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވީ ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތެއް ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މަސްވެރިކަމުގެ މި ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ދެކުނުގެ 56 ދޯންޏަކުން 56 ފަޅުވެރިއަކު ވަނީ ރެސްކިއު ޑައިވް ކޯސް ފުރިހަމަކޮށްފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެގޮތުން ގދ. މަޑަވެލިން 08 މަސްވެރިއަކާއި ގއ. ކޮލަމާފުށިން 05 މަސްވެރިއަކާއި ގއ. ވިލިނގިލިން 14 މަސްވެރިއަކާއި ގއ. ދެއްވަދޫއިން 07 މަސްވެރިއަކާއި ގއ. ނިލަންދޫން 04 މަސްވެރިއަކާއި ގއ. ދާންދޫން 07 މަސްވެރިއަކާއި ސ. މަރަދޫން 11 މަސްވެރިން ވަނީ މި ތަމްރީން ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލްކޮށްފައެވެ.
ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ އިތުރުން މި ޕްރޮގްރާމް މެދުވެރިކޮށް މަސްވެރިކަމާއި އެންވެރިކަމާ ބެހޭ ގާނޫނާއި ގަވާއިދުތައް އެކުލަވާލި މަޤްސަދާއި އޭގެ މުހިންމުކަން މަސްވެރިންނާ ހިއްސާކޮށް އެކަންކަމަށް މަސްވެރިން އަހުލުވެރިކުރާނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު